ދަތްތައް ހުދުކޮށް ސާފުކޮށް ބެހެއްޓުމަކީ ސާފުތާހިރުކަމާއި ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ވަރަށް އިސްކަން ދޭނޭ ކަމެކެވެ. ދަތް ހުދުކުރުމަށް ޑެންޓިސްޓަށް ގޮސްގެން އެތައް ހާސް ފައިސާއެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި އަމިއްލައަށްވެސް ކުރެވިދާނެ ކަންކަން ހުންނާނޭކަން ހަދާންކޮށްލާށެވެ.

އެގޮތުން ދަތް ހުދުކުރުމަށް އަލަނާސިއަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަލަނާސީގައި ހިމެނޭ ބްރޯމެލައިން ނަމަކަށްކިޔާ މާއްދާއަކީ ދަތް އުނގުޅަން އާންމުކޮށް ބޭނުންކުރެވޭ ބޭސްތަކުގައިވެސް ހިމެނޭ އެއްޗެކެވެ. އެ މާއްދާއަކީ ދަތް ހަޑިވެ ރީނދޫކުލައެރުން ވަރަށް ފަސޭހައިން ހުއްޓުވައިދޭ މާއްދާއެކެވެ.

އަލަނާސީގެ އިތުރުން އެހެން މޭވާ އާއި ތަރުކާރީއަކީއިންވެސް ދަތް ހުދު ކޮށްދޭކަމަށް ވަނީ ބެލެވިފައެވެ. ގިނައިން ހަފަންޖެހޭ މޭވާއާއި ތަރުކާރީ ކެއުމުން ހަފާވަގުތުގައި ދަތުގައި ހުންނަ ނަޖިހާއި ކުލަ ފިލުވައިދޭކަމަށް ބައެއް ތަޖުރިބަކާރުން ވަނީ ބުނެފައެވެ. އެފަދަ އެއް މޭވާއަކީ ސްޓްރޯބެރީއެވެ.

ދެން ދަތް ހުދުކުރުމަށް ކުރެވިދާނެ އަނެއް ކަމަކީ ދަތްތައް ތެލުން ދޮވުމެވެ. ދަތުގައި ހުންނަ ކުލަތައް ނައްތާލައި ސާފުކޮށްދިނުމަށް ތެޔޮ ހިމެނޭ ފެން ފޮދަކުން އަނގަތެރެ ދޮވެ އުޅުމަކީ އާންމުކޮށް އިންޑިޔާގައި ކުރާ ކަމެކެވެ. އެގޮތަށް ބޭނުންކުރެވޭ ތެޔޮތަކުގެ ތެރޭގައި ސަންފްލާވާރ ތެޔޮ އަދި ސެސަމޭ ތެޔޮ ހިމެނޭއިރު ކާށި ތެލަކީވެސް އެގޮތަށް އިންޑިޔާގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ.

ކާށި ތެލަކީ އޭގައި ލޯރިކް އެސިޑް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެއީ އެކި ކަހަލަ ޖަރާސީމު ފަސޭހައިން ނައްތާލައިދޭކަމަށް ދައްކުވައިދީފައިވާ މާއްދާއެކެވެ. އަދި ކާށި ތެލުން އަނގަ ދޮވުމުން އަނގައިގައި ހުންނަ ބެކްޓީރިއާ ވަރަށް ފަސޭހައިން ނައްތާލައިދޭކަމަށްވެސް ތަޖުރިބާކާރު އެތައް ފަރާތަކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 1 ފުޅި ބްލީޗް އޯކޭތަ؟

  2. ޢެމިިިިިހުންބެނުން ކުރާ އެއްޗެހި ދިވެހިން ބޭނުން ކުރާކަށް ނުޖެޔޭ ބަލަ...