އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަމަލުތައް ރާއްޖެއިން ކުށްވެރިކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނުގައި ބުނީ ހިންދޫންގެ ފެސްޓިވަލެއްގައި މުސްލިމުން ހަމަނުޖެހުން ހިންގި ކަމަށް ބުނެ މަދްޔާ ޕްރަދޭޝްގެ ހޯމް މިނިސްޓަރުގެ އަމުރަށް އެތައް ބަޔަކު ހައްޔަރުކޮށް އެތައް މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިދިކޮޅުން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ބަަލައިނުގަނެވޭނެ ކަމަށާއި ހިންދޫންގެ ޖަމާއަތްތަކުން ހިންގަމުންދާ އަމަލުތަކުގައި އިންޑިއާގެ ފުލުހުންނާއި ސަރުކާރު ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރުވެސް ދޭތަން ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އެފަދަ ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާ އިރު ސައްތައިން ސައްތަ މުސްލިމް ގައުމަކުން އެއްޗެއް ނުބުނެ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ވީމާ މި އަމަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް މި ކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށް ވެސް ގޮވާލަމެވެ" އިދިކޮޅުގެ ބަޔާނުގައި ވެއެެވެ.

މަދްޔާ ޕްރަދޭޝްގެ މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރަމުން ދަނީ ބުލް ޑޯޒަރު ފަދަ ވަސީލަތްތައް ބޭނުންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަންނު

    ޗައިނާގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާއަށް ޗައިނާ ކުއްވެރި ކުރުމަށް ޕީޕީއަށް ގޮވާލަން

    3
    14
  2. އޭނަ

    އިންޑިއާ އައުޓު ފުރޮމް މޯލްޑިވުސް އަވަސްކުރޭ ހެކިފެންނަމުންދަނީ ...... ސޯލިބޭ ޕުލީޒު އައުޓުކުރޭ.

  3. ނޫރު

    މޯދީގެ އަމުރު އިސްލާމުންނަށް އަނިޔާދީ ގެދޮރުންބޭރުކުރުން ސަރުކާރުން އިންޑިއާއާއި ދެކޮޅަށް ބަހެއްނުބުނާނެ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖެވަނީ.

  4. Anonymous

    ހަމަ ތިކަންތައް އެބަކުރޭ މިޞްރާއި ސަޢޫދީއާއި ސީރިއާއާއި ޢިރާޤުގައި ވެސް. އެ ގައުމުތަކާ ދެކޮޅަށް ވެސް ބަޔާން ނެރެ އެ ގައުމުތައް ކުށްވެރިކުރަންވީ ނޫންތަ؟ ކީއްވެ ހަމައެކަނި އިންޑިއާ؟ މިޞްރުގައި ރީތިކޮށް މީހުން ދިރިއުޅެމުންދިޔަ އެތައް ބިލްޑިންގެއް ސީސީގެ އަމުރަށް ތަޅައި ސުންނާފަތިކޮށް ބިމާ ހަމަކޮށް އެމީހުން މަގުމަތިކޮށްފި. ސަޢޫދީ ޢަރަބިއްޔާގައި ސަލްމާނުގެ ފުތާ ވެސް އެކަން ހަމަ އެގޮތަށް ކޮށްފި. ސީރިއާގެ ސުންނީ މުސްލިމުންނާ ދެކޮޅަށް ބައްޝާރު ވެސް އެކަން ކޮށްފި. ޢިރާޤުގެ ޝީޢީ ސަރުކާރުން ވެސް ޢިރާޤުގެ ސުންނީ މުސްލިމުންނާ ދެކޮޅަށް އެކަން ކޮށްފި. މި ހުރިހާ ގައުމުތަކާ ދެކޮޅަށް ބަޔާންނެރެބަލަ! ޕީޕީއެމަށް އެންއުކަން އެނގެނީ ހަމައެކަނި އިންޑިއާ އާ ދިމާއަށްތަ؟

  5. އަލީ

    އަބްދުއްލާ ޝާހިދު ތިމަގާމުގައި ހުރެގެން ރާއްޖޭގެ އަޑު އުފުލަން އެބަޖެހެ.

  6. އަލްޖިބްރާ

    މުސްލިމުންނަށް އިންޑިއާމީހުން އަނިޔާކުރާކަން ކަލޭމެނަށް އެގުނީ މިއަދު ދޯ ؟ ނިދާފަތަ ؟

  7. ކޮއްޔާ

    ގެރިމޯދީގެ އިންސާފު // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //