މީގެ ތިން ހަފްތާ ކުރިން ފަށައިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައެވެ.

ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލްގައި އެތައް ދުވަހެއް ވަންދެން ފަރުވާދިނުމަށްފަހު އޭނާ ގެއަށް ދޫކޮށްލާފައި ވަނީ މިއަދުއެވެ.

އުމުރުން 90 އަހަރުގެ ލަވަކިިޔުންތެރިޔާ، ލަތާ އަށް ފަރުވާދެމުން ގޮސްފައި ވަނީ މުމްބާއީގެ ބްރީޗް އެންޑް ކޭނީ ހޮސްޕިޓަލުގައެވެ. އޭނާއަށް އެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައި ވަނީ ނޭވާލާން އުނދަގޫވެގެން އުޅޭތީއެވެ. އޭނާ އަށް އެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ލަތާގެ ޓްވިޓާ އެކައުންޓުގައި އޭނާ ބުނެފައި، ވަނީ މިދިޔަ 28 ދުވަހު އޭނާ އޮތީ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައި ކަމަަށާއި، އޭނާއަށް ޖެހުނީ ނިއުމޯނިއާ ބަލި ކަމަށެވެ. އަދި ޑޮކްޓަރުންގެ އެދުމުގެ މަތިން އޭނާ ހޮސްޕިޓަލްގައި މަޑުކުރީ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދި އޭނާ ވަނީ، އޭނާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނަށާއި، އޭނާގެ ސިއްހީ ހާލު ރަނގަޅުވުމަށް އެދި ދުއާ ކުރި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައި ވަނީ ރަނގަޅުވެގެންނެވެ.

ލަވައިގެ އާއިލާއަކަށް ނިސްބަތްވާ ލަތާއަކީ އޭނާގެ އާއިލާގެ އެންމެ ބޮޑު މީހާއެވެ. އޭނާ އާ އެ އާއިލާމެންބަރުން ކިޔާފައިވާ ލަވަތައް ދުނިޔޭގެ މަގްބޫލުކަން ލިބިފައި ވެއެވެ. އެ އާއިލާއަކީ ލަވަކިޔުމުގެ ހުނަރުން ފުރިގެންވާ އާއިލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރުގޮނު

    ލަތާއަކީ ދިވެހިންގެވެސް ލަތާއެއް. ލަތާގެ އަޑަކީ ދިވެހިންވެސް ޝަވްޤުވެރިވާ އަޑެއް.