އެކަކު އަނެކަކު ދެކެ ލޯބިވެޔޭ ކިޔައިގެން އެކުގައި އުޅުނު ނަމަވެސް ބައިވެރިޔާގެ ފަރާތުން ވަކި ކަންތައްތަކެއް ފެންނަ ނަމަ އެ ގުޅުމަކާއި ދުރަށް ދިޔުން ބުއްދިވެރިވާނެއެވެ.

އެއީ އެފަދަ ގުޅުމަކުން ތިމާއަށް އުފަލެއް ނުލިބި އުފާވެރި މުސްތަގުބަލެއް ލިބުމަކީ ވަރަށް ދުރު ކަމަކަށް ވާތީއެވެ.

އެހެންކަމުން ލޯބިވެރިޔާގެ ފަރާތުން މިކަންތައްތައް ފެންނަ ނަމަ އެ ގުޅުމަކާއި ދުރަށް ދިޔުން ރަނގަޅު ވާނެއެވެ.

އިހުތިރާމް ނުކުރުން

ކޮންމެ ގުޅުމެއްގައި ވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާގެ އިހުސާސްތަކާއި ނިންމުންތަކާއި ހުވަފެންތަކަށް އިހުތިރާމް ނުކުރާ މީހަކާއި އެކު އުފާވެރި ހަޔާތެއް ނުލިބޭނެއެވެ. އިހުތިރާމް ނުކުރާ ބައިވެރިއަކާއި އެކު އުޅޭނަމަ ތިމާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ، އަމިއްލަ މީހާއަކީ ބޭކާރު މީހެއްގެ އިހުސާސް ވެސް ކުރެވޭނެއެވެ.

އެހެން މީހުންނަށް މާބޮޑަށް ސަމާލުކަން ދިނުން

އެހެން މީހުންނާއި މާބޮޑަށް ސަމާލުކަންދީ އަބަދު ''ފުލާޓް'' ކުރާނަމަ އެއީ ވެސް ތިމާ ވިސްނާލަން ޖެހޭނެ ކަމެކެވެ. އަބަދު އެހެން މީހުންގެ ވާހަކަތައް ލޯބިވެރިޔާގެ ފަރާތުން އަޑުއަހަން ޖެހުމަކީ ތިބާގެ ހިތުގައި ލޯބިވެރިޔާއަށް އޮންނަ ޝައުގުވެރިކަން ގެއްލޭނެ ކަމެކެވެ. އެހެންކަމުން ބައިވެރިޔާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެ ގުޅުމަކާއި ދުރަށް ދިޔުން ރަނގަޅު ވާނެއެވެ.

މުސްތަގުބަލެއް ނުފެނުން

ތިބާ ދެކެ ލޯބިވާ މީހެއް ނަމަ ތިބާއާއި އެކު ހަޔާތެއް ފަށަން ބޭނުންވާނެއެވެ. ހަޔާތެއް ފަށައި އެކުގައި އުޅުމަށް އެކި ޕްލޭންތައް ކުރުމާއި ގޯލު ތަކެއް ކަނޑައެޅުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ބައިވެރިޔާ މިކަންތައްތައް ނުކުރާނަމަ އެމީހަކާއި ދުރަށް ދިޔުން ރަނގަޅު ވާނެއެވެ.

މީގެއިތުރުން ތިބާ ކުރާ ކޮންމެ ކަމަކަށް، އަދި ބުނާ ކޮންމެ އެއްޗަކަށް ފާޑުކިޔާ ނަމަ އެމީހަކާއި އެކު އުޅުމަކީ ވެސް އުދަނގޫ ކަމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒ3×ެރ4

    3. މާގިނައިން ޝޯރޓުކަޓުން ލިޔުން...

  2. Anonymous

    މުޅިން ހެންވެސް ލާދީނީ ވާހަކަތަށް
    މުސްލިމުންގެ ތެރޭގަ ލޯބިވެރިން ގެބްގުޅުން ހުއްދަވެގެން ނުވޭ

    22
    1
  3. ރަންގުބަރުސޭ

    ބިދޭސީންނާ މާ ބޮޑަށް ދޯޅުވެ، އެމީހުންގެ ނަސޭހަތް އެއީ މޮޅު ނަސޭހަތް ކަމަށް ދެކުން.