މެލޭރިއާ ފަދަ ބައްޔެއް ފަތުރާ ކުޑަ ސުއިއްޕެއްގެ ފަރާތުން ރައްކާތެރިވެ ތިބުމަށް ކަމުގެ މާހިރުން ގޮވާލައިފިއެވެ.

ބަބޭޝިއާ ވެނަޓޮއުރަމްގެ ނަން ދެވިފައިވާ މި ކުޑަ ސޫފި އެންމެ ފުރަތަމަ ފެނިފައި ވަނީ ސޮކްޓްލޭންޑުގެ ކަންބަޅި ތަކެއްގެ ގައިންނެވެ. މި ސޫފި ދަތް އަޅައިފިނަމަ މެލޭރިއާ ބަލީގެ ސަބަބުން ފެންނަ އަލާމާތްތަކާއި ތަދު އިހުސާސް ކުރެވޭ އިރު، ދިފާއީ ނިޒާމް ދަށް މީހެއްގެ ގައިގައި މި ސޫފި ދަތް އަޅައިފިނަމަ، އެ މީހާގެ ގުނަވަންތައް ފެއިލް ވުން ނުވަތަ މީހާ މަރުވުންވެސް އެކަށީގެންވާ ކަމަށް މާހިރުން ވަނީ ބުނެފައެވެ.

މި ސޫފި ހޯދާފައި ވަނީ އިނގިރޭސިވިލާތުގެ ގްލަސްގޯ ޔުނިވާސިޓީގެ ސައިންސްވެރިންނެވެ. މި ސޫފި ފެނުމާއި އެކު އެ ގައުމުގެ ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައި ވާއިރު، ބި ސޫފި އެހެން ގައުމުތަކަށް ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. ނަމަވެސް، މި ސޫފި ނައްތާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި ސޫފި ފެނުން ޖަނަވާރު ތަކަކީ ސްކޮޓުލޭންޑަށް އިމްޕޯޓުވެސް ކޮށްފައިވާ ޖަނަވާރުތަކަކަށް ނުވުމުން، މިއީ އެ ގައުމަށް ހިޖުރަ ކުރި ދޫނި ތަކެއްގެ ފަރާތުން އައި ސުއިއްޕެއް ކަމަށްވެސް ސައިންސެރިން މައުލޫމާތު ދެއެވެ.

މެލޭރިއާ އަކީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ބަލި ފެތުރެނީ މަދިރީގެ ސަބަބަކުންނެއް ނޫނެވެ.