ޑިޕްރެޝާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަނބިމީހާ ބިޕާޝާ ބާސޫގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުން ކަމަށް ކަރަން ސިންގް ގްރޯވާ ބުނެފި އެވެ.

މިދިގު ދަތުރުގެ ނިމުން ވަރަށްވެސް ކާމިޔާބު ކަމަށް އެދެމީހުން ބުނެފައި ވެއެވެ. ކަރަން ބުނީ މިހާ ބޮޑު ބައްޔަކުން ސަލާމަތްވީ ވަރަށް މަސައްކަތުންކަމަަށް ކަރަން ބުނެފައިވާއިރު، އަދި މި ކަމުން ސަލާމަތްމިވީ އަނބިމީހާގެ ވަރަށް ބޮޑު އެހީތރިކަމާއކު ކަމައް ކަރަން ބުންޏެވެ.

ދުނިޔޭގެ މެންޓަލް ހެލްތު ޑޭ ފާހަގަކުރަމުން އަންނައިރު، ކަރަން ބުނީ އޭނާ އަބަދުވެސް ނަފްސާނީ ދުޔަހެޔޮ ކަމުގެ ވާހަކަ ދައްކަނީ އެކަން އޭނާ ތަހައްމަލުކޮށްފައިވާތީ ކަމަށެވެ. އަދި އެ ވާހަކަ ދައްކަނީ އެފަދަ ކަންކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އިނގޭތީ ކަމަށާއި، އަދިބޭނުންވަނީ އެހެން މީހުން މިކަމުން ސަލާމަތް ކުރުމަށް ކަމަށް ކަރަން ވަނީ ބުނެފައި ވެއެވެ.

އިތުރަށް ކަރަން ބުނީ މީހާ ޑިޕްރެޝަނަށް ވެއްޓިދާނެ ގިނަ ސަބަބުތަކެއް ހުންނާނެ ކަމަށާއި އެއީ އުނދަގޫ ދިރިއުޅުމެއް ކަމަށެވެ. އެކަމަކު އެވަގުތު ވެސް ލޯބިވާ މީހުންގެ ފަރާތުން ސަޕޯޓު ލިބިއްޖެނަމަ އެއީ ބޮޑު އެހީއަކަށް ވާނެކަން ފާހަގަކޮށް ކަރަން ބުނީ އޭނާ ޑިޕްރެޝަނަށް ކުރި ހަނގުރާމައިގައި އެހީވުމަށް އާއިލާއާއި ބިޕާޝާ ގެ ނަން ފާހަގަ ކުރިއެވެ.

ކަރަން ބުނީ މީހާ މާބޮޑަށް ސްޓްރެސްވުމުގެ ސަބަބުން ވެސް އެފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.

ކަރަން އާއި ބިޕާޝާ ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރެވެ. މިއީ ބިޕާޝާގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް މިއީ ކަރަންގެ ތިން ވަނަ ކައިވެންޏެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ ޝްރައްދާ ނިގަމް އާއެވެ. އޭގެ ފަހުން ވަނީ މަޝްހޫރު ޓީވީ ތަރި ޖެނީފާ ވިންގެޓްއާ ކައިވެނިކޮށްފައެވެ.

ކަރަން މިހާރު އޭނާ އަންނަނީ މަޝްހޫރު ޓީވީ ޝޯ ކަސޯޓީގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ.