ދުނިޔޭގެ އާބާދީގެ 10 ޕަސެންޓަކީ ބޯ ތަލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނެވެ. އެއީ ގާތްގަނޑަކަށް 750 މިލިއަނަށް ވުރެން ގިނަ މީހުން ކަމުގައި ވާއިރު، ދާދި ފަހުން ސައިންޓިސްޓުން މިވަނީ ބޯ ތަލަވަނީ ކީއްވެގެންކަން ދެނެގަންފައެވެ.
ޔޫރަޕިއަން އެކަޑަމީ އޮފް ޑާމަޓޮލޮޖީ އެންޑް ވީނޯރޮލޮގީ އިން އާންމު ކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން، ބޯތަލަވަނީ ހަމައެކަނި ޖެނެޓިކްސް ސަބަބުތައް ކުރިމަތިވެގެންނެއް ނޫނެވެ. މި ދިރާސާ ބުނާ ގޮތުން ބޯތަލަވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މީހާ ދިރިއުޅޭ ހިސާބުގެ ވައި ތަޣައްޔަރުވުމުންނެވެ. މިހެން ކަންތައް ވަނީ ވައިގެ ތެރޭގައި ހިފެހެއްޓިފައިވާ ނުރައްކާތެރި މާއްދާތަކެއްގެ ސަބަބުންނެވެ.
ވައިގެ ތެރޭގައި މި ވިހަ މާއްދާތައް ދައުރުވަނީ ޑީސަލް އާއި ޕެޓްރޯލްގެ އިތުރުން ސިމެންތި ފަދަ އެއްޗެހީގެ ސަބަބުން ކަމުގައި ވާއިރު، އަހަރެމެން އިންސާނުންނަށް މީގެ ނޭދެވޭ އަސަރު ކުރަނީ އެފަދަ އެއްޗެހި ދައުރުވާ ވައިގެ ތެރެއަށް ނޭވާލުމުގެ ސަބަބުންނެވެ.
މީގެ އިތުރުންވެސް، މީހާ މާބޮޑަށް ސްޓްރެސްވެ ކަންކަމާއި މެދު ފުންކޮށް އަބަދު ވިސްނާނަމަވެސް ބޮލުން އިސްތަށި ފައިބައި އެއްކޮށް ތަލަވުމަށް މެދުވެރިވެއެވެ.
ބޮލުން އިސްތަށި ފައިބާކަން އެނގޭ ހިސާބުން ފެށިގެން އެކަމަށް ފަރުވާ ހޯދަން ޖެހޭނެއެވެ. އެހެން ނޫންނަމަ، މާގިނަ ދުވަހެއް ނުވެ ފެންނާނީ ބޯ ތަލަވާ މަންޒަރެވެ. މިހާރު ރާއްޖޭގެ މާކެޓުގައިވެސް އިސްތަށި ފޭބުން ހުއްޓުވައިދޭ އެތައް ޕްރޮޑަކްޓުތަކެއް ލިބެން ހުންނައިރު، އެފަދަ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތަލަވުމުން ދެން އިސްތަށި އަލުން ފަޅުވަން މަސައްކަތް ކުރާނަމަ އަތުން މާ ބައިވަރު ޙަރަދުތަކެއް ހޭދަވެގެން ދާނެކަން ހަނދާނުގައި ބަހައްޓާށެވެ.
އެހެންވީމާ ބަކިންހަން ޕެލަސްގައި ވައި ނުސާފު.ޕްރިންސް ވިލިއަމްގެ ތަލަވަނީ އެހެންވެ. ޙަހަހ
ތަލަވީމަ މާކާމިޔާބު