20 އަހަރުގެ ދިގު މުއްދަތެއް ވަންދެން، އުފަން ދަރިޔަކު ކޮއްޓަކަށް ލައި، ބަންދުކޮށްގެން ގެންގުޅުނު ބައްޕައަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޖަޕާނުގެ ސަންޑާ ސިޓީއަށް ނިސްބަތްވާ ޔަމަސާކީ ނަމަކަށް ކިޔާ މީހެކެވެ. މި މީހާގެ އުމުރުން މިހާރު 73 އަހަރުވަނީ ވެފައެވެ.

ޖަޕާނުގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތް، "އެންއެޗްކޭ" އިން ބުނެފައިވާ ގޮތުގައި ފިރިހެން ދަރިފުޅު ކޮއްޓަކަށް ލައިގެން ގެންގުޅިފައިވަނީ އެއީ ބުއްދި ހަމަ ނުޖެހޭ ކުއްޖެއްކަމަށް ބުނެއެވެ.

އެފަރާތުން އިތުރަށް ބުނެފައިވާ ގޮތުގައި ދަރިފުޅު ގެންގުޅުނު ކޮށި ބަހައްޓާފައި ހުންނަނީ ޔަމަސާކީގެ ގެއާ އިންވެގެން ހުންނަ ޖިފުޓި ގަނޑެއް ކަހަލަ ތަނެއްގައެވެ. އަދި، ކޮށީގެ އުސްމިނުގައި ހުންނަނީ އެންމެ މީޓަރެއްކަމަށާއި ފުޅާމިނުގައި ހުންނަ ދެ މީޓަރުކަމަށްވެސް ބުނެފައިވެއެވެ.

ކޮށީގައި ގެންގުޅުނު ދަރިފުޅަށް މިހާރު އުމުރުން 42 އަހަރުވެފައިވާއިރު، މިކަން ފަޅާ އަރާފައިވަނީ އެގެއަށް މަސައްކަތެއް ކުރަން ދިޔަ ސިޓީ އޮފިޝަލަކަށް ޝައްކުވެގެންނެވެ.

މި މައްސަލައިގައި ކުށްވެރިވާ ބައްޕަ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭނާގެ ދަރިފުޅާ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ފަރާތްތަކުންވަނީ ހަވާލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު