މަޝްހޫރު ފެޝަން ޑިޒައިނާރ މަނީޝް މަލްހޯތްރާގެެ ބައްޕަ މަރުވެއްޖެ އެވެ.

އިންޑިއާގެ މަޝްހޫރު ޑިޒައިނާރ މަނީޝް ގެ ބައްޕަ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މަނީޝް ގެ ބައްޕަ މަރުވެފައިވަނީ މުސްކުޅި ބަލީގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އާއިލާއިންވެސް އެކަން ކަށަވަރު ކޮށްދީފައެއްނުވެ އެވެ.

މި ހިތާމަވެރި ދަނދިވަޅުގައި މަނީޝް ގެ ގާތް އެކުވެރިން ތައުޒިޔާ ކިޔާފައިވެ އެވެ. އަދި އެ ގެއަށްވެސް ގޮސް އޭނާ އާއި ބައްދަލު ކޮށްފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު މީސް މީޑިއާގައިވެސް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެ އެވެ.

މަނީޝްއަކީ އިންޑިއާގެ މަޝްހޫރު ތަރިންގެ ހެދުންތައް ޑިޒައިން ކުރަމުން އަންނަ މީހެކެވެ. އޭނާ ވަނީ މިހާތަނަށް ވަރަށް ގިނަ ފެޝަން ޝޯތައް ބާއްވާފައެވެ. އެގޮތުން ތަފާތު މޮޅު ޑިޒައިންތަކުގެ ހެދުންތަށް ބޮލީވުޑް ގެ މަޝްހޫރު ތަރިންނަށް ފަހައިދީ، އެ މީހުން އޭނާގެ ފެޝަން ޝޯތަކުގައި ބައިވެރި ކުރުވައެވެ. ޝާހް، ރަންވީރް، ދިޕިކާ، ކެޓްރީނާ ފަދަ ފަންނާނުން މަނީޝްގެ ފެޝަން ޝޯތަކުގައި ބައިވެރިވެފައިވެ އެވެ.

އަދި މަނީޝް ވަނީ ގިނަ ބައެއްގެ ލޯބި ހޯދާ ގިނަ ބައެއްގެ ޝައުގެވެރިކަން ހޯދާފައެވެ. އުމުރުން 51 އަހަރުގެ މަނީޝް އަންނަނީ އެދާއިރާގައި ފިޔަޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު