މުސްލިމުން އޭނާގެ އަމިއްލަ ނުވަތަ ލޯބިވާ މީހުންގެ އުފަންދުވަސް ފާހަގަކުރުމުގައި މައްސަލައެއް ނެތް ކަމަށް ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ ކައުންސިލްގެ ކުރީގެ މެމްބަރު ޑރ ގައިސް ބިން މުހައްމަދު އަލް ޝެއިހް މުބާރަކް ވިދާޅުވެއްޖެއެވެ.

ޝެއިޙް މުބާރަކް މިގޮތަށް ވިދާޅުވެފައިވާއިރު، އިތުރަށް އޭނާ ފާހަގަކުރެއްވީ އަހަރީ ދުވަސް ފާހަގަކުރުމާއި، ކުދިން ހޯދާ ކާމިޔާބީތަކާއި، ޔުނިވަރސިޓީން ޑިގްރީއެއް ނުވަތަ ގްރެޖުއޭޓްވުން، ނުވަތަ އެނޫންވެސް މުނާސަބަތެއްވެސް ފާހަގަ ކުރުމުގައި މައްސަލައެއް ނެތެވެ.

ޝެއިޙް މުބާރަކްގެ ނަޒަރުގައި މިފަދަ ކަންކަމަކީ އެއްވެސް ދީނީ ލިޔުމެއްގެ މައްޗަށް ބިނާކޮށް ބަލާނަމަ ނަހީކުރައްވާފައިއިވާ ކަންކަމެއް ނޫނެވެ. އަދި އެއީ އާދަކާދަތަކުގެ ތެރެއިން ވާ މުނާސަބަތުތަކެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވާ އިރު، އެ މުނާސަބަތުތަކާ ދީނީ ކަންކަމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޤުރުއާނުގައި ވެސް އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވެސް މަނާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި މިކަަންކަން ނުހިމެނޭ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަ

    ރަނގަޅު. މަނަލެއް ނޫން. އެކަމް އެކަމާ ވިދިގެން ކުރާ ކަން ކަން މަނަލީ. ލަވަ ޖަހާ ނަޝާ

    37
    3
  2. ހިނާ

    މިފަތުވާގައި ހަމައެއްވެސް މައްސަލައެއްނެތް. ނަބިއްޔާސވ. އަށް ފަހު ކަމެއް މަނާ ކުރއްވަންވާނީ ސުންނަތުން އެކަން ސާފު އިބާރާތުން ސާބިތުވެގެން. މިސާލަކަށް ފުޓްބޯޅާކުޅުން އެއީ އަރަބީން ގެނައި ކުޅިވަރެއްނޫން އެޚުޅޭށޭ ވެސް އަދި ނުކުޅެންވެސް އަމުރު ކުރެވެން ނެތީތީ އެބަކުޅެވޭ. އެއްވެސް ޒަމާނެއްގަ ނުކުރާ ވ. ޣިނަ ކަންކަން ފަހުޒަމާންތަކުގަ ކުރާނެ. އިޖްތިހާދާއި ގިޔާސް ކުރުން ޝަރުއީ ހުކުމްތަކުގަ އޮތީ މިސަބަބާހުރެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ

    6
    2
  3. 20222

    ވައްހާބީންނަށް އަދިކިރިޔާ ދީން ދަސްވަނީ

    3
    11
  4. ީިޮޮޮޮިިިޔހޔ

    ޝެއިޚު ތިގޮތަށް ތިޔަ ވިދާޅުވީ އުފަންދުވަސް އެން މެ ފުރަަތަ މަ ފާހަގަ ކޮށްފައިވަނީ ކިހިނެއްކަން ...ކޮންބައެއްކަން ...ދިރާސާ ކުރައްވާފަ ތޯ؟ ތިޔައީ ރަގަޅު ކަ މެއް ހެޔޮ ކަ މެއްނަ މަ ފުރަތަ މަ 3 ގަރުނުގައި އުޅުއްވި ...ބޭކަލުން އެކަން ކުރެއްވީސް...

    12
    5
  5. 😣😣😣

    ފަހުޒަމާނުގަ މިކަހަލަ ޝޭހުން ވ ގިނަވާނެ

    16
    6
  6. Anonymous

    މިފަދަ މީހުންނަކީ މީސްތަކުން މަގު ފުރައްދަމުން ދުވާ ބައެއް.

    16
    7
  7. Anonymous

    ތިޔަ މައުލޫމާތު ނެގި މަސްދަރަކީ ކޮބައިތޯ

    7
    2
  8. ޢަހްމަދު

    ރަސޫލާ ކުރެއްވޮތޯ؟ ޢެންމެ ހެޔޮޖީލުތަކުން އެކަން ކުރެއްވިތޯ؟.
    ޖަވާބް ވަރައްސާފް.