އިންޑިއާގެ ސިޓީއެއްގައި 92 އަހަރުގެ ފިރިހެނަކު ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެއެެވެ.

މަރާލާފައި އޮއްވާ ފެނިފައި ވަނީ ދަނޑުވެރިއެކެވެ. ކަލިޔާން އަވަށުގައި މި ހާދިސާ ހިނގައިދިޔަ ގޮތް ހޯދައި އެކަމުގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މީހާ މަރާލާފައި ވަނީ ތިން މީހަކު އޭނާ ދިރިއުޅޭ ގެއަށް ވަދެއެވެ. އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނާން ހުރިއިރު، އޭނާގެ ދެ ލޯވެސް ވަނީ ކޮނެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ ހަށިގަނޑުގެ ފެނިފައި ވަނީ ހެނދުނު ގަޑީގައި، އޭނާއާއެކު ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ ބަޔަކަށެވެ. އޭނާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ. އޭނާ އޮތީ ފެންގަނޑެއްގެ ތެރޭގައިކަމަށް ނޫސްތައް ބުނާއިރު، މުޅި ފެންގަނޑުވެސް އޮތީ ލޭ ކުލައިގައިކަމަށްވެސް ވެއެވެ.

ފުލުހުން ބުނީ، އޭނާ މަރާލާފައި ވަނީ ބިމުގެ މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށެވެ. މި މައްސަލަ ތަހުޤީޤު ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    May his soul rest in peace