ގިނަ ބައެއްގެ މެދުގައި މަޝްހޫރު "ފްރެންޑްސް"ގެ ތަރިއެއް ކަމުގައިވާ ރޮން ލެއިބްމޮން މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ އުމުރުން 82 އަހަރުގައި ކަމަށާއި، މިހާތަނަށް ބެލި ބެލުމުން އޭނާ މަރުވެފައި ނިއުމޯނިއާ ޖެހިގެންކަން އެނގިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮން ލައިބްމޮން ކުޅެފައި ވަނީ ފްރެންޑްސްގެ ތަރި ރޭޗަލް ގްރީންގެ ބައްޕަގެ ރޯލެވެ.

ލިބްމޮން ވަނީ އެފަދަ ޓީވީ ސީރީޒްތަކުގެ އިތުރުން ބައެއް ފިލްމުތަކުންވެސް ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ ބައެއް ފިލްމުތަކުގެ ވޮއިސް އާޓިސްޓެއްގެ ގޮތުގައެވެ. ލިބްމޮން ވަނީ ބައެއް މަޝްހޫރު ޓީވީ ޝޯވް ތަކާއި ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ.

ފްރެންޑްސް ސީރީސް ތެރެއިން އޭނާ ފާހަގަވެފައި ވަނީ އަބަދުހެން ރުޅި އައިސްފައި ހުންނަ ރޭޗަލްގެ ބައްޕަގެ ގޮތުގައެވެ. ފްރެންޑްސްގައި އޭނާ އަކީ ޑޮކްޓަރެކެވެ. އަދި އުޅެމުން އައީ ވަރަށް ތަނަވަސް ހަޔާތެއް ނަމަވެސް ރޭޗަލް ވަނީ އޭނާގެ ބައްޕަގެ ފައިސާތައް ބޭނުން ކުުރުމުގެ ބަދަލުގައި އަމިއްލަ އަށް ވަޒީފާތަކަށް ގޮސް ދިރިއުޅުމެއް ބިނާ ކޮށްފައެވެ.

ލިބްމޮން މަރުވި އިރުގައި އޭނާގެ އަނތްބެއް އަދި އެބަހުއްޓެވެ. 36 އަހަރު ވަންދެން އޭނާ ކައިވެނި ކޮށްގެން އުޅުނު އެކްޓްރެސް ޖެސިކާ ވަލްޓާ މިހާރު ވަނީީ ހުވަފެތް ވެފައެވެ. ނަމަވެސް މުޅި ހޮލީވުޑް އަންނަނީ އޭނާ ކުރި މަސައްކަތްތައް ފާހަގަކޮށް، އޭނާގެ އާއިލާ އަށް ހިތްވަރު ދެމުންކަން ފާހަގަކޮށްލެވެއެވެ.