ބޮލީވުޑްގައި އެއް އިރެއްގައި އެންމެ މަޝްހޫރު ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބިޕާޝާ ބާސޫ އާއި ފިރިމީހާ ގްރޯވާއަށް އަންހެން ދަރިއަކު ލިބުނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. އަދި ދެމަފިރިން މައިންބަފައިންނަށް ވުމަށް ފަހުވެސް އެކި ވާހަކަތައް ދަނީ ހިއްސާ ކުރަމުންނެވެ.

މިފަހަރު ބިޕާޝާ ހިއްްސާ ކުރީ ދަރިފުޅާއި ގުޅޭގޮތުން ވަރަށް ހިތްދަތި ވާހަކައެކެވެ. އެއީ ދަރިފުޅުގެ ސިއްހަތާއި ގުޅުން ހުރި ވާހަކައެކެވެ.

މިގޮތުން އިންސްޓަގްރާމް ލައިވްގައި ނެހާ ދޫޕިއާއާ ވާހަކަ ދައްކަމުން ބިޕާޝާ ބުނީ ދަރިފުޅު ދޭވީ އުފަންވިއިރު، ހިތުގައި ދެ ލޯވަޅު ހުރި ކަމަށެވެ. ބިޕާޝާ ރޮމުން ވަނީ އޭނާގެ ތުއްތު ދަރިފުޅު އެންމެ ތިން މަހުގައި އޯޕަން ހާޓް ސާޖަރީއެއް ހަދަން ޖެހުނު ގޮތް ހިއްސާ ކޮށްފައެވެ.

އޭނާ ބުނީ ދޭވީ އުފަންވިތާ ތިން ވަނަ ދުވަހު ޑޮކްޓަރުން ވަނީ އޭނާގެ ދަރިފުޅުގެ ހިތުގައި ދެ ލޯވަޅު ހުރި ކަން އަންގާފައި ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް ސްކޭނެއް ހަދައި އެ ލޯވަޅު އަމިއްލައަށް ރަނގަޅުވޭތޯ ބެލުމަށް ޑޮކްޓަރުން އެންގިއެވެ ނަމަވެސް އެ ލޯވަޅުތައް އެހާ ބޮޑުކަމުން އަމިއްލައަށް އެކަން ވެދާނެ ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ދުރާލާ އިންޒާރު ދީފައެވެ. އަދި ސާޖަރީ ހަދަން އެންމެ ރަނގަޅު ވަގުތަކީ ދޭވީގެ އުމުރުން ތިން މަސް ދުވަސް ކަމަށް ވެސް ޑޮކްޓަރުން ކިޔާދިނެވެ.

މިއާއެކު ޑޮކްޓަރުންގެ އިރުޝާދާއެކު ދޭވީގެ ސްކޭން ދިޔައީ ކޮންމެ މަހަކަު ހަދަމުންނެވެ. އެ ދެ ލޯވަޅު ބެދޭ ގޮތެއް ނުވިއެވެ.

ޑޮކްޓަރުން ކުރިން ވަނީ ހިތުގެ ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް ބުނެފައެވެ. ބިޕާޝާ އާއި ކަރަންވެސް އެކަމާ އުޅުނީ ވަރަށް ބިރުންނެވެ. އެހެން ނަަމަވެސް ދަރިފުޅު ދުނިޔޭގައި ގިނަ ދުވަހު ހުންނަން ބޭނުންވާނަމަ އެ ސާޖަރީ ހަދަން ޖެހޭނެކަން ޑޮކްޓަރުން ވަނީ އަންގާފައެވެ.

މި ވާހަކަތައް އޭނާ ކިޔާދެމުން ގޮސްފައި ވަނީ ރޮމުންނެވެ.

އަދި 10 ޑޮކްޓަރުން ވަނީ ދަރިފުޅަށް ވެދާނެ ގޮތް ކިޔައިދީފައެވެ.

"އެކަމަކު ދަރިފުޅު ދެކެ ލޯބިވާނަމަ ކިތަންމެ އުނދަގޫ ކަމެއް ކުރަން ޖެހޭނެ. އެއީ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި".

ދޭވީ އަށް ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނެވެ. އެކަމަކު އޭގެ ފަހުން ހަ ގަޑިއިރުގެ ތެރޭގައި ދަރިފުޅުގެ ދިރިއުޅުން ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނު ކަމަށް ބިޕާޝާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއްކަމެއް ވެސް ނުވާނެއެވެ. ރަނގަޅަށް ކާންދީގެން ބޮޑުކުރީމާ އަޖަލު ޖެހެންދެން ދުނިޔޭގައި އުޅޭނެއެވެ. ހިތުގައި ލޯވަޅެއް ހުރި ނަމަ ދިރިހުންނާނީ ކިހިނަކުން ހެއްޔެވެ؟ ތިޔަކަހަލަ ވާހަކަތައް ޑަކުޓަރުން ދައްކަނީ މުއްސަނދިންގެ އަތުން ފައިސާ ހޯދަންވެގެންނެވެ.

    12
    14