މެދު ރާއްޖޭގެ ތެރޭގައި އަންހެނަކު އޭނާގެ އަމިއްލަ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތްތަށް ސިފަވެގެންދަނީ ދެ މީހަކު ޚަރަދު ކޮށްގެން ހޯދާފައިވާ މުދާގަނޑެއް އެކަކު ހޯދަން ކުރާ މަސައްކަތް ހެންނެވެ.

ރަށްމެދަށް ބަލިވެ އިނުމާއެކު އަމިއްލަ ގެއިން އޭނާ ބޭރުކޮށްލި އެވެ. އާއިލާގެ އެންމެން ގުޅުން ކަނޑާލި އެވެ. އެހިސާބުން އުޅެން ފެށީ ރަށުގައި ދިިރިއުޅެމުން އަންނަ އެހެން ރަށެއްގެ ދެމަފިރިއެއް ކައިރީގަ އެވެ.

އޭނާ ވިހެއީ އަންހެން ކުއްޖެކެެވެ. އެ ދަރިފުޅު ވިހައިގެން ދަރިފުޅަށް އަހަރެއް ވީ ތަނާޙެން މީހަކާ އިނދެ އަހަރެން ދިރިއުޅުމެއް ފަށައިގަތީމެވެ. މި ދިރިއުޅުމަށް ލިބުނު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއް ރަށުން ބޭރަށް ފުރައިގެން ދާން ޖެހުނީ އެވެ. އެއިރު ދޮށީ ދަރިއަށް އެންމެ ދެ އަހަރެވެ.

ދޮށީ ދަރިފުޅު ބަލައިދޭނެ މީހެއް ނެތިގެން މީހަކާ އިނުމުގެ ކުރިން ދިރިއުޅެމުން އައި ގޭގެ ދެމަފިރިންނާއި އެ ދަރިފުޅު ހަވާލު ކުރީމެވެ. އެއީ އޮތް ގާތްކަމެއްގެ ބޮޑު ކަމުންނާއި އޭރު ކުރެވުނު އިތުބާރެއްގެ ބޮޑު ކަމުންނެވެ.

ނަމަވެސް މި މަންޒަރު ބަދަލުވެގެން ދިޔައީ 2006 ވަނަ އަހަރު މި ދެމަފިރިން އެ ރަށް ދޫކޮށް އެހެން އަތޮޅަށް ބަދަލުވި ހިސާބުންނެވެ. އޭރުވެސް އަހަރެން ދަރިފުޅު ބޭނުމެވެ. ނަމަވެސް އަހަރެންގެ ހާލަތު ހުރި ގޮތުން ދަރިފުޅަށް ކިޔަވައިދެވޭނެ ފަދަ އެއްވެސް ގޮތެއް ނެތެވެ. އެހެން އެދަރިފުޅު އެމީހުންނާ ހަވާލުކޮށް ފޮނުވީމެވެ.

އެ އަތޮޅަށް ބަދަލުވި ދުވަސްކޮޅު ދަރިފުޅާ ވާހަކަ ދައްކަން ފޯނަށް ގުޅުމުން ވާހަކަ ދައްކުވައިދެ އެވެ. އެކަމަކު ފަހުން ފޯނު ނެގިއަސް ދަރިފުޅާ ވާހަކަ ދެއްކޭ ގޮތެއް ނުވެ އެވެ. ދަރިފުޅު ބޭނުންވެގެން އެތަށް ދުވަހަކު ރޮއެ އާދޭސް ކުރީމެވެ. ނަމަވެސް ކޮންމެ ފަހަރަކު ދައްކަނީ އެތަކެއް ބަހަނާ އެވެ. ކޮންމެ ފަހަރަކު ބުނަމުން ދަނީ އަހަންނަށް ދަރިފުޅުގެ ކަންކަން ރަނގަޅަކަށް ނުވާނެ ކަމަށެވެ. އަދި ދަރިފުޅަށް ރަނގަޅު ތައުލީމެއް ދެވޭނީވެސް އެމީހުން ކައިރީގައި ދަރިފުޅު ބެހެއްޓުމުން ކަަމަށް އެމީހުން ދަނީ ބުނަމުންނެވެ.

އާޢެކެވެ. އަހަންނަކީވެސް މާ ބޮޑު ތައުލީމެއް ލިބިފައި ހުރި މީހެއް ނޫނެވެ. އަދި ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. ކިތަންމެ ފަގީރު ކަމުގައި ވީނަމަވެސް ބަނޑުއަޅައި ވިހެއި ދަރިފުޅު އަހަރެން ބޭނުމެވެ.

ދަރިފުޅު ހޯދުމަށް ކުރެވެން އޮތް ކަމެއް އަހަންނަށް އެނގުނު މިންވަރަކުން ކުރީމެވެ. ފުލުހަށްވެސް މައްސަލަ ހުށަހެޅީމެވެ. ނަމަވެސް ކުރެވުނު ކަމެއް ނެތެވެ.

އެންމެ ފަހުން ގާނޫނީ ވަކީލެއްގެ އެޙިތެރިކަން އަހަންނަށް ލިބުނެވެ. އެއާއެކު ޖެންޑާ މިނިސްޓްރީ އަށް އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހެޅީމެވެ. ޖެންޑާ މިނިސްޓްރީން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން އެންގީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި އަދި ކޯޓުގެ މަރުހަލާ ނިމުމަށްފަހު ނޫނީ އެބޭފުޅުންނަށް އިތުރު ކަމެއް ކުރެވެން ނެތް ވާހަކަ އެވެ.

އެހެން ކަމަށްވީނަމަވެސް ގޮތް ދޫކުރާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. ދަރިފުޅު ހޯދަން ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނަމެވެ. އެންމެ ފަހުން ކޯޓަށް މި މައްސަލަ ހުށަހެޅިތާވެސް އަހަރެއްވީ އެވެ. ދަރިފުޅު ހުރި ރަށަށް އަހަންނަށް ދެވެން ނެތެވެ. އެފަދަ މާލީ ތަނަވަސް ކަމެއް އަހަންނަކަށް ލިބިފައި ނެތެވެ. މި މައްސަލައިގެ އަޑު އެހުން ދެ ރަށެއްގައި ބާއްވަމުންދާތީ ވަރަށް އުދަނގޫވެ އެވެ. މިހާރު މި މައްސަލާގައި ބައެއް އަޑު އެހުން ބޭއްވިފައި ވީ ނަމަވެސް ގިނަ އަޑު އެހުންތައް ކެންސަލް ވާތީ ކަންބޮޑުވެ އެވެ.

އަހަރެންގެ ދަރިފުޅަށް މިހާރު 14 އަހަރުވެފައިވީ އިރު މިހާރު އެ ދެމަފިރިން އަހަރެންގެ ދަރިފުޅު ގާތުގައި ދައްކަމުންދަނީ އަހަރެންގެ ގޯސް ވާހަކައެވެ. އަހަރެން ދަރިފުޅު ބަލަން ބޭނުން ނުވާތީ އެމިހުންނަށް ދިނީ ކަމަށް ދަރިފުޅު ގާތު އެމީހުން ބަުނަމުންދާތީ ދަރިފުޅު ފުރާވަރަށް އަރާއިރު އަހަންނަށް ނަފްރަތު ކޮށްފާނެތީ އަހަރެންގެ ހިތަށް ވަރަށް އުދަނގޫވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގޯޕީ

    ކިހާ ތާހިރު މީނަގެ ވާހަކަ.ހަމަ ކަޑަ އެޅި ގެން ޛޮގެއް މިއަންހެނާ އެހަދަނީ.މީނަ އެކުޖާ ނުބަލަން މީނަ ނާޗަރަންގީ ކުޅެން ތަންތަނައް ދުވަން ވެގެން.އެކުޖާ ހަމަ ދިނީ.ނަމަނަމަ މީނަޔާ އެކުޖާހަވާލު ނުކުރާތި.އެކުޖާގެ މުސްތަގުބލް އޮޔާލާނެ.ގޮތެފޮތޮނެތް މީ ހެއް

    49
    10
  2. މަންމަ

    ކުއްޖާ ބޮޑު ވީމަ ބޭނުން ވެގެން ތިޔަ އުޅެނީ. އެކުއްޖާ ފަރާތުން ދެން ވިޔަސް ވާނީ ފަސޭހަ. ނޫސް ތަކަށް މާ ސޮބް ވެފަ އިންޓަވިއު ދިނަސް މި ކީ މީހަކަށް އިނގޭނެ އެހާ ބޭނުންވީ ނަމަ ހުންނާނީ ކުއްޖާ ލިބިފަ. މައްސަލަ ހުށައަޅާނީ އެއް އަހަރު ކުރި ކުރިއަކުނެއްނޫން. މީގެ ބާރަ އަހަރުކުރިން. ކުއްޖާ އަށް އިހްމާލު ވެފަ ތިޔަހުރީ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ހުރިތާކު ބެހެއްޓުން.

    65
    6
  3. ނާނި

    އެމީހުން ދަރިފުލު ބަލާ ބޮޑު ކުރީމަ މިހާރު ބޭނުން ވެގެން ތި އުލެނީ....14 އަހަރު ވަންދެން ބަލާފަ ކާކު ދަރި ދޭނީ....

    79
    6
  4. ދޮގު

    އެ ރަށައް ދެވޭ ވަރު ނުވެޔެއް ނުހުއްނާނެ ހުސް ދޮގު..

    48
    5
  5. ލަމް

    ނުވާނެ މަނާކޮއްފައެއް!
    ބަޔަކު ދެކެ ގަންނަ ބިރަށް މިރަށައް އަންނާން ނުކެރުނީ!
    ދަރުފުޅުގެ ވާހަކަ ތަށް އަހަރެން ދެއްކީމަ އަޑުއަހަން ބިރުގަތީ!
    އެކަމަކުއެެއީ އެތަނުގަވާ ބަޔަކު މަޖުބޫރު ކުރުވަނީ!
    އޭނަ ކުއްވެރިޔެއް ނުކުރަން އަދި!

    18
    2
  6. މަގޭ

    ސޯ ޔޫ ގައިޒް ނޯ ހާރ ވެރީ ވެލް ދޯ؟

    17
    4
  7. ޝަމް

    ދަރިފުޅު ނުދޭތި އޭނައެއް. މިހާރު ދަރިފުޅު ބޭނުންވެގެން ހޯދަނީ ކީއްކުރަން

    15
    2
  8. ނަރެލް

    ތިހާވަރަށް މީހަކަށް ދަރިއެއްދެކެ ލޯބިވެވޭނި ބަޔަކުގެ އަތްމައްޗަށްދަރި ދޫކޮށްލާފަ މަޖާކޮށްނިމި ސާދަ އަހަރު ފަހުން ދަރިއެއް ހުރިކަން ހަނދާންވީ ވާހަކައިގަ އެއްވެސް އަސަރެއް ނެތް ހީވާގޮތުން ތީ އުޅުމެއްނެތް ވިޔާނުދާ އަންހެނެއް ދަރި ނުދިނުން މާރަނގަޅުވާނެކަމަށްފެނޭ