"އުމުރަކީ ހަމައެކަނި ނަމްބަރެއް". މިއީ އާއްމުކޮށް ފެންނަ ބަސްތަކެކެވެ. އުމުރުން 90 އަހަރުގެ މި މީހާ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ބޮޑީބިލްޑަރަށް ވުމަކީ އެ ބަސްތަކަކީ ހަގީގަތެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

އާއްމު ގޮތެއްގައި އުމުރުން 80 އަހަރަށް ފަހު ވެސް ހިނގާބިނގާވެ އުޅެވޭ ގޮތް ނުވުމަކީ އާއްމުކޮށް ދިމާވާ ކަންކަމަށް ވާއިރު، ޖިމް އެރިންގޓަން ނަމަކަށް ކިޔާ މި މީހާ ކޮންމެ ދުވަހަކު ވެސް ކަސްރަތާއި ޑައިޓް ގެ އާދަކާދަތަކަށް ތަބާވެ ފިޓްނަސް ކަންކަމުގައު އުޅެއެވެ. އެހެންކަމުން އޭނާއަކީ ހަގީގީ އިންސްޕިރޭޝަނަކަށް ވެގެން ދެއެވެ.

އެ ވީޑިއޯ ކްލިޕްގެ ސަބަބުން ގިނަ ބަޔަކު ވަނީ "ވާއު" އޭ ކިޔާފައެވެ. ޖިމްގެ ވާހަކަ އެނގުމުން ގިނަ ބަޔަކަށް ހިތްވަރު ލިބި ހިތްވަރު ލިބިގެން ދިޔަ ކަހަލައެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން މި މަހުގެ 19 ވަނަ ދުވަހު އެ ވީޑިއޯ، ރަސްމީ ޔޫޓިއުބް ޗެނަލްގައި ޕޯސްޓްކޮށްފައިވާއިރު، އެ ވީޑިއޯ ޝެއާ ކުރި ފަހުން އެ ކްލިޕަށް 29،000 އަށް ވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ.

ދާދި ފަހުން ގިނިސް ވޯލްޑް ރެކޯޑްސް (ޖީޑަބްލިއުއާރް) އިން ވަނީ މި ބޮޑީބިލްޑަރުގެ ހަޔާތުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ވެސް ހިއްސާކޮށްފައެވެ.

މި ވީޑިއޯއިން ފެންނަނީ އޭނާގެ ކަސްރަތު ރޫޓިންތަކުގެ މަންޒަރެވެ. ވީޑިއޯ ކުރިއަށް ދާވަރަކަށް އުމުރުން 90 އަހަރުގެ މި މީހާވެ ކުޑައިރުގެ ހަނދާންތަކާއި ބޮޑީބިލްޑިންގެ ދާއިރާގައި ހިނގަން ހިތްވަރު ދިން ސަބަބުތައް ހިއްސާކުރާ ތަން ފެނެއެވެ. އަދި އޭނާގެ ސިއްހަތުގެ ސިއްރާއި ސިއްހަތު ބަލަހައްޓާ ގޮތް ވެސް ކިޔައިދިނެވެ.