މިދިޔަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމްކަމަށްވާ "ބޮސް"ގެ ރީތި ލަވަތައް ވީޑީޔޯއާއެކު ބެލުންތެރިންނާއި ހަަމައަށް ނެރުމަށް ނިންމައިފިއެވެ.

ފާތުމަތު ނަހުލާ (ނަހޫ) ކްރިސްޓަލް އެންޓަޓައިންމަންޓުން ހެދި އެ ފިލްމްވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ނެރުނު ފިލްމްތަކުގެ ތެރެއިން ތައުރީފް އޮހިގެން ދިޔަ ފިލްމަކަށެވެ. އެ ފިލްމްްގެ ލަވަތައްވެސް އެހާމެ ރީތިވެފައި އަޑުއަހާލަން ވަރަށް ކަމުދެއެވެ.

https://www.facebook.com/Bosthemovie/videos/2106502409570800/

ނަހޫ ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުން އެ ފިލްމްގެ ލަވަ ސީޑީ ލިބެން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ސީޑީއެއްގެ އަގަކީ 100 ރުފިޔާކަމަށްވެސް ނަހޫ ބުންޏެވެ.

އެ ލަވަ ސީޑީގައި ހިމެނޭ އަށް ލަވައަކީވެސް އަމިއްލަ ރާގުގެ ފަސް ލަވައެވެ. ބޮސް" ފިލްމްގެ ލަވަތަކުގެ ރާގުތައް ހެދީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ) ގެ އިތުރުން ހުސައިން ސޮބާހެވެ. އަދި ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ މައުސޫމް ޝޫކިރާ އާދަމް ހަލީމް އަދުނާނެވެ.

އެ ފިލްމަށް ލަވަ ކިޔާދީފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ތަކެކެވެ.

މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި "ބޮސް" އާއި "4426" އޮލިމްޕަސްގައި އެޅުވުމަށް ނަހޫ ވަނީ ނިންމާފައެވެ. އެ ޝޯތަކުގެ ޓިކެޓް މި މަހުގެ 20 އިން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު