އިންޑިއާގައި ކުޑަކުއްޖެއްގެ ނަގުލެއް އޮންނަ ކަން އެނގުމުން އެކުއްޖާ އަކީ ރާމާމަކުނު ކަލާނގެ ކަމަށްބުނެ އަޅުކަން ކުރަން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިކަން ހިނގާފައިވަނީ ދިއްލީގައެވެ. އަދި އެކުއްޖާގެ އަވަށްޓެރިން ކުއްޖާއަށް އަޅުކަން ކުރަން ފެށީ އެއީ ހިންދޫ ދީނުގެ "ހަނުމާން" އަލުން އުފަން ވީ އެކުއްޖާގެ ސޫރައިގައި ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން އެކުއްޖާގެ މައިންބަފައިން އެކުއްޖާ ގެންގުޅެން ޖެހިފައިވަނީ ފޮރުވައިގެން ކަމަށް ވެއެވެ. އަދި އެކުއްޖާ އަކީ ކަލާނގެ ކަމަށް ގަބޫލުކުރާ މީހުން އެކުއްޖާ ފެންވަރުވަނީ ޗޮކްލެޓާއި ސްނެކްސް ފަދަ ކާތަކެތިން ކަމަށްވެސް ވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުއްޖާގެ ޑޮކްޓަރު ވަނީ އޭނާގެ ބުރަކަށީގެ ތިރީ ސަރަހައްދުގައި ފަޅާފައި ހުރި އިސްތަށިތައް ބޭލުމަށްވެސް އިރުޝާދު ދީފައެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއާއިލާއަށް ދެރައެއް ދިމާވެދާނެ ކަމަށްބުނެ ކުއްޖާގެ އާއިލާއިން ވަނީ އެކަން ކުރަން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޯހަލާކު

    ﷲ ފިޔަވާ އެކަަލާާނގެ ހެއްދެވި ތަކެއްޗައް އަޅުކަން އެކުރަނީ ކީކޭ ދެން ބުނާނީވެސް ގެރި އެެއީީ ކަލާނގެ ކަމައްހީކޮށް އަޅުކަން ކުރާ ބަޔަކު ކޮންމެ އެއްޗަކައްވެސް އަޅުކަން ކުރާނެ ﷲ އީ އެކަލާނގެ ފިޔަވާ އެހެން އިލާހަކު ނުވާ ރަސްކަލާނގެ ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނެތް

    85
    2
    • ބޯހަލާކު

      މި ކޮމެންްޓް އައް ޑިސްލައިކު ޖެހީ އަނެއްކާ ލާދީނީޔަތައްް ތާޢީދު ކުރާ މީހެއްތަ އެހެން ކަމައްވަންޏާ ބުނެލަން އޮތީ ﷲގެ މަގައް ރުޖޫޫަޢަަ ވާށޭ މިނުން ދުވަހެއް އޮތްކަން ހަނދާން ކުރާށޭ ﷲ އީ ޢަޒީޒްވަންތަ ޖައްބާރުވަންތަ ރަސްކަލާނގެ އެކަލާނގެކޯފާ ގަދަފަދަވެގެންވޭ

      7
      1
  2. ކާފަބޭ2019

    ތިޔަމީހުންގެ ބުއްދިސަލާމަތުންހުރިތޯ ބަލަންވެއްޖެނު ހުރިގަމާރުކަމެއްގެ ބޮޑުކަމާއެވެ.

    61
    4
  3. ކިޔާ

    ބޯހަލާކު....

    51
    1
  4. ހުސޭނުބޭ

    ތިކަން ބުއްޅަބެޔަށް އަންގާލަބަލަ! އޭރުން އަންނާނެ ދުޢާކުރަން!

    37
    1
  5. އަހްމަދު

    ތިއީ ސްޕައިނާ ބައިފިޑާ ކިޔާ ބައްޔަކަށް ވެދާނެ

    21
    1
  6. ބަކުރުބެ

    ރޭޕް އިންޑިޔާ،

    25
    1
  7. އަފޭ

    އިންޑިއާގައި ތިބީ ބުއްދި ތަގައްޔަރު ވެފަތިބިބައެއްތަ؟ ހަމަ ހުސް ގުބޯލާއިން ތަ؟

    32
    1
  8. ނިގޫ ބުރި

    މޫސަަ ކައެގެ ނަގޫ ކައްނެ އެއީ

    6
    1
  9. ގަމާރުއިންޑިޔާ

    އިންޑިޔާއަކު ނުތިބޭނެ ބޯހަމަޖެހޭ އެކަކުވެސް ގިނަވާނީގަމާރުން ދެބައިކުޅައެއްބައިމަދުވާނެ ޖަނަވާރެއްގެސިފައިގަ ޑަސްބިންބަހައްޓާފަހުއްޓާފެނުނަސް އެއައްވެސް އަޅުކަންކުރާނެ އެހާގަމާރުބައެއް އެއީ

    8
    2
  10. އަލްޖިބްރާ

    ތިޔައީ އިންޑިއާ ! ތިތަނުގެ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ! ޖާހިލުކަމުގެ ލާމަސީލު މިސާލެއް !