މިއަހަރުގެ ޖުލައި މަހު 23 ގައި ރިލީޒްކުރި ދިވެހި ފިލްމު "ލީނާ" ލީކްވެއްޖެއެވެ.

އެ ފިލްމް ލީކްވެފައިވަނީ ޔޫޓިއުބްގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ފިލްމު ލީކު ވުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފިލްމު ބަލާފައެވެ. އެގޮތުން މިހާތަނަށް އެފިލްމު ބެލި މީހުންގެ އަދަދު ވަނީ 17،503 އަށް އަރާފައެވެ.

"ލީނާ"ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ދައްކާފައެވެ.

މީގެ އަށާރަވަރަކަށް އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނައެއް ތެރޭގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލި އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހެދި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އެވެ. އައްޒަ އެ ފިލްމުގައި ލީނާގެ ރޯލުން ފެނުނު އިރު ގާތިލްގެ ރީލުން ފެނިގެންދިޔައީ މުއާޒްއެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ އެ ފިލްމުން ނުޒުހަތު ޝުއައިބް އާއި އަހުމަދު ސައީދު އަދި ޒީނަތު އައްބާސްގެ އިތުރުން އަހުމަދު އީސަ އަދި މަރިޔަމް ހަލީމް ފަދަ ތަރިންގެ އެކްޓިން ފެނިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައުޗް

    އެހެންދޯވާނީ މުއާ ކޮންމެ ތަނެއްގަ ފޮނިކަޑަންޏާ!

    16
  2. ނަހުލާ

    ފިލްމު ބަަލައިފިން މިހާރު ހެހެހެ ތޭންކްސް ޔޫޓިއުބް
    އެހާވެސް މޮޅެއް ނޫން އެފިލްމެއް އެޑިޓިންގ ވަރަށްވެސް ބޭކާރު

    • ޢަހަރެން

      އަސްލު ފިލްމު ރީތި ދިވެހި ފިލްމުތަކާ ބަލާފަ.. އައްޒަ ގެ އެކްޓިންގް ވ ސަޅި

      1
      3
      • ނަހުލާ

        އެކްޓިންގ ކިތަންމެހާވެސް ރަނގަޅު އެކަމަކު ފިލްމު މޮޅެއް ނޫން އިނގޭތޯ

  3. ކެރަބެ

    އަޕްލޯޑެޑް

  4. އަލިބެ

    ނުފެނުން

  5. އެ ސޮރު

    ދީބަލަ ލިންކް

  6. ޑައިރެކްޓަރް

    ދެ އަހަރު ފަސް