"އަހަރެން އޭނާ އާއި ބައްދަލުކޮށްލަން ވަރަށް ބޭނުން، އަދި އެއަށްފަހު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. މިހާރު އަހަރެންގެ ހިތަށް ލިބެނީ ފިނިކަން. އެއީ އޭނާގެ ސަބަބުން އަހަންނަށް ފެނުނު އަލިމަގެއްގެ ސަބަބުން،" މިއީ އިސްލާމީ ހިދާޔަތް ލިބުނު އިނގިރޭސިވިލާތަށް ނިސްބަތްވާ ބެން ބާޑްގެ ވާހަކައެވެ. ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު،. އޭނާގެ "ރޯލް މޮޑެލް" އަކަށްވީ ގޮތުގެ ވާހަކައެވެ.

ބެން ބުނާގޮތުގައި އޭނާއަށް އިސްލާމް ދީނަކީ ހައްޤު ދީންކަމާއި މުސްލިމުންނަކީ ހިތްތިރި މާތް ބައެއްކަން ފުރަތަމަ ފަހަރަށް ވިސްނުނީ ދަނޑުމަތިން ސަލާހުގެ އާދަތައް ފެނިފައެވެ. މުސްލިމަކަށް ވީނަމަވެސް މުޖުމަތަޢުގައި އެނޫން މީހުންނެކޭވެސް އެއްގޮތަށް އުޅެވޭނެކަން ބެން އަށް ޤަބޫލުކޮށްދިން މީހަކީވެސް ސަލާހު ކަމަށް އޭނާ ބުންޏެވެ.

އަދި ހަމަ އެހެންމެ ސަޕޯޓަރުންނާއި އޭނާ އަބަދުވެސް ބަހައްޓާ ގާތްކަމާއި، އެފަރާތްތަކަށް އޭނާ ކަމޭހިތާ މިންވަރު ބެން އަށް ގާތުން ފެނިފައިވާތީ ސަލާހުގެ ހިތްހެޔޮކަން އެނގި އޭނާއަށް ޚާއްސަ ކަމެއް ދެވުނު ކަމަށް ބެން ބުނެފައި ވެއެވެ. ބެން ބުނާގޮތުގައި ސަލާހުގެ ދިރިއުޅުން ބަލައި އޭނާގެ ދީނާއި އުޅުމާއި މެދު ޝަޢުގުވެރިކަން އުފެދެންފެށީ އޭނާގެ ފަރާތުން މިފަދަ މާތް އެތައް ސިފައެއް ފެނުނު ފަހުން އަމިއްލައަށްވެސް އެފަދަ މީހަކަށް ވާން ބޭނުން ވުމުންނެވެ.

"އެއްދުވަހު އަހަރެން ދެކުނިން، ދަނޑުމަތީގައި ހިނގި ކަމަކުން ސަލާހުގެ ނޭފަތް ފަޅައިގެން ގޮސްފައި ހުރި އިރުވެސް ސަޕޯޓަރަކު ގޮވާލުމުން އޭނާއަށް ވަގުތުކޮޅެއް ހުސްކުރި. އަދި އޯގާތެރިކަމާއި އެކު އޭނާއާއި ވާހަކަ ދެއްކި ތަންވެސް ދުށިން. އެއަށްފަހު ދެމީހުން ސެލްފީއެއް ނަގާ. މިއީ އާންމުކޮށް މަޝްހޫރު މީހުންގެ ފަރާތުން ފެންނަ ހިތްހެޔޮކަމެއް ނޫން،" ބެން ބުންޏެވެ.

ބެން ބުނެފައިވާގޮތުގައި، ކުރިން އޭނާއަށް ޤަބޫލުކުރެވިފައި އޮތީ މުސްލިމުންނަކީ ހަރުކަށި ވިސްނުމުގެ ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ. މިކަމާއި ގުޅިގެން ކުރިން މުސްލިމުންނާއި މެދު ހިތުގައި އޮތީ ނަފްތަރު ކަމަށް އޭނާ ބުންޏެވެ. ދީނުގައިވާ އެތައް ކަމެއްގެ ސަބަބުން އިސްލާމް ދީނަކީ އިންސާނުން މިނިވަންކަންމަތީ ދިރިއުޅުން ހޭދަކުރުމަށް ހުރަހަކަށް ވެގެންދާ ދީނެއް ކަމަށްވެސް ހީކުރެވުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މުސްލިމުންނަކީ އެންމެ މިނިވަން، ހިތްހަމަޖެހިގެން ދިރިއުޅޭ މީހުންކަން މިހާރު އަމިއްލަ ތަޖުރިބާއިން ހިތަށް ގެނެވޭ ކަމަށް ބެން ބުންޏެވެ.

ހައްޤު ދީނަކީ އިސްލާމްދީންކަން ޤަބޫލުކޮށްގެން ހުރި ބެން ބޭނުންވަނީ އިސްލާމް ދީނުގެ އެންމެހައި ކަންކަން ދިރާސާކޮށް ދީނުގެ މައުލޫމާތު ރަނގަޅަށް ދަސްކުރުމެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެއީ ކަމަށާއި، ނަމަވެސް އެއީ ހީކުރިހައި ފަސޭހަކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ބެން ބުނީ، އިސްލާމްދީން ޤަބޫލުކުރެވުމަކީ އޭނާއަށް މިހާތަނަށް އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދިން ނިންމުމެވެ. އެކަމުގެ ސަބަބުން މުޅި ހަޔާތް ބަދަލުވެ ބާއްޖަވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ. މިކަމުގެ ފަހަތުގައި ވަނީ ސަލާހު ދައްކައިދެމުންދާ ނަމޫނާ ކަމަށް ބެން ބުންޏެވެ.

ދުނިޔޭގައި މިވަގުތު އެންމެ ނަން ހިނގާ އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ސަލާހުއަކީ އަބަދުވެސް ދަނޑުމަތީގައި މުސްލިމުންގެ ރިވެތި ނަމޫނާ ދައްކާ މީހެކެވެ. ކާމިޔާބެއް ނުވަތަ އުފަލެއް ލިބުމުން، ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ކުރާތީ ކުރިންވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިގެން ގޮސްފައި ވެއެވެ. ސަލާހުގެ އޯގާތެރި ކަމާއި ހިތްހެޔޮ ކަމަކީ ގިނަ ސަޕޯޓަރުން އޭނާ ދެކެ ލޯބިވާ އެއް ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ވެރިން

  އަލް ހިމްދުލިއްލާހި ﷲ އަށް ހަމްދު ހުރި.

  116
  • ހާހާ

   ހާހަހަހާ

   7
   38
  • ކިނބޫ

   ސަލާހް ފަދައިން ނަމޫނާ މުސްލިމުންނަށް އަހަރުމްންވެސް ވާންވީ. އެކަމަކު އަހަރުމެންގެތެރޭ މިއުޅޭ މީހުންގެ ގޮތަކީ ޣައިރު މުސްލިމުން ތިބި ތަނެއްގަ ވިއްޔާ އެމީހުންގެ މީހަކަށް ވެވޭތޯ ބަލަނީ. އެމީހުން ބޯ އެއްޗެއް ބޮވޭތޯ ކާ އެއްޗެއް ކެވޭތޯ ބަލަނީ. އެއިން މީހަކު، ތީ ކަލޭމެނަށް ހަރާމް ކަމެއް.ނޫންހޭ ބުނީމަ އާއެކޭ ހަރާމޭ ބުނަންވެސް ލަދުގަނޭ. މިހާ ނިކަމެތި ހާލުގަ މިއުޅެނީ.

   25
 2. ވެރިން

  ﷲ އަށް ހަމްދު ހުރި.

  104
 3. ޓިނު ވަގު

  އަލްޙަމްދު ލިއްލާހި ﷲ އަށް ޙަމްދު ހުރި..

  62
 4. އިބްރާހީމް

  ﷲ އަށް ހަމްދު ހުރި.

  58
  1
 5. ޢަބްދުﷲ

  އަލްޙަމްދު ލިﷲ، މުސްލިމުންނަށް ރިވެތި މިފަދަ ނަމޫނާ ދައްކާ މުސްލިމުން އިތުރުކުރައްވައި ގިނަ މީސްތަކުންނަށް ހިދާޔަތުގެ އަލިމަގު މިންވަރުކުރައްވައި މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ގުޅުން ބަދަހި ކުރައްވާށިއެވެ.

  60
 6. ކަހެރުވައް

  ތިމީހާ މިރާއްޖެއަށްވެސް ގެންނަންވީނު އަހަރެމެންގެ ހިތްޖައްސައިދޭން

  23
  5
  • ދފފފފދ

   މިއޮއްއުޅެނީ ކާފަރެެް މިތަނަށް ވަދެގެން. ދާންއުޅޭ.މިހާރު ނޫހަށް ތޮރުފެން.

   9
   1
   • ??

    ??????????

 7. އެމްޑީއެން އުވާލާ

  ކާފަރުންނަށް ދޮގު ޚަބަރު ފަތުރާ މީޑިއާ ތަކުގެ ސަބަބުން އިސްލާދީނާއިމެދު އޮންނަނީ ނުބައި މަޢުލުމާތެއް ލިބިފައި.

  11
 8. Sheikh

  ވަރަށް ރަނގަޅު