އަހަރެމެން އެންމެންވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން މީހަކާއި ލޯބީގެ ގޮތުން ގުޅި، ކައިވެންޏެއް ކުރާ ހިސާބައްވެސް ދެއެވެ. ނަމަވެސް ބައެއް ޒުވާނުން ކައިވެންޏަކާއި ކުރިމަތިލާއިރު އޭގެ ކުރިން އެތައް ބަޔަކާއި ލޯބީގެ ގޮތުން މިހާރު ގުޅެއެވެ. މިއީ ސަޅި ކަމެއް ނޫނެވެ.

އާއްމު ގޮތެއްގައި މީހުން ދައްކަނީ އަބަދުވެސް ފިރިހެނުން މަކަރު ހަދާ ވާހަކައެވެ. ތެދެކެވެ. ފިރިހެނުން ވަރަށް ގިނައިން މަކަރު ހަދައެވެ. އެކަމަކު ހަމަ އެއާ އެއްވަރަށް އަންހެނުންވެސް މަކަރު ހަދާ ކަމީ ފޮރުވިފައިވާ ސިއްރެކެވެ. މިހާރު މި އުޅޭ ޒުވާން ކުދިން ކޮންމެ ހަފްތާ އަކަށް އައު ބިޓެއް ދަނީ ނަގަމުންނެވެ. ނުވަތަ އެތައް ބަޔަކާއި އެއްފަހަރާ ލޯބީގެ ގޮތުން އުޅެނީ ގުޅިގެންނެވެ. އެކަމުގެ ހަގީގީ މަގުސަދު ޙުދު އެމީހުންނަކަށްވެސް ނޭނގެއެވެ.

ބައެއް މީހުންނަށް ހީވާ ގޮތުގައި އެގޮތަށް އެތައް ބިޓުން ގެންގުޅުމުން އޭރުން އެ ކުރެވެނީ ވަރަށް މޮޅު ކަމެކެވެ. ނަމަވެސް، ހަގީގަތުގައި އެކަމުން ތިމާގެ ވަގުތުތައް ބޭކާރުވެ، މީހުންގެ ތެރޭގައި އަބުރާއި އިއްޒަތް ކުޑަވެގެން ދެއެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. މާދަން ތިމާގެ ދަރިން ބޮޑެތިވާއިރު ކުޑައިރު އުޅުނު ގޮތުގެ ވާހަކަ އެމީހުންނަށްވެސް އެނގޭނެއެވެ.

އަންހެނުންނާއި ފިރިހެނުންވެސް މިކަން ދާދި އެއްވަރެއްގައި ކުރާއިރު މިކަމުން ތިމާ އަށް ލިބޭ ފައިދާތަކާއި ގެއްލުން އަޅާ ކިޔާލާށެވެ. ވިސްނުމެއް ނެތި ކުރާ އެއްވެސް ކަމަކުން ފައިދާ އެއް ނުވާނެކަން ހަނދާން ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ހަގީގަތެއް

    18
  2. ޑޮކުޓަރު

    ހަފުތާ ކީއްކުރަން އެއްގޮތަކައްވެސް ބިޓުން ގެންގުޅޭކައް ނުޖެހޭ ކައިވެނިކުރާ ވަރުވެއްޖިއްޔާ މީހަކާ އިނީމަ ނިމުނީ

  3. އެމީހާ

    18 އަހަރު ފަހުން ކައިވެނި ކުރެވެނީ