މިއީ ފޭސްބުކްގައި ދޫރެސް އަބްދުﷲ ލިޔެފައިވާ ލިޔުމެކެވެ. އޭނާ އަށް ދިމާވި ދެ ކަމެއްގެ ވާހަކަ ވަރަށް ތަފްސީލްކޮށް މި ލިޔުމުގައި ގެނެސްދީފައިވެއެވެ. އަބްދުﷲ ގެ ޕޯސްޓްގައި ފުރަތަމަ އެއިން ފޮޓޯއަކީ ރައްޓެއްސަކު މެސެންޖާއިން، ޕޯސްޓް ޖެހުމުގެ ދެދުވަސް ކުރިން އޭނާ އަށް ފޮނުވި ފޮޓޯއެކެވެ. އޭނާއަށް މިފޮޓޯ ފެނުނީ އެފްބީ ޕޭޖަކުންނެވެ. ފޮޓޯ އާއިއެކު ޓެކުސްޓެއްވެސް ފޮނުވިއެވެ. އޭގައިވަނީ "ޢަބުދުﷲވެސް މިހެން އުޅެބަލަ" މިހެންނެވެ. މިވާހަކަ ފެނުމުގެ ކުރިން މިއީ ކިހިނެތް ހިނގާފައިވާ ކަމެއްކަން އޭނާއަކަށް ނޭނގޭނެ ކަމަށް އަބްްދުﷲ ލިޔެފައި ވެއެވެ.

https://www.facebook.com/dhoshimeyna.kilagefaanu.7/posts/1397613880399063

އަބްދުﷲ އޭނާއަށް ދިމާވި ފުރަތަމަ ހާދިސާ ގެނެސްދެނީ ބާބު އެކެއްގެ ގޮތުގައެވެ. ލިޔެފައި ވެއެވެ. "މާރިޗް 22 ވަނަ ދުވަހުގެރޭ، ބަލިމީހަކަށް ޒިޔާރަތްކުރަން އައި.ޖީ.އެމް.އެޗަށް ގޮސް ކަނބާއައިސާރަނި ހިނގުމުގައި، މުރަނގަ މަގުން ނިކުމެވޭދިމާގައި ޕާކުކުރަން އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ސައިކަލުގެ މުށްގަނޑުގެ ކޮޅުން ޖެހިފައި، ޖެހިގެންހުރި ސައިކަލުގެ ލޯގަނޑު ތަޅައިގެން ދިޔައެވެ. ފުރަތަމަވެސް އަޅުގަނޑަށް ބަލައިލެވުނީ އެއްވެސް މީހަކަށް މިތަންފެނުނުތޯއެވެ. އެއްވެސްމީހެއްނެތެވެ. އަވަސްއަރުވާލާފައި ދިއަޔަސް މައްސަލައެއް ނެތެއްނޫންހެއްޔެވެ؟ ހަމަ އެސިކުންތުގައި އަޅުގަނޑުގެ ހިތް ބުންޏެވެ. އެއީ ޝައިޠާނާގެ ވަސްވާހެވެ. ގޮސްގެންނުވާނެއެވެ. ދީނުގައި އޮންނަގޮތަކީ ލޮލަކަށް ލޮލެކެވެ. ތަޅައިގެންދިޔަ ލޯގަނޑަށް، ލޯގަނޑެއް ދޭން އަޅުގަނޑަށް ޖެހޭނެއެވެ. ދެން އަޅުގަނޑު ލައްކައިރު މަޑުކޮށްގެން ހުރެވެސް ސައިކަލުގެ ވެރިމީހާއެއް ނައައެވެ. އެންމެފަހުން އަޅުގަނޑު ދާންޖެހިއްޖެއެވެ."

އެދިމާއިން ބިންމަތީގައި އައިކެއާރ ކޮތަޅެއް އޮއްވާ ފެނިގެން ކޮތަޅު އިރާލައިގެން، ކުރިމަތީގައިހުރި ފާރމަސީއަށް ވަދެ މާކަރެއް ހޯދައި، ފޮޓޯއިން ފެންނަށް އެހުރި ނޯޓްލިއެފައި ކޮތަޅުގެ އަތްގަނޑު ވާފަށް ތަޅައިގެންދިޔަ ލޯގަނޑުގައި އަޅުވާފައި ދިޔައީއެވެ. އަނެއްދުވަހު ހެނދުނު އޭނާ އަބްދުﷲ އަށް ގުޅިއެވެ. ލޯގަނޑެއްގެ އަގުބަލާފައި އަންގާލަދޭށޭ ދެންނެވުމުން ފަހުން ގުޅާފައި އެއީ 250 ރުފިޔާކަމަށް ބުންޏެވެ. އޮންލައިންކޮށް ޓުރާންސްފާކޮށް އޭނާގެކަން އަބްދުﷲ ނިންމައިދިނެވެ. އޭނާއަކާއި އަޅުގަނޑަކާ އަބްދުﷲ އަކާއި ބައްދަލެއް ނުވެއެވެ. "އަދި އަދަށްވެސް އެއީ ކާކުކަމެއްވެސް ނޭނގެއެވެ. ފޮޓޯ ދައުރުވާގޮތްވީ ކިހިނެތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޔަގީނުންވެސް އަޅުގަނޑު ފޮޓޯއެއް ނުނަގަމެވެ." އޭނާ ލިޔެފައި ވެއެވެ.

އަބްދުﷲ އަށް ދިމާވި ދެވަނަ ހާދިސާ ގެނެސްދެމުން އޭނާ ލިޔެފައި ވެއެވެ. ހުކުރުދުވަހު އޮފީހަށް ވަންނަނީ ޢަސުރަށް ފަހުގައެވެ. ހުސްވި ސެޕްޓެމްބަރު 20 ވީ ހުކުރުދުވަހު، ޖަމާލުއްދީން ސުކޫލްކައިރީގައި ހުންނަ އޭނާދިރިއުޅޭ ގެއިން ނިކުމެފައި ހިތަށް އެރިއެވެ. މިއަދު އޮފީހަށްދާނީ ހިނގާފައެވެ.

"މިއީ މީގެކުރިން ދުވަހަކުވެސް އަޅުގަނޑު ހިތަށްއެރި އެއްޗެއް ނޫނެވެ. އަދި ހަމަ އެހެންމެ ދުވަހަކުވެސް ސައިކަލު ގޭދޮށުގައި ބަހައްޓާފައި އޮފީހަށް ހިނގާފައި ނުދަމެވެ. އެކަމަކު އެދުވަހު ހަމަ ހިނގާފައި ދާން މާބޮޑަށް ބެއިނުންވީއެވެ. ދިޔަގޮތަށް އަޅުގަނޑު އުޅުނީ އޮފީހުގައެވެ. މުހިއްމު ކަމެއްގައި އުޅުނު ރެއެއްވީމާ އަޅުގަނޑުމެން މަޣުރިބުނަމާދު ކުރީވެސް އޮފީހުގައެވެ. 7 ޖަހާ އިރުކޮޅެއްވީތަނާ، އެހެންޏާ ނުއިވޭހަކަލަ އަޑުފަށްގަނޑެއް އިވެންފެށިއެވެ. ވައިގަދަ ވިއްސާރަ ދުވަސްވަރަކަށް ވާތީ އަޅުގަނޑު ހީކުރީ ތަންތަނުގެ ދޮރުތައް ވަޔާ ލެއްޕޭ އަޑުކަމަށެވެ. އަޅުގަނޑު އިނީ ކޮޓަރީގައި ދޮރުވެސް ލައްޕައިގެންނެވެ. އިރުގަނޑެއް ވީއިރުވެސް އަޑެއް ނުކެނޑެއެވެ. އަޑުވަނީ ގަދައެވެ. ޚަބަރުބަލާލަން ކޮޓަރީގެ ދޮރު ހުޅުވާލިއިރު އޮފީހަށް ވަންނަ ދޮރުމަތީގައި އަޅުގަނޑުގެ ކޮއްކޮ ހުއްޓެވެ. އަދި ވަރަށް ހާސްވެފައި ބުނީ މި އިމާރާތުގައި ރޯވެ އަނދަނީކަމަށެވެ. ކުޑަކޮށް ދޮރާއި ހަމަޔަށް ކާރިވިއިރު ކަމަކުދާކަށް ނެތެވެ. އަލިފާންގަނޑުގެ ދޮން އޮރެންޖުކުލަ ގަދަޔަށް ފެންނަށް ހުއްޓެވެ. ބޭރުންގޮވަނީ، ލަސްކޮށްފިއްޔާ ނުނިކުމެވޭނެ ކަމަށެވެ. އެވަގުތު ހިތަށްއައިހާ ހެޔޮއެއްޗެއް ކިޔަމުން އަޅުގަނޑުމެން ދެބެއިންނާއި އެހެން ބައެއް މީހުނާއިއެކު ނިކުތީމެވެ." އަބްދުﷲ ލިޔެފައި ވެއެވެ.

އޭނާ އިތުރަށް ލިޔެފައި ވަނީ "ނިކުމެވުނުއިރު ރޯވެ އަނދަމުންދަނީ އޮފީސްހުރި އިމާރާތެއް ނޫނެވެ. ފުރަތަމަ ރޯވިކަމަށް ބުނަނީ އޮފީސްކުރިމަތިން ކަހަލަގޮތަކަށް ހުރި ކެމިކަލް ގުދަނެއްގައެވެ. އަޅުގަނޑުމެންނަށް ނިކުމެވުނުއިރު ބޭރު އޮތްގޮތް މިތާގައި އެވާ ވީޑިއޯއިން ފެންނަށް އެހުރީއެވެ. ގެއަށްދާން ފަސޭހައަކަށް އަބަދުވެސް އަޅުގަނޑު ސައިކަލު ޕާރކު ކުރަނީ އޭ.ޑީ.ކޭ އާއިދިމާ ސޯސަންމަގަށް ނިކުމެވެން އޮންނަ ގޯޅި ކަންމައްޗާއި ވީހާވެސް ކައިރިއެއްގައެވެ. ހަމަ އަބަދުވެސް މެއެވެ. އަލިފާނުގެ ހާދިސާއަށްފަހު މަގު ހުޅުވުމުން، މިހާރުވެސް މެއެވެ. އެއީ ވީޑިއޯގައި އެފެންނަ އެންމެ ގަދައަށް އަނދައަނދާ އެއޮތްތަނުގެ މެދެވެ. އެކަމަކު........ އެދުވަހު ހިތަށްއެރި އެއްޗަކުން އާދެވުނީ ސައިކަލު ގޭދޮށުގައި ބަހައްޓާފައެވެ. މިތާގައި އެވާ ފޮޓޯ އަޅުގަނޑަށް ލިބުމުން ލޯގަނޑު ތެޅުނުރެއާއި، އަދި މިބޮޑު އަލިފާނުގެ ހާދިސާމަތިން ހަނދާންވެ ހިތުގެ ވިންދު އަވަސްވިއެވެ. އަޅުގަނޑުގެ ސައިކަލާއި ގުޅިފައިވި މި ދެހާދިސާ ލޯމަތީގައި އެނބުރޭވަރުން ހެޔޮއެދޭ ފަރާތްތަކާ މިވާހަކަ ޝެއަރ ކޮށްލާނަމޭ ހިތަށްއެރީއެވެ. މިކަންކުރުމުގެ ހަމައެކަނި ބޭނުމަކީ، މިކަމުގައި ޢިބްރަތެއް ވާކަމަށް ގަބޫލުކުރެވޭނަމަ، ނިޔަތް ތެދުވެރި، އިޚްލާސްތެރި އިޙްސާންތެރި މުސްލިމުން މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރު ކުރުމެވެ." އަބްދުﷲ ލިޔެފައި ވެއެވެ.

އަބްދުﷲ ވަނީ އަދި އިތުރު އިބުރަތްތެރި ވާހަކައެއް ވެސް އޭނާގެ ޕޯސްޓްގައި ހިއްސާކޮށްފައެވެ.

"މަތީގައިއެވާ ފޮޓޯ އަޅުގަނޑަށް ލިބުމުގެ ދެރެއެއްވަރު ކުރިން (މިއިރު މަތީގައި އެވާ ހާދިސާތައްމަތިން އަޅުގަނޑު ހަނދާނެއް ނެތެވެ.) އައިޖީއެމް ހޮސްޕިޓާތެރެއިން ޝައިޚް މުޙައްމަދު ލަޠީފުއާއި ދިމާވިއެވެ. ދަންނަވަންތޯއެވެ؟ ޝައިޚްއަކީ އަޅުގަނޑަށް ވަރަށް ހެޔޮ އޯގާތެރި، އަޅުގަނޑު ވަރަށް ލޯބިވާ ބެއިފުޅެކެވެ. ކިތައްމެ ކުޑަވަގުތުކޮޅަކަށް ދިމާވިއަސް ކޮންމެވެސް ހެޔޮ ނަސޭޙަތެއް ދެއްވާނެއެވެ. ސަލާމްކުރެއްވުމަށްފަހު ހާލުއަހުވާލު އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަލްޙަމްދު ލިﷲ އެވެ. ވިދާޅުވިއެވެ. "ޢަބުދުﷲ އެވެ. އަބަދުވެސް އިޚުލާސްތެރިވާށެވެ. އަދި ދުޢާކުރާށެވެ. އިންޝާﷲ ދެރައެއް ނުވާނެއެވެ." އަދި ވިދާޅުވިއެވެ. "އިޚްލާސްތެރި މުއުމިނުންނަށްޓަކައި ކައުނުގައި ލައްވަވާފައިވާ ކަންކަން الله تعالى ބަދަލުކުރައްއެވެ." ދެ މިސާލު ދެއްވިއެވެ. ވިދާޅުވިއެވެ. "އިބްރީހީމް އަލައިހިއްސަލާމް އަލިފާނަށް އެއްލައިލެވުނީމާ އެ އަލިފާން ހިހޫއެއްޗަކަށް ބަދަލުކުރެއްވީ އެކަލޭގެފާނަކީ އިޚްލާސްތެރި މުއުމިނެއް ވީމައެވެ. މޫސާ ޢަލައިހިއްސަލާމް ފަހާ ފިރުއައުނުގެ ލަޝްކަރު ދިއަދުވަހު، ކަނޑުގެ އައްސޭރިއަށް ނިކުމެވަޑައިގެންނެވުމުން، އެކަލޭގެފާނު އަރިއަހުގައި ތިއްބެވި މުސްލިމުންވެސް އަދި ފިރުއައުނުގެ ލަޝްކަރުވެސް ހީކުރީ ދެން އެކަލޭގެފާނަށް ގޮތްހުސްވެ ވަޑައިގަތީކަމަށެވެ. އެކަމަކު އެކަލޭގެފާނަކީ ތެދުވެރި އިޚްލާސްތެރި މުއުމިނަކަށް ވެވަޑައިގަންނަވާ ކަމަށްޓައި މާސިންގާ ކަނޑުގެ މެދުން މަގެއް ދެއްކެވިއެވެ. އެ ބެއިކަލުން ހަމަ ރީތި ހިކިފަސްތަނުން ދަތުރުކުރައްވާފައި ވަޑައިގެންނެވިއިރު، ފަހަތުން އައި ކާފަރު ލަޝްކަރަށް އޮތީ ކަނޑެވެ. އެމީހުން ޣަރަގުވީއެވެ..." އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ.

ވާހަކައިން ލިބޭ އިބުރަތެއްގެ ގޮތުގައި އަބްދުﷲ ލިޔެފައި ވަނީ ސިއްރާއި ފާޅުގައިވެސް الله تعالى އިޚްލާސްތެރި ވާށެވެ. އެއިލާހުއީ العَدْلُ (އަލް ޢަދުލު) އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯދީ

    މިލިއުމަށް ކޮމެންޓްކުރާނެ “ދިވެއްސަކު” ނުވީތާ!

    11
    11
  2. ދިވެހިމިީހަާ

    އަހަރެން އެބެެޭފުޅާގެ ވާހަކަ ގަބޫލު ކުރަމެވެ ﷲއީ ނުހަނު މޮޅަށް ކަންތަށް ކޮށްދެއްވާ އިލާހެވެ ﷲއަށް އިތުބާރު ކޮށް އިހްލާސްތެރިވެއްޖެނަމަ އެކަލާންގެ ތިބާއަށް މަދަ ދުދެއްވާކަން އިހްސާސް ކުރެވޭނެއެވެ

    101
    1
  3. ޢަހަންމާ

    ﷲ މެނުވީ އިލާހަކުނުވޭ. ﷲ އަކްބަރު.

    88
    1
  4. ސޮނިފުހެޭ

    މިއަދުގެ ހުކުރު ހުތުބާ ގައި ﷲއަށް ބަރޯސާ ވުމަށް ޒުވާނުންނަށް ގޮވާލިނަމަ އަލިފާނާ ދުރުވަާން އެގޭނިީ އެޭގެ ހުޫނު ކަމުގެ ވަާހަކަ ކުޑަކުދިންނާ ޒުވަަާނުންނަށް ކިޔާދީގެން .ޑިޕްރެޝަނުން ސަލާމަތްވާނީ ﷲއަށް ބަރޯސާ ވާން ދަސްކޮށްދީގެން ގޭމް ގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ﷲދެކެ ލޯބިވާން ޒުވާނުންނަށް ދަސްކޮށްދޭންޖެހޭ އިހްލާސްތެރިން އުފައްދަންޖެހޭ

    74
    1
  5. އިޝާމް

    މަތީ ފޮޓޯއިން އެފެންނަނީ އަޅުގަނޑު ސައިކިލް އަނދާ އޅިައައް ވެފަ ވާ??