ކަލާޒްގެ ރިއަލިޓީ ޝޯ ބިގް ބޮސްގެ ޝޯވތައް މަޝްހޫރު ތަރިން ހޯސްޓް ކުރިއެވެ. އޭގެ ތެރޭގައި އަމީތާބް ބަޗަން އާއި އަރްޝާދް ވަރްސީ އާއި ޝިލްޕާ ޝެޓީ ހިމެނެއެވެ. އެހެން ނަމަވެސް މި މީހުންނަށްވުރެވެސް އެ ޝޯވގެ ހޯސްޓެއްގެ ގޮތުގައި ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ ސަލްމާން ޚާނެވެ.

އޭނާ އެ މުބާރާތުގެ ހުރިހާ ބައިވެރިންނަށް އިހްތިރާމް ކުރެއެވެ. އަދި އެ މީހުންނަށް ގައިޑްކޮށްދީ އެ މީހުން ރަނގަޅު މަގަށް އަޅުވާއިރު، އެ ބައިވެރިންގެ ކަންތައް ހުންނަ ގޮތުން އެ މީހުން ދެކެ ރުޅިވެސް އާދެވެ. އަދި މީގެ އިތުރުން، ޝޯވ ދޫކޮށްލާފައި ދާން އޭނާ ވަނީ އެތައް ފަހަރަކު މަސައްކަތްވެސް ކޮށްފައެވެ. ނަމަވެސް ޝޯވ ދޫކޮށްފައިދާކަަށް އޭނާ މިހާތަނަށް ބޭނުމެއް ނުވިއެވެ.

ނަމަވެސް ބިގް ގޮސް 13 ހޯސްޓް ކުރަމުން ދާ ސަލްމާން އެ ޝޯވއާ ވަކިވާން އުޅޭކަމުގެ ހަބަރުތައް ދަނީ އިވެމުންނެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ އެ ޝޯވ ހޯސްޓް ކުރުން ހުއްޓާލަން ނިންމާފައި ވަނީ ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.

ދެން އެ ޝޯވ ހޯސްޓް ކުރުމާއި ހަވާލުވާނެ ކަމަށް ބެލެވެނީ ފަރާހް ޚާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ސަލްމާން އުޅެނީ ބިގްބޮސް ޝޯވ ދޫކޮށްލަން، ޖެނުއަރީން ފެށިގެން އެ ޝޯވ ހުށަހަޅާނީ ފަރާހް ޚާން. ސަލްމާންގެ އުފަން ދުވަސް ފާހަގަކުރާނެ ކަމަށް ބެލެވެނީ ސެޓުގައި". ފިލްމް އިންޑަސްޓްރީގެ މީހަކު އިންޑިއާގެ ނޫހަކަށް ބުންޏެވެ.

ސަލްމާންއަށް ޖެހިފައިވަނީ ނާރުގެ ބައްޔެއްކަމަށްވާ ”ޓްރިޖެމިނަލް ނިއުރަލްޖިއާ" (ސިކުނޑި ހާސްވެގެން ކުރާނެކަމެއް ނޭންގިގެން އުޅުން) ނަމަކަށް ކިޔާ ބައްޔެކެވެ. އެ ބައްޔަށް އޭނާ ފަރުވާ ހީދަމުން އަންނަތާ ވަރަށް ދުވަސްވެދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ޝޯވއާ ދުރަށް ދަނީ އެ ބައްޔަށް ފަރުވާ ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާނީ

    ބަލި ފިލާވަރުގެ ޝިފާއެއް ދެއްވާށި އާމީން

    20
  2. އަސްލު

    ސަލްމާން ނޫން މީހަކަށް ބިގް ބޮސް ގަ އުޅޭ ކުދިން ކޮޅު ހެންޑަލް ނުކުރެވޭނެ