ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އެ މީހުންގެ އަލަތު ދަރިފުޅަށް ކިޔަނީ ދޭވީ ސިންގް ގްރޯވާ ކަން ހާމަކޮށްފިއެވެ.

ދޭވީގެ ފަޔާއެކު ބިޕާޝާ އާއި ކަރަން އިންސްޓްރާގްމްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ މީހުންގެ ދަރިފުޅަށް ކިޔަނީ ދޭވީ ކަމަށެވެ.

އޭގެ ފަހުން ބިޕާޝާ ވަނީ ދަރިފުޅާއި ކަރަންނާއާއެކު ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ދަރިފުޅުގެ މޫނު ވަނީ ފޮރުވާފައެވެ.

ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އަށް އަންހެން ކުއްޖަަކު ލިބުނީ "12.11.2022" ގައެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. އޭނާ އާއި ކަރަން އާ ދިމާވަނީ ފިލްމް އެލޯންގެ ސެޓް އިންނެވެ. އެ ފިލްމްގެ ޝޫޓިންގ ދުވަސްވަރު ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، ކައިވެންޏާއި ހަމައަށް ގޮސް މިހާރު ކައިވެންޏަށްވެސް ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ވަރަށް ގިނައިން ދެތަރިން މީސް މީޑިއާގައި އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަ ކުރެއެވެ. އަދި މާބަނޑުކަން އެނގުނު ފަހުން ވެސް ބެލުންތެރިންނަށް އެކަމުގެ ފަހުގެ މައުލޫމާތާއި ފޮޓޯތައް އެ ދެމަފިރިން ދިޔައީ މީސްމީޑިއާ މެދުވެރިކޮށް ދެމުންނެވެ.

ބިޕާޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު އެމްއެކްސް ޕްލެޔަރގެ ވެބް ސީރީޒް "ޑެންޖަރަސް" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހިޔާލު ފާޅު ކުރުމު ގެ މިނިވަން ކަން

  2. އަހުމަދު

    ދޭވީ ބޮޑު ބުދަކަށް ކިޔާ ނަން ގަނޑެއް...