ސައިންސްވެރިންގެ ފަހުގެ ހޯދުންތަކުން ފެންނަ ގޮތުގައި ޑިޕްރިޝަންއިން އެންމެ ފަސޭހައިން ސަލާމަަތް ވެވެން އޮތީ ކެއުމުގެ ވައްޓަފާޅި ބަދަދު ކޮށްގެންނެވެ.

ޑިޕްރިޝަން އަށް މަގުފަހި ވަނީ ކަމަކާ ދޭތެރޭ މާބޮޑަށް ވިސްނޭން ފެށުމުން އެކަމާ "ބޯގޮވާ" ހިސާބުންނެވެ. މިކަމުގެ ސަބަބުން އެކި މީހުންނަށް ދިމާވަނީ އެކި ގޮތްތަކެވެ. މިގޮތުން އެއްބަޔަކު ގަދަޔަށް ކާހިތްވާއިރު އަނެއް ބަޔަކު ކާއެއްޗެހި މަތިން ފޫހިވާ ފަހަރުތައް ދިމާވެއެވެ. މީގެ ނަތީޖާއަކަށް ދިމާ ވަނީ ކުއްލިއަކަށް މީހާގެ ހަށިގަނޑުު އަނަރޫފަވުން ނުވަތަ ކުއްލިއަކަށް "ހެސްކިޔާފައި" ފަލަވުމެވެ.

ޑިޕްރިޝަން އިން ސަލާމަތްވުމަށް ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ކުރުމެވެ. އަނެއް ގޮތަކީ ކެއުމުގެ ވައްޓަފާޅި ދުޅަހެޔޮކޮށް ބައްޓަން ކުރުމެވެ.

ޑިޕްރިޝަންގެ ސަބަބުތައް މީހާ ބަލިވާން މެދުވެރިވާ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި ބައެއް ފަހަރަށް ކެވޭ ކާނާއާއި އޭގެ މިންވަރުވެސް ހިމެނެއެވެ. މިގޮތުން މި ހާލަތުން ސަލާމާތް ވުމަށް ގިނަ ގިނައިން ތަރުކާރީއާއި މޭވާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން ގިނަގިނައިން ފެން ބޮއެ ބަދަން، ނުވަތަ ބަދަން އެކުލެވިގެންވާ ކާނާ ކެއުމަށް ވެސް ސިއްހީ މާހިރުން އިރުޝާދު ދީފައި ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކެއުމުގެ ވައްޓަފާޅީގައި މި ބައިތައް ހިމެނުމުން ގިނަ ބަޔަކަށް މި ބަލިމަޑުކަމުން ވަނީ ސަލާމަތް ވެފައިވެއެވެ. އަދި ޑިޕްރިިޝަަންގެ ސަބަބުން ބޮލުގައި ކެޑި ނޭޅި ހުންނަ ރިހުން މަޑުކޮށްދީ އެންޒައިޓީ ބަލިން ދުރުކޮށްދޭ ކަމަށްވެސް ސައިންސްވެރިން ފާހަގަކުރައްވާފައިވެއެވެ.