އުމުރުން 6 އަހަރުގެ ރީސް މީޗެލް އަށް ޖެހިފައިވާ ބައްޔެއްގަ ސަބަބުން މަންމަ ވަކިކުރަން ނޭންގޭ ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.

ރީސްގެ މަންމަ ބުންފައިވާ ގޮތުގައި އޭނާ އަށް ޖެިފައި ވަނީ ޑީމެންޓިއާ ނަމަކަށް ކިޔާ ނުރައްކާތެރި ބައްޔެކެވެ. އެބަލި ޖެހުމުގެ ސަބަބުން ވާހަކަދެއްކުމަށާއި، ހަނދާން ބެހެއްޓުމަށް އަދި ނޭވާލުމަށްވެސް ދަތިވެއެވެ. މިހާރު ރީސްގެ ވާހަކަދެއްކުމުގެ ބާރު އެއްކޮށް ކެނޑިފައިވާ ކަމަށާއި ރީސް ހަަމައެކަނި ހަނދާން ހުންނަނީ މަންމަ އަށް ގޮވާލަން ކަމަށާއި އެއީވެސް މީހެއްގެ އޑުދަށުން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

އަދި މިހާރު އެބަލި ޖެހިފައިވާ ވާތާ އަހަރުތަކެއް ވެފައިވާކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އެ ބައްޔަށް އެއްވެސް ޝިފާއެއް ލިބިފައި ނުވާކަމަށް ރީސްގެ މަންމަ ބުންޏެވެ. އަދި މިއަހަރު ރީސްގެ ހާލަތު ވަކިން ގޯސްވެފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރީސްގެ މަންމަ ބުނެފައި ވާގޮތުގައި ރީސްގެ ހިނގުންވެސް މިހާރު އެއްކޮށް ދަނީ ހުއްޓެމުންނެވެ. ރީސް އަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށާއި ވެއްޓުނަސް ދެވަނަ ފަހަރަށް ތެދުވެ ހިނގޭތޯ ރީސް މަސައްކަތް ކުރާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ރީސް އަށް ފަރުވާ ދިން ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ ރީސް ބަލިން ސަލާމަތްވާނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެބަލި އިތުރަށް ބޮޑުވެ ރީސްގެ ފުރާނަޔަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިހާތަނަށް އެބަލި ފަސޭހަކުރާނެ މާބޮޑު ގޮތެއް ހޯދިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.

އެ ބައްޔަކީ ދުނިޔޭގެ ނިސްބަތުން މަދުބަޔަކަށް ޖެހިފައިވާ ބައްޔެއް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.