ދިވެހިންގެ ތެރޭފައި އެއްއިރެއްގައި ހިންދީ ޑްރާމާތައް ވަރަށް މަޝްހޫރު ވެގެން ދިޔައެވެ. ފުރަތަމަ ރާއްޖޭގެ ރަށްރަށަށް ކޭބަލް ޓީވީގެ ޚިދުމަތް ދެވުނު ހިސާބުން ފެށިގެން ދާދިފަހަކަށް ޖެހެން ދެން ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް ދިވެހި އަންހެނުންގެ ތެރޭގައި ހިންދީ ޑްރާމާ ދިޔައީ ރަނި ކުރަމުންނެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މި އާދަ މިއަދު މިވަނީ ނެތި ގޮސްފައެވެ.

“މިހާރު އަންހެނުން ނުބުނޭ، ސްޓާ ޕްލަސް ބަލަން ރިމޯޓް ދޭށެކޭ. އަދި ކިރިޔާ މެޗެއް މި ބަލާލެވެނީވެސް.” ދިވެހިން ފިރިހެނުންގެ ވާޙަކަތައް ހުރީ މިހެންނެވެ.

ގިނަ ދިވެހި ފިރިހެނުން މިއަދު ބުނަމުންދަނީ އެއްއިރެއްގައި ގޭގެ ކޮންޓްރޯލާއި ރިމޯޓް ކޮންޓްރޯލްވެސް އަންހެންވެރިންގެ އަތުގައި އޮތް ނަމަވެސް، މިއަދު ރިމޯޓް ކޮންޓްރޯލް ފިރިހެންވެރިން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަންހެނުން މިކަމާ ދެކޮޅު ހަދައެވެ.

“އަސްލު މިހާރު ނާދޭ އެހާ ބަލާ ހިއްވާ ސީރީޒްއެއް. ވަރަށް ވައިބަލަން. ހަމަ އެކައްޗެއް އަންނަނީ. އަކްޝަރާ ކުރިން އުޅުނު ފިލްމުވެސް އަދިވެސް އެބަދައްކާ. އެހެންވެ އަސްލު ނުބަލަނީ. ދެން ފިރިހެން ވެރިންނަށް ހީވަނީ އެމީހުންދެކެ ބިރުން، ނޫނީ ދޭހިތުން ރިމޯޓް ދެނީއޭ އަސްލު ބަލަން އެއްޗެއް ނާންނާތީ ދެނީ.” 36 އަހަރުގެ އަންހެނަކު އޭނާ މިހާރު ޓީވީގެ ރިމޯޓް އޭނާގެ ފިރިމީހާއަށް ދިން ސަބަބު ކިޔާދިނެވެ.

ހަމަަގައިމުވެސް ދިވެހި ފިރިހެނުން އަދި އަންހެނުންވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތެކެވެ. އެއީ މިހާރު ހިންދީ ޑްރާމާތަކަށް އޮންނަ ފޯރި ނެތް ކަމެެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި މިގޮތަށް މިކަންދިމާވީ، އިންޑިޔާގެ ހިންދޫ ދީން، މިފަދަ ޑްރާމާތަކުން މާބޮޑަށް ޕްރަމޯޓް ކުރާތީއެވެ. އަނެއް ބައެއްގެ ޚިޔާލު މިކަމުގައި ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަ

    ކުލިނިކުގަ ތިބޭ އަންހެންވެރިންގެ އަތުންވެސް ރިމޯޓް އަތުލަން ވެއްޖެ

    10
    3
  2. ލޮލް

    އެއީ ހަމަ އިންޑިއާ ދެކެ އަންނަ ރުޅިން. ގެރި މޯދީ

    8
    1
  3. ޖޯންވިކު

    ފަހުބަޔާ އެެއްބަސް. މައިގަނޑު 3 ސަބަބު އޮތީ...
    1. ހިންދޫ، ބުދިސްޓް ދީނުގެެބައި ވަރަށްވެސް ބޮޑު.
    2. ހަމަ ސޭމް އޯލްޑް ސާސް-ބަހޫ-ވިލަން ސްޓޯރީ އޮންނަނީ ހުރިހާ ޑްރާމާއެއްގަ. ފެޑް އަޕް ވެއްޖެ.
    3. ދިވެހިން މާ ސިޔާސީ ވެގެން ގޮސް، ރާއްޖެޓީވީ އާއި ޗެނަލް13 ބަލަން މާފޯރި ހުންނާތީ.