ދާދި ފަހުން އިންޑިއާ އިން ލިބުނު ބޮޑު ހަބަރަކީ އެ ގައުމަށް ނިސްބަތްވާ މީހަކު ދުނިޔޭގެ އެންމެ ދުވަސްވީ މީހާއަށް ވުމެވެ.

އިންޑިއާގެ ކޮލްކަޓާ އިން ފުރައިގެން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރުކުރަމުން ދިޔަ ސްވާމީ ސިވަނަންދާގެ ފްލައިޓު ލަންޑަނަށް ދިއުމުގެ ކުރިން ވަނީ އަބޫ ދާބީގައި މަޑުކޮށްފައެވެ. އެ އެއާޕޯޓުގެ މުވައްޒަފުން ސްވާމީގެ ޕާސްޕޯޓު ބެލުމަށްފަހު ތިބީ އާޝޯހު ވެފައެވެ. އެއީ ސްވާމީގެ ޕާސްޕޯޓުގައި އޭނާގެ އުފަން އަހަރެއްގެ ގޮތުގައި 1896 ޖަހާފައި އިނުމުންނެވެ.

ސްވާމީގެ ޕާސްޕޯޓު

މިހާރު ދުނިޔޭގައި 1800ގައި އުފަންވެފައިވާ މީހަކު ނެތްކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، ސްވާމީގެ ޕާސްޕޯޓުގައި އެހެން އިނުމުން ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަން ޔަގީން ކުރެވިއްޖެނަމަ ސްވާމީ ވެގެންދާނީ ފަހުގެ ތާރީހެއްގައި ދުނިޔޭގައި އެންމެ ގިނަ ދުވަސް ވަންދެން އުޅުނު މީހާގެ އިތުރުން، 1800ގައި އުފަންވި މީހުންގެ ތެރެއިން މިހާރު ދިރިހުރި ހަމައެކަނި މީހާ އަށެވެ.

ސްވާމީ ބުނާގޮތުން އޭނާ ވަރަށް ކުޑައިރު މައިންބަފައިން ބަލިވުމާއި އެކު އުޅެމުން އައީ ފައްޅިތަކުގައެވެ. އަދި އޭނާ ދުވަހަކުވެސް ކުޅި އެއްޗެއް ނުކާ ކަމަށާއި، މީހަކާއި ކައިވެނި ނުކުރާއިރު ޖިންސީ އެއްވެސް އަމަލެއްވެސް ހިންގާފައި ނުވާނޭ ކަމަށް ސްވާމީ ބުނެއެވެ.

ސްވާމީ ބުނާގޮތުން ޔޯގާ އާއި ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެއް

މިދިޔަ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ސްވާމީގެ 123ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވާއިރު، ގިނީސް އިންވެސް އަންނަނީ އެމީހުންގެ ރެކޯޑު ފޮތުން ސްވާމީ އަށް ޖާގަ އެއް ދިނުމަށްޓަކައި އޭނާގެ އުމުރު ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ބައެއް މީހުން ސްވާމީ އަށް ބަލާފައި އޭނާ އަށް 123 އަހަރު ކަން ގަބޫލުކުރަން ދެކޮޅު ހެދިނަމަވެސް، އިންޑިއާގެ ގިނަ ބަޔަކު މިކަން ގަބޫލު ކުރެއެވެ. އަދި އޭނާ މިހާރު ވަރަށް ބޮޑަށް މަޝްހޫރު ވެފައި ވާއިރު، އެތައް ބަޔަކު އޭނާގެ ގެ ކައިރިއަށް އުމުރު ދިގު ކުރުމުގެ ސިއްރުތައް ހޯދުމަށްޓަކައި ދާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތުނިޔަ

  ތިއީ އިދާރީ އޮޅުމަކަށްވުން އެކަށީގެންވޭ!

  41
  1
 2. ޢަުރނ

  18 ވނަ ގަރުނު އިނގޭތޯ

  12
  11
  • ސައިފުﷲ އަހްމަދު

   18ވަނަ ގަރުނަށް ވާނީ 1 ޖެނުއަރީ 1707ން ފެށިގެން 1800ވަނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް.
   19ވަނަ ގަރުނަކީ 1801ގެ ޖެނުއަރީ 1ން ފެށިގެން 1900ވަނަ އަހަރުގެ ޑިސެމްބަރު 31 އާއި ހަމައަށް.
   ސާފު؟

   40
   2
 3. ޒުހުދާ

  ޑެފިނިޓްލީ އަ މިސްޓޭކް

  17
  1
 4. Anonymous

  ތީ އިންޑިޔާ އެއްނު. ދޮގުހަދައިގެންވެސް މަޝްހޫރު ވާން އުޅޭ ބައެއް. ދެން އަދި މޮޅު ކަމަ ކީ އޭނައަށް ދެން ބަޔަ ކު އަޅުކަން ވެސް ކުރާނެ.

  24
 5. އޭށް

  އެވަރު ކަމެއް ވެދާނެ 1900އެއް ނޫން 1800

 6. ާޢަބުދުﷲ

  ތީނަގެ ތި ފޯޓޯއިން ބަލަަ ބެލުމައް ހީިވަނީ ތީ ަގެ އުމުރު ޢުޅޭނީ 52 އަހަރު ވަރު. ތީނަގެ އަސްލު އުފަންދުވަސް ވާނީ 8.8.1968
  ތީނަ މަށައްތުރެ 4 އަހަރު ހަނގުވާނެ.