ގަވައިދުން މިސްކިތަށް ދާ ދިވެއްސެއްގައި ތަގުވާވެރިކަމާއި އޭނާ ދުނިޔެ ދޫކޮށް ދިޔުމުން ކުރެވުނު އިހުސާސުތައް މީހަކު ވަރަށް އަސަރާއެކު މީސް މީޑިއާގައި ހިއްސާކުރުމުން ދިވެހިންނަށް ފުން އަސަރުތަކެއްކޮށް، އެ ޕޯސްޓް މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ނިޔާވީ ސީދާ ކޮން ރަށަކަށް ނިސްބަތްވާ ކަމެއް ނޭނގެ އެވެ. އަދި އޭނާގެ ފުރިހަމަ ނަމެއް ވެސް ޕޯސްޓް ކުރި މީހާ ބުނެފައެއް ނުވެއެވެ.

"އިބްރާހިމްބެ" ނަމަކަށް ކިޔާ މީހާގެ ވާހަކަ ކިޔައިދިނީ މިސްކިތުން އިބްރާހިމްބެ ފެންނަ އެހެން މީހެކެވެ. އެ ޕޯސްޓު ރާއްޖޭގެ އެކި ފޭސްބުކް ޕޭޖުތަކުގައި ހިއްސާކޮށް މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

މީސް މީޑިއާގައި އެ ވާހަކަ ހިއްސާ ކުރި މީހާ ވަނީ އިބްރާހިމްބެ މިސްކިތުން ނުފެންނާތީ ވަރަށް ބޮޑަށް ފަޅުކަން އިހުސާސް ކުރެވޭ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ފަތިސް ނަމާދަށް މިސްކިތައް ދިޔަ އިރު މިސްކިތުން އެއްބައި މަދުކަމުގެ އިހުސާސު ކުރެވުނު ކަމަށެވެ.

"ރެއަކީ އަޅުގަނޑުގެ ޙަޔާތުގައި އައި ހިތާމަވެރިވެސް ރެއެކެވެ. އިބްރާހިމްބެ އެކޭ އެއްގޮތައް އަޅުގަނޑުމެންކުރެ ކޮންމެ މީހަކީވެސް މި ދުނިޔެ ދޫކޮށް ދާން ޖެހޭނެ ބައެކެވެ. إنا لله وإنا إليه راجعون އެވެ. އިއްޔެގެ މަގުރިބް ނަމާދަށް މިސްކިތައް ގޮސް ދޮރުމައްޗަށް އެރިއިރު އިބްރާހިމްބެ އާއްމުކޮށް އިންނަތަނުން ފެންނަން ނެތީމަ މިސްކިތައް ވަދުމުގެ ކުރިން ބޯ ދިއްކޮށްލާ ބަލާލިއިރު އިބްެރާހިމްބެ އިނީ އޭގެ ކުރިން އިންތަން ނުދެކޭ ތަނެއްގައެވެ. އެއީ ވަންނަ އިރު ކަނާއަތްފަރާތު ގަ ބަހައްޓާފަ ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައެވެ. އިޝާ ނަމާދު ގައި ވެސް އެތާ އިންތަން ފެނި އެތަފާތު އެހެން މީހުންނަށް ވެސް ފާހަގަ ކުރެވިފައިވެއެވެ." ފޭސްބުކްގައި އިބްރާހިމްބެއާ ގުޅޭ ގޮތުން ވާހަކަތައް ހިއްސާ ކުރި މީހާ ބުނެފައި ވެއެެވެ.

އޭނާ އިތުރަށް ބުނީ އޭނާ ހަވާލުވެ ހުންނަ މިސްކިތައް ޖަމާޢަތައް ނަމާދަށް އައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށް ދިޔަ ނަމަވެސް އެ އެންމެންގެ ތެރެއިން ވެސްވެސް އިބްރާހިމްބެ އަކީ އޭނާގެ ހިތުގައި ހާއްސަ ކަމެއް ދެމިފައިވާ މީހެއް ކަމަށެވެ. އަދި އިބްރާހިމްބެގެ ފާފަތައް ފުއްސަވައި ރަހުމަތް ލެއްވުމަށް އެދި ދުއާ ކޮށްފައި ވެއެވެ.

އިބްރާހިމްބެ ހާއްސަވާ އެތައް ސަބަބުތައް ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

އިބްރާހިމްބެ މިސްކިތުގައި އިންނަ ގޮނޑި--

"ފަތިސް ނަމާދަށް ކިތަންމެ ކުރިން އަޔަސް އިބްރާހިމްބެއަށް ވުރެ ކުރިއަކުން މަދު ރެއެއް ފިޔަވައި މިސްކިތަކަށް ނާދެވެއެވެ. އަޅުގަނޑު މިސްކިތައް އަންނަ އިރު އިބްރާހީމްބޭ އިންނާނީ ދަމު ނަމާދުކޮށްގެން ގުރްއާން ތަރުޖަމާ ކިޔާށެވެ. މީ ފަތިސް ނަމާދު އެކަންޏަށް ހާއްސަ ކަމެއް ނޫނެވެ. ހަމަ ކޮންމެ ނަމާދަކަށްވެސް އާއްމުކޮށް އެހާ ކުރިން މިސްކިތައް އައިސް ގުރްއާން ތަރުޖަމާ ކިޔަން އިނދެއެވެ. ތަރުޖާމާ ކިޔުމުގައި ސާފު ނުވާ ބަހެއް އިބާރާތެއް އިންނަމަ އަޅުގަނޑު މިސްކިތައް ވަނުމުން އަހާ އޮޅުން ފިލުވާ ހަދާނެއެވެ. ތަރުޖަމާ ކިޔަން ފެށިފަހުން ވަރަށް ގިނަ ފަހަރު ގުރްއާން ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ނިންމައިފިއެވެ. ތަރުޖަމާ ކިޔަން ފެށިފަހުން ދިމާވާއިރަށް އެކި ދުވަސް މަތިން ބުނެއެވެ. މަރުވީމަ ކާފަރުންނަށް ހާދާ ކަންތަކެއް އެބައޮތް ދޯއެވެ. އަދި ވެސް ގުރްއާނުގެ އެކި އާޔަތްތަކުގައި ހުންނަ ވާހަކަތައް ހިއްސާކޮށް ހަދާނެއެވެ. ގުރްއާން ތަރުޖަމާ ކިޔުމުގެ އިތުރުން ގޭގައި މުސްހަފުން ޤުރްއާން ވެސް ކިޔަވައެވެ. މީގެ އިތުރުން އިބްރާހިމްބެ އަކީ ސުންނަތް ރޯދަ ވެސް ހިފާ މީހެކެވެ." ފޭސްބުކުގައި ލިޔެފައި ވެއެވެ.

އިބްރާހިމްބެ އަކީ ބަންގި ގޮވާ ނަމާދު ކުރާ މީހެއް ކަމަށާއި އެންމެ ފަހުން މިސްކިތުގައި އިމާމްވެ ނަމާދު ކުރި މިދިޔަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު އިޝާ ނަމާދު ކަމަށް ވެސް ބުނެފައި ވެެއެވެ. އެހެން ނަމަވެސް ނަމާދެއް ދެނަމާދު ކޮށްލަން މިސްކިތާ ހަވާލުވެފައި ދުވަހަކު ވެސް ލާރިއެއް ނުހިފާ ކަމަށާއި އެކަން ކުރަން ކުރަނީ ހަމަ ކުރާހިތުން ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޕޯސްޓް ވައިރަލް ވެފައިވާއިރު ވަރަށް ގިނަ މީހުން ވަނީ އިބްރަހިމްބެއަށް ހެޔޮ ދުއާކޮށް ކޮމެންޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަބްދުﷲ

    ޔާﷲ އިބްރާހީމްބެއަށް ރަޙްމަތްލައްވައި ޖަންނަތުލް ފިރްދަޥްސް މިންވަރު ކުރައްވާނދޭވެ. އަދި މިއަޅާއަކީވެސް އެފަދަ ހެޔޮ ޞާލިޙް އަޅުވެރިއަކު ކަމުގައި ލައްވާނދޭވެ. އާމީން!!

    114
    1
    • ބޮލުގައިރިއްސާ

      އާމީން

  2. ހުސައިން

    إنّالله وإنّاإليه راجعون

    اللهم اغفر له وارحمه، وعافه واعف عنه، وأكرم نزله، ووسع مدخله، واغسله بالماء والثلج والبرد، ونقه من الخطايا كما نقيت الثوب الأبيض من الدنس، وأبدله دارا خيرا من داره، وأهلا خيرا من أهله، وزوجا خيرا من زوجه، وأدخله الجنة ونجه من النار

    62
    1
  3. ޢަސްލު

    އިބްރާހީމްބެއަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުފުޅުކުރައްވާށި! އާމީން

    86
  4. ސފސފ

    އިބްރާހީމްބެއަށް ހެޔޮރަހުމަި ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
    އާމީން

    74
  5. އުގުރި

    އަޅުގަނޑުމެން އެބަޖެހޭ މި މަރަށް ތައްޔާރުވާން...

    76
  6. އޮޑިޓް

    ނ.ހެނބަދޫ ބޭފުޅެއް

    49
    • 21 ޔެއާސް އޯލްޑް

      ބަލަ ކަމެއް ވީމަތާ އެބޭފުޅާގެ އެއްވެސް ޒާތީ މައުލޫމާތެއް ހިއސާނުކޮށް އެހުރީ
      ޙަމަ ހިފި ނުހުރެގެން ރަށް ހާމަ ކުރީ ތޮ

      ޜޮވިއްޖެ މިހަބަރު އެއްކޮޅުން އަނެއް ކޮޅަށް ކިޔާ ނިމުން އިރު
      ޥަރަށް ވެސް ސާލިހް ބޭބެއެއް
      މާޝާﷲ
      ޢިންނާ ލިއްލާހް ވައިންނާ އިލައިހް ރާޖިއޫން

  7. ޒިއީން މިސް

    އިބްރާހީމްބެއަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުފުޅުކުރައްވާށި! އާމީން

    47
  8. Anonymous

    ނަމާއި އެއްގޮތް މީހުންވެސް

    22
  9. ކަލޯ

    މައްޔިތާއަށް ހެޔޮ ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި. ހިތާމައަކީ މިދުވަސް އަންނާނެ ކަމަށް ނުވިސްނާ އަދި އަލުން ދިރުއްވާ ތިމާގެ އަމަލުތަކަށް އިންސާފުވެރިކަމާއެކު ޖަޒާދެއްވާނެކަން ނުވިސްނާ ހާދަ މީހުންނެއް މި މުޖުތަމަޢުގަ އުޅެއެވެ. އެންމެހާ ބޭފުޅުންވެސް ނަމާދުކޮށް ގުރުއާން ކިޔަވާ ހެޔޮ އަމަލުތައް ކުރުމަށް އާދަކުރައްވާ.

  10. ކޮވިޑް

    ޔާﷲ އިބްރާހީމްބެއަށް ރަޙްމަތްލައްވައި ޖަންނަތުލް ފިރްދަޥްސް މިންވަރު ކުރައްވާނދޭވެ. އަދި މިއަޅާއަކީވެސް އެފަދަ ހެޔޮ ޞާލިޙް އަޅުވެރިއަކު ކަމުގައި ލައްވާނދޭވެ. އާމީން!!

    47
  11. ❤️💫

    އިބްރާހީމްބެއަށް ހެޔޮރަހުމަި ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
    އާމީން

    31
  12. زي💫

    އިބްރާހީމްބެއަށް ހެޔޮރަހުމަި ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
    آمين يارب العالمين 😥💔💫

    29
  13. އިބްރާހިމް

    އެބޭ ފުޅާ އަކީ ނ .ހެނބަދޫ ބޭފުޅެއް
    ވަރަށް ހެޔޮ ލަފާ ޞޯލިޙު އަޅުވެރިއެއް.

    32
    1
  14. ާަަަަައހމދ

    އިބްރާހީމްބެއަށް ހެޔޮރަހުމަި ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި.
    އާމީން

  15. ބޮލުގައިރިއްސާ

    ﷲ އިބްރާހިމްބެގެ ފާފަތައް ފުއްސަވާ ދެއްވަވާށީ އަދި އެއީ ޖަންނަތުލް ފިރުދައުސްގެ އަހުލުވެރިޔަކު ކަމުގައި ލައްވާށި! .. އަދި އިބްރާހިމްބެގެ ވާހަކަ ހިއްސާކުރިމީހާގެ ފާފަތައް ފުއްސަވާދެއްވާށީ! އަދި އެއަޅާގެ ދުއާތަށް އިޖާބަކުރައްވާށި އަދި އެއަޅާއަކީވެސް ޖަންނަތުލް ފިރުދައުސްގެ އަހުލުވެރިޔަކު ކަމުގައި ލައްވާށި! .. އާމީން..