ދުނިޔޭގެ މުސްލިމުންގެ އާބާދީ 2،006،931،770 އަށް އަރާފައިވާ ކަމަށް ގްލޯބަލް މުސްލިމް ޕޮޕިއުލޭޝަން ވެބްސައިޓުން ރިޕޯޓްކޮށްފިއެވެ.

ދުނިޔޭގެ އާބާދީ ވަނީ އަށް ބިލިއަނަށް އަރައިފައެވެ.

އެ ވެބްސައިޓްއިން ރިޕޯޓްކޮށްފައިވާގޮތުން ދުނިޔޭގެ އާބާދީގެ 25 އިންސައްތައަށްވުރެ ގިނަ މީހުން ތަމްސީލު ކުރަނީ މުސްލިމުންނެވެ. ކްރިސްޓިއަން ދީނަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ދީނަކީ އިސްލާމްދީންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އޭޝިއާ އާއި އެފްރިކާގެ 26 ގައުމެއްގައި އިސްލާމް ދީނަކީ ރަސްމީ ދީން ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވާއިރު، މިއީ ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދީން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެެއެވެ.

ޕިއު ރިސާޗް ސެންޓަރުން 2017 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދީނީ ޖަމާއަަތަކީ މުސްލިމުންނެެވެ. އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީނުގެ ގޮތުގައިވެ، ކްރިސްޓިއަން ދީން ފަހަތަށް ޖައްސާލާނެ ކަމަށް ލަފާކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

"2015 ވަނަ އަހަރުން ފެށިގެން 2060 ވަނަ އަހަރާ ދެމެދު މުޅި ދުނިޔޭގެ އާބާދީއަށް ވުރެ މުސްލިމުން ދެގުނަ ހަލުވިކަމާއެކު ކުރިއަރާނެ. މި ގަރުނުގެ މެދު ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ދީނީ ޖަމާއަތުގެ ގޮތުގައި ކްރިސްޓިއަނުން ފަހަތަށް ޖައްސާލާނެ ކަމަށް ބެލެވޭ.". ރިޕޯޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައިވެސް މުސްލިމުން ފެންނަ ކަަމަށް އެ ރިޕޯޓްގައި ބުނެފައިވާއިރު، މުސްލިމުން އެންމެ ގިނައިން ފެންނަނީ އޭޝިއާ ޕެސިފިކް ސަރަޙައްދުން ކަމަށްވެސް ގްލޯބަލް މުސްލިމް ޕޮޕިއުލޭޝަންއިން ބުނެފައި ވެއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް މުޖުތަމައު އޮންނަ ގައުމެވެ. އެ ގައުމުގައި 240،977،000 އަށް ވުރެ ގިނަ މުސްލިމުން ދިރިއުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަވިއަނި

    ބައިބޯ ވެގެން ކޮބާ ވާ ފައިދާއަކީ ލިބޭ އުފަލަކީ އަހަރެމެންގެ 3 ޙަރަމްފުޅު ވެސްވަނީ ޒަޔަނިސްޓް ޔަހޫދީންގެ ވަކިތަކުގެ ދަށުގަ ޙިސޯރުވެފަ އެކަމަށް ވާހަކަ ދައްކާލާނެ ބަޔަކު ނެތް ،
    އިސްލާމީ ޚިލާފަތު އަލުން އުފައްދާ މުސްލިމުންތައް އެއް ދިދައެއްގެ ދަށަށް ޖަމާކޮށްލާނެ ވާހަކަ ދައްކާލާނެ ވެރިއަކު ، ރަސްކަލަކު ، ޒަޢީމަކު ނެތްތާނގަ ހުކުރު ޚުތުބާއެއްގަވެސް އޭގެން ކަމަކަށް އަލިއަޅުވާލާނެ “ މުސްލިމަކު “ ނެތް

    11
  2. ކަހުރަބު

    އެ ދީނަކަށް ފޮލޯ ކުރާ ބަޔަކަށް އެންމެ މީސްގިނަ ބަޔަކީ މުސްލިމުން ހުޅަނގުގެ މީހުންގެ އައި ޑީ ގަ ކްރިސްޓިއަން ކަމަށް އޮތަސް އޭގެ ބޮޑުބަޔަކީ ކްރިސްޓިއަންދީން ފޮލޯ ނުކުރާ އަދި އެއްވެސް ދީނެެއް ގަބޫލު ނުކުރާ ބައެއް

  3. ކޮސް

    ނަމުން މުސްލިމް ނޫން މީހުން ލައިގެން ގުނާބަލަ.