އެމެރިކާގެ މިސޫރީއަށް ނިސްބަތްވާ ކިޓް ކެޓް ނަމަކަށް ކިޔާ އުމުރުން 13 އަހަރުގެ ބުޅަލެއް ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދައިފިއެވެ.

އެ ބުޅާ ހިތްގައިމު ކާމިޔާބީއެއް ހޯދާފައި ވަނީ، ޖަމްޕް ރޮޕިންގެ ހުނަރު ދައްކައި، އެއް މިނެޓުން ނުވަ ފަހަރު ސްކިޕްކޮށްގެންނެެވެ.

ކިޓް ކެޓް ވަނީ އޭގެ ވެރިޔާ ޓްރިޝާ ސެފްރީޑްގެ އެހީގައި އެއް މިނެޓުގެ ތެރޭގައި އެންމެ ގިނަ ސްކިޕް ކުރި ބުޅަލުގެ ރެކޯޑް މުގުރާލައިފައެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނީ އޭނާގެ މުޅި އުމުރަށް ވެސް މި ވަގުތަށް އެ ބުޅާ ތަމްރީނުތައް ހަދަމުން ދިޔަ ކަމަށެވެ.

"އުމުރުން ހަ މަސް ވީއިރު ކިޓް ކެޓް ދަނޑުގައި ތިބި ގިނަ ބައެއްގެ ކުރިމަތީގައި ރޮޕް ޖަމްޕް ކުރަމުން ދިޔައީ، ބުޅާ ތަމްރީނު ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރުމަށް،". ޖީޑަބްލިއުއާރް ސެފްރައިޑް ބުންޏެވެ.

އެނިމަލް ޓެލެންޓް އެޖެންސީއެއް ހިންގާ ސެފްރީޑް އަށް ކިޓް ކެޓް އާއި އޭތީގެ އެއްބަނޑު އެއްބަފާ ދެބެން ފެނުނީ މަންމައާ އެކު ބަނދަރެއްގެ ތެރެއިންނެވެ

ސެފްރީޑް ޕްރޮފެޝަނަލް އެނިމަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޖަމްޕިން ރޯޕްސް އަކީ ހަމައެކަނި ކިޓް ކެޓްގެ ހުނަރެއް ނޫނެެވެ. އެ ބުޅާ ވަނީ ގާތްގަނޑަކަށް 20 ވަރަކަށް ޓްރިކްސް ދަސްކޮށްފައެވެ. އޭގެ ތެރޭގައި ހައި ފައިވް ދިނުމާއި، ވޭވިން، ސްޕިނިން، ކޮމާންޑަށް މިއައު ގޮވުން ފަދަ ކަންކަން ހިމެނެއެވެ.