މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގައި އުމުރުން އެންމެ 15 އަހަރުގެ ކުއްޖަކު ފަހައި، ފިހާރަ އެއް ތެރެއިން ނެރުމަށް ފަހު އަނިޔާވެރިކޮށް މަރާލުމާއި އެކު މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން އައެވެ. އޭގެ 1 އަހަރު ފަހުން، މަރާލި ކުއްޖާގެ އާއިލާ އަށް މިވަނީ އިންސާފު ލިބިގެން ގޮސްފައެވެ.

ގުޒްމާމް ފެލިޒް ނަމަކަށް ކިޔާ އެ ކުއްޖާ ފިހާރައިން ނެރުމަށް ފަހު ކަނޑިންނާއި ވަޅިތަކުން ހަމަލާ ދިނުމަށް ފަހު ގޭންގަކުން ވަނީ އެ ކުއްޖާ މަރުވާން ދުވާރު މަތީގައި ބާއްވާފައެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯތައްވެސް މީސް މީޑިއާގައި އާއްމުވިއިރު އެ މީހުން ފަހުން ބުނެފައި ވަނީ އެ ކުއްޖާ މަރާލެވުނީ އޮޅުމަކުން ކަމަށެވެ.

ގުޒްމަން މަރާލި ދެމީހުން ކޯޓުގައި އެމީހުންގެ ގޭންގުގެ ނިޝާން އަތުގެ އިނގިލިން ދައްކަނީ

މި މައްސަލައިގައި ބައިވެރިވި 5 މީހެއްގެ މައްޗައް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، އެ މީހުން ކޯޓުގައި ވާހަކަ ދައްކަމުން ވަނީ އެ ކުއްޖާ އެއީ އެހެން މީހެއް ކަމަށް ހީކޮށް ހަމަލާ ދެވުނީ ކަމަށް ބުނެ، ގުޒްމަންގެ މަންމަ ކައިރިން މާފަށް އެދިފައެވެ. ނަމަވެސް، އެމީހުން މީގެ ކުރިން ކޯޓު އަޑުއެހުންތަކުގައިވެސް "މަރުވަންދެން ސާބިތުވާނީ ގޭންގާއި އެކު" މިފަދަ އެއްޗެހި ކިޔާފައި ހުރުމުން ގާޒީ ވަނީ އެމީހުންގެ އެކަމާއި މެދު ދެރަވެ، ހިތާމަ ކުރާ ކަމާއި މެދު ސުވާލު އުފައްދާފައެވެ.

މި މައްސަލައިގައި ބައިވެރިވި އިތުރު 8 މީހެއްގެ މައްޗައް އަދި ހުކުމް ނީއްވާއިރު، އެމީހުންނަށްވެސް ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.