ހަށިގަނޑުގެ ރީތިކަން ނުގެއްލި އަވަހަށް ހިކެން ބޭނުންވެއްޖެނަމަ ފުރަތަމަ ކަމަކަށް ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރެވޭނީ ކަސްރަތުގެ އިތުރުން ކެއުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

މިކަން ކުރުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހެއެވެ. އެއީ ކާނާގެ ސަބަބުން ހަށިގަނޑު ހެދިބޮޑުވުމަށް އެހީވާތީއެވެ. ހަށިގަނޑު ބަލިތަކުން ދުރުކޮށްދޭތީއެވެ. ކާނާ ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްއާއި ޕްރޮޓީންސްއާއި މިނަރަލްސް ފަދަ ބައިތައް ލިއްބައިދޭތީއެވެ.

މިގޮތުން ފުރިހަމަ ސިއްޙަތެއް ހޯދޭނީ ތަރުކާރީއާއި މޭވާ، ގޮވާމާއި ފަލަމަޑި، މަހާއި ބިސް އަދި ފެހިކުލަ ގަދަފަތް ފަދަ ކާނާގެ ބާވަތްތައް ކައިގެންނެވެ. މި ބާވަތްތަކުގެ އިތުރުން ވެސް ބައެއް ކަމަކަށް ސަމާލުކަން ދޭންޖެހެއެވެ އެއީ މި ކަންކަމުގެ ސަބަބުން އަވަހަށް މީހާގެ ބަރުދަން ލުއިކޮށްލަ ދޭތީއެވެ.

ފުރިހަމަ ސިއްޙަތެއް ހޯދޭނެ އެއްގޮތަކީ ކާނާކަމުގައި ވާއިރު ވިސްނަންޖެހޭ އެއް ކަމަކީ އެއީ ކޮންމެ ކޮންމެ ކާނާއެއް ހައްދެއްނެތި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަމެވެ. މިސާލަކަށް ފާޑު ފާޑުގެ ފިޒީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާ މާގިނައިން ކެއުމަކީ އެންމެ ރަނގަޅު ގޮތެއްނޫންނެވެ. ފިޒީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާތައް މާގިނައިން ކެއުމުން ހަކުރު މައްޗަށްގޮސްގެން ނުވަތަ ލޭމައްޗަށްގޮސްގެން ނޫނީ މީހާ ފަލަވެގެން އުޅެން ޖެހެއެވެ. ކަންމިހެން ހުރި އިރު ފުރިހަމަ ސިއްޙަތެއް ހޯދޭނީ ހަޑިގަނޑަށް ފައިދާހުރި ކާނާ ފައިދާވާ މިންވަރަށް ކައިގެންނެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަން ހޯދުމަށްޓަކައި ހެލިފެލިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކވެ. ނުވަތަ ކަސްރަތުކުރަން ނިކުރުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. އެއީ ކަސްރަތުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެގެން ދާތީއެވެ ހަށިގަނޑުގެ ލޭދައުރުވުން ފުރިހަމަވެގެން ދާތީއެވެ. މީގެ އިތުރުން ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭނުންނެއް ސަރުބީތައް ވިރުވައިދޭތީވެއެވެ.

ސިއްޙީ މާހިރުންގެ ހޯދުންތަކުން ދައްކާގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާލަކު މަދުވެގެން އެއް ގަޑިއިރު ހިނގާމީހާގެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަޖެހުން ވަރަށް ކުޑަކޮށްދެއެވެ. އެހެންވީމައި އަވަހަށް ހިކެން ބޭނުން ނަމަ ރަނގަޅު ކާނާގެ އިތުރުން ކަސްރަތު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ފުރިހަމަ ސިއްޙަތެއް ހޯދުމަށްޓަކައި ރަނގަޅަށް ނިދުމާއި އަރާމު ކުރުމަކީވެސް ކުރަންޖެހޭކަންކަމެވެ. ދުވާލަކު މަދުވެގެން 6 ގަޑި އިރު ނިދުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ނިދުން މަދުވުމުގެ ސަބަބުން ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުން މީ އާންމު ކަމެވެ. ހަމަ އެގޮތަށް އެއްވެސް އަރާމެއްނެތި މާ ބުރަކޮށް މަސައްކަތް ކުރުމަކީވެސް ރަނގަޅު ކަމެއްނޫނެވެ.

މިގޮތުގެ މަތީން ކަންކަން ބައްޓަން ވެއްޖެނަމަ ތިމާއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނުގެއްލި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިވެގެން ދާނެއެވެ.