ދެތަރިން ފެނުނީ އެއް ވީޑީއޯއަކުންނެވެ. އެ ވީޑިއޯއަކީ މިހާރު މީސްމީޑިއާގައި އެންމެ ގިނައިން ދައުރުވަމުން އަންނަ ވީޑީއޯއެވެ. އެހެނަސް އެންމެންގެ ނަޒަރު ހުއްޓުނީ ވީޑިއޯ އިން ފެންނަ އަންހެން ކުއްޖަކަށެވެ. ޖެހިގެން އުޅޭ މައްސަލައަކީ މިއީއެވެ.

ބަލާލި ކަތި ނަޒަރުން މަޝްހޫރުވެގެން އުޅެނީ އިންޑިއާގެ އެކްޓްރެސް އެއް ކަމަށްވާ ޕްރިޔާ ޕްރަކާޝްއެވެ. ގިނަ ބަޔަކު ޕްރިޔާގެ ވާހަކަ ދައްކަމުންދާއިރު، އެއްބަޔަކު ތިބީ އެކަމާ ނުރުހިފައެވެ. ޚާއްސަކޮށް މިހާރު ސިންގަލްކޮށް ތިބި ބައެއް އަންހެން ކުދިން ބުނާގޮތުގައި އެމީހުންގެ ލޯތައް އަމާޒުވެފައިވާ ވަނީ، ޕްރިޔާއަށްވުރެ ބޮޑަށް ރޯޝަން އަށެވެ. އަދި ރޯޝަން މާ ހުނަރުވެރި ވެފައި ރީތި ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. އެހެންކަމުން ރޯޝަނަށްވެސް ކޮންމެވެސް ވަރަކަށް ސަމާލުކަން ދިނުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ވަރަށް އަވަަހަށް އާއްމުންނާއި ހަމައަށް ނެރެން ހަމަޖެހިފައިވާ މަލަޔާލަމް ފިލްމެއް ކަމަށްވ، "އޮރޫ އަދާރް ލަވް" އިން ފެނިގެންދާ އެ ފިލްމްގެ ދެ ވިޑީޔޯ ކްލިޕެއް މިހާރު މީސް މީޑިޔާގައި ދައުރުވަމުން އަންނައިރު، ގިނަ އަންހެން ކުދިން ބުނަމުން ދަނީ އެ ވީޑިޔޯ ކްލިޕްތަކުގައި ލަދުން އުޅޭ ރޯޝަން އެ މީހުންނަށް މާ ރީތި ކަަމަށެވެ.

 

އޭނާގެ މޫނުމަތިން ފެންނަ "އެކްސްޕްރެޝަން"ވެސް ވަރަށް ބޮޑަށް ކަމުދާ ކަމަށެވެ. އަދި އޭނާއަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެން ޖެހޭކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ރަހުމާންއާ ގުޅޭ މައުލޫމާތަށް ބަލާއިރު، އޭނާއަކީ ޕްރިޔާ ގޮތަށް އަލަށް ފިލްމް ކުޅުނު މީހެކެވެ. އުމުރުން 19 އަހަރުގެ އޭނާ ހުރީވެސް ހުސްހަަށީބައިކޮށް ކަމަށް ވެއެވެ. އަދި އޭނާއަކީ އެކްޓަރެއްގެ އިތުުރުން ނަށާވެސް މީހެެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެކެކެ

    ތިޔަ ވަރަށް ގޯސް ވީ..?

  2. ޙަ

    ތީގެންވެސް އިންގެނީ އަންހެންކުދިންނައް ވުރެން ފިރެހެން ކުދިންގެ ހިތް ކާފަރުކަން...ބޯއީޒް،ނޯ އޮފެންސް...