ފުރިހަމަ ސިއްޙަތަކަށް ފުރިހަމައަށް ނިދި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ނިދުމުގައިވެސް ހައްދުފަހަނައަޅައި ގޮސް ދުވާލުދާ ހަތަރުދަމު ނިދުމަކީ ސިއްޙަތަށް އޭގެ ސަބަބުން ގެއްލުންތަކެއް ފޯރާ ކަމެކެވެ. ޚާއްސްކޮށް ސިކުނޑިއަށެވެ. ސަބަބަކީ ނިދުމަކީ ދުވާލުގަޑީގައި އެވާ ވަރުބަލިކަމާއި ކަންކަމުން މީހާގެ ސިކުނޑި ރެސްޓް މޫޑަށް ދާ ދިއުމެވެ.

އަލްޒެއިމާ އެސޯސިއޭޝަންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 9 ގަޑިއިރަށްވުރެ ގިނަ މުއްދަތަކަށް ނިދާ ނަމަ އެމީހަކަށް ސިއްޙީ ގޮތުން ވަރަށް ގިނަ ކަންކަމަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހަނދާން ބަލިކަށި ވުމާއި ވާހަކަ ދައްކަން އުނދަގޫވުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ވިސްނުން ބޭނުން ކުރަން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ.

ޔުނިވާސިޓީ އޮފް މައޭމީ މިލާ ސްކޫލުން ހެދި އެ ދިރާސާ ކޮށްފައިވަނީ އުމުރުން 45 އަހަރާއި 75 އަހަރާ ދެމެދުގެ 5247 މީހުންގެ މެދުގައެވެ. ދިރާސާގެ ފުރަތަމަ މަރުހަލާގައިއާއި އެންމެ ފަހުގެ މަރުހަލާގައި އެމީހުންނަށް ދީފައިވަނީ ނިއުރޯކޮގްނިޓިވް ޓެސްޓެކެވެ. އެ ދިރާސާ ކުރި ސައިންޓިސްޓުން ވިދާޅުވެފައިވާ ގޮތުގައި ނުވަ ގަޑިއިރަށްވުރެ ގިނައިން ނިދި މީހުންގެ ހަނދާނާއި ކަންކަމަށް މީހާގެ ހަށިގަނޑު ރިއެކްޓް ކުރާ ގޮތާއި ވަގުތާއި ކަންކަމާ މެދު ދެގޭ ގޮތްގޮތަށް ބަދަލު އާދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީ

    ހިހި .... އެހެންވެ އަރެމެން ނުނިދާމި އުޅެނީ.
    ރޭގަނޑު، ހަނދާންނެތިދާނެތި.
    ހުރިހާއެއްޗެއް ހަނދާންނެތިއްޖެއްޔާ ދެންޖެހޭނީ އާ މމރ ކާޑެއް ހޯދާން އެވެސް ދިމާނުވެދާނެތި ބިރުގަނޭ!