ކެނެޑާ އަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އެއް ފުރޮޅުލީ ބައިކަލް (ޔުނިސައިކަލް) އަކަށް އަރައިގެން އުޅެނިކޮށް އޭނާ ވެއްޓިއްޖެއެވެ.

އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާ މަގުމަތީގައި އެއް ފުރޮޅުލީ ބައިސްލަކު ދުއްވަން ދަސް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައި ވާއިރު، އޭނާ މިކަން ކުރާ ވަގުތު ފޮޓޯގްރަފަރުން ވަނީ މިފަހުން ބީބާގެ ގޭ ކައިރިއަށް ޖަމާވެފައެވެ. އެއީ އޭނާ ވެއްޓޭ މަންޒަރު ފޮޓޯ ނެގުމުގެ ނިޔަތުގައެވެ.

ބީބާ ވެއްޓެނީ

އެކަން ފޮޓޯގްރަފަރުންނަށް ކާމިޔާބުވެފައި ވާއިރު، އާއްމުންގެ ގިނަ ބަޔަކުވެސް މިކަން ނަގަމުން އަންނަނީ މަޖާ ކަމެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ. އާއްމުން ބުނާ ގޮތުގައި ގިނަ ފަހަރަށް މިފަދަ މަޝްހޫރު ތަރިން އައު ކަމެއް ކުރާތަން އާއްމުންނަށް ދައްކައިލާނީ ގޭތެރޭގައި އެކަމެއް ކުރަން އޮންނަ އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށްގެންނެވެ.

ބީބާ އެހެން ތަރިންނއި ހިލާފަށް ސީދާ މަގުމަތީގައި މިކަން ކުރަން ދަސް ކުރުމުން ބައެއް މީހުން ވަނީ އޭނާގެ ތެދުވެރިކަން މިކަމުން ހާމަވާ ކަމަށާއި ކޮންމެ މީހަކުވެސް އެފަދަ އުނދަގޫ ކަމެއް ކުރާ އެންމެ ފުރަތަމަ ފަހަރު ވެއްޓޭނެ ކަމަށް ބުނެ އޭނާ ދިފާއުކޮށްފައެވެ.

ބީބާ ވެއްޓެނީ

މި ހާދިސާގެ ސަބަބުން ޖަސްޓިން އަށް އަނިޔާވެފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، ޖަސްޓިން ހުރީ މިކަން ހުއްޓާލާ ކަހަލަ ވިސްނުމެއްގައެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަލަންބޭނުން މީހާ

    ވެއްޓިފަ އޮތްތަން ފޮޓޯއެއް ލާބަލަ

  2. ޝީޠާ

    Photoshop this

    3
    1
  3. ހުސޭނު

    ވެއްޓިފަ އޮވެދާނެންނު ކިހާ ބޮޑުކަމެއްމީ... ވެއްޓުނީީއާ ވާނީ ކީއް.. ބޮޑުކާފަރު، .

    2
    3
  4. ބަހަނާ

    މިދެން ކިހާވަރުގަދަކަމެއް ވެއްޓިދާނެއްނު މީނައެކަނިތަ ތަންތަނުންވެއްޓެނީ މީނާވެއްޓޭމަންޒަރު ފޮޓޯނަގަން މިދުވަނީ ހަމަ މޮޔައިން

    3
    2