ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ވިހައިފިއެވެ.

ބިޕާޝާ ކައިވެނިކޮށްގެން އުޅެނީ އެކްޓަރ ކަރަން ސިންގް ގްރޯވަރއާވެ. މި ދެތަރިންނަށް ދަރިއަކު ލިބިފައިވާކަން މިހާރު އިއުލާނުކޮށްފައިވާއިރު، އޭނާ ވިހާފައި ވަނީ މިއަދު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބިޕާޝާ އާއި ކަރަން އަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. ވަރަށް ގިނައިން ދެތަރިން މީސް މީޑިއާގައި އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަ ކުރެއެވެ. އަދި މާބަނޑުކަން އެނގުނު ފަހުން ވެސް ބެލުންތެރިންނަށް އެކަމުގެ ފަހުގެ މައުލޫމާތާއި ފޮޓޯތައް އެދެމަފިރިން ދިޔައީ މީސްމީޑިއާ މެދުވެރިކޮށް ދެމުންނެވެ.

ބިޕާޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު އެމްއެކްސް ޕްލެޔަރގެ ވެބް ސީރީޒް "ޑެންޖަރަސް" އިންނެވެ.

ބިޕާޝާ ވިހާފައިވާއިރު، މި މަސް ތެރޭގައި މަޝްހޫރު ބަތަލާ އާލިއާ ބަޓްވެސް ވަނީ ވިހާފައެވެ. އޭނާ އާއި ފިރިމީހާ ރަންބީރް ކަޕޫރަށްވެސް ލިބިފައި ވަނީ އަންހެން ކުއްޖެކެެވެ.