ބޮލީވުޑްގެ ރަސްގެފާނު، އަމީތާބް ބައްޗަންގެ އަނބިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ޖާޔާ ބައްޗަން އަކީ ވަރަށް ގިނަ ފަހަރަށް ހިތުތެރޭގައި ހުންނަ ވާހަކަތައް މީޑިއާގައި ފަސްޖެހުމެއް ނެތި ހާމަކުރާ މީހެކެވެ. އެގޮތުން އޭނާ ވަނީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެސް އެފަދަ ވާހަކައެއް ދައްކާފައެވެ.

ޕީޕަލްސް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކުރިމަތި ކުރުވި ސުވާލަކުން، ޖާޔާގެ ހިތުގައި އެވަގުތު އޮތް ވާހަކަ އޭނާ ހާމަކޮށްފައި ވާއިރު، އެ ނޫހުގައި އޭނާ ބުނެފައި ވަނީ، ފުރުސަތެއް ލިބުނު ނަމަ، މަޝްހޫރު ތަރި، ޝާހުރުކް ޚާންގެ ކަންކަށިމަތީގައި ޖެހީމުސް ކަމަށެވެ.

"އެވަގުތު އަހަރެމެން ގޭގައި އޭނާ ހުރި ނަމަ ކަންކަށިމަތީގައި ޖެހީމުސް. އަހަރެންގެ ދަރިފުޅު އެފަދަ ވާހަކައެއް ދެއްކި ނަމަވެސް ކަންތައް ކުރާނެ ގޮތަކީ އެއީ" ޖާޔާ ބުނެފައި ވެއެވެ.

ޖާޔާ ބުނެފައިވާގޮތުގައި އޭނާ ޝާހުގެ ކަންކަށިމަތީގައި ޖަހަން ބޭނުންވީ، ފިރިހެން ދަރިފުޅުގެ އަނބިމީހާ، އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ، އައިޝްވަރިޔާ ރާއީ ބައްޗަން އާއި ގުޅޭގޮތުން ޝާހު ދައްކާފައިވާ ވާހަކައަކާއި ގުޅިގެން ކަމަށެވެ. އަދި އައިޝްވަރިޔާ އާއި ދިމާލަށް އޭނާގެ އަމިއްލަ ދަރިފުޅު ބަދު ބަހެއް ބުނި ނަމަވެސް ކަންތައް ކުރާނީ އެގޮތަށް ކަމަށް ޖާޔާ ބުންޏެވެ.

ޖާޔާ މިގޮތަށް ބުނެފައިވަނީ ސަމާސަ ކޮށްލުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަނަމަވެސް، އެފަދަ ވާހަކައެއް ދައްކާފައިވާތީ ޝާހުގެ ފޭނުން ވަނީ "ހުޅުފަޅައިގެން" ގޮސްފައެވެ. އަދި އެވާހަކަތައް ކުއްވެރިކޮށް އެކަމަށް މަޢާފަށް އެދުމަށްވެސް ޝާހުގެ ފޭނުން އޭނާއަށް ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މަށަށް ކުރިންވެސް ހީވިޔޭ އަމީތާބު މުސްކުޅިވެފައި އެހުރީ މީއްޗަކު އެމީހާ ކަންކަށިމަތީ ތަޅާތަލާ ރޯނާގަންނަވާގެންނޭ!

    25