އެމެރިކާއަށް އުފަން އުމުރުން 2 މަހުގެ ތުއްތު ކުއްޖަކު، އިނގިރޭސިން ބަހެއް ކިއުމުން އެކަން މުޅި މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ތުއްތު ކުއްޖާގެ މަންމަ ހުންނަނީ އެކުއްޖާ ނަގައިގެންނެވެ. އަދި ހަމަ ކުއްލިއަކަށް ހުރެފައި "އަގްލީ" މި ބަސް ބުނެލައެވެ. އެ ކުއްޖާގެ މަންމަ އަށްވެސް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އެ ވީޑިއޯ މީސްމީޑިއާށް ލަމުން ކުއްޖާގެ މަންމަ ބުނެފައިވަނީ އެދުވަހަކީ އެއީ އޭނާގެ ހިތުން ފިލައިގެން ނުދާނެ ދުވަހެއް ކަމަށާއި، ދަރިފުޅުގެ ފުރަތަމަ ބަސް އައީ މަންމަ އާއި ދިމާލަށް ކަމަށެވެ.

އޭނާ އެ ވީޑިއޯ މީސްމީޑިއާގައި އާއްމު ކުރުމުން ގިނަ ބަޔަކަށް ވަނީ އެކަން ގަބޫލު ކުރަން ދަތި ވެފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ހަމަ ގުދުރަތީ ގޮތުން އެ ކުއްޖާއަށް ބުނެވިފައިވާ ބަހެއް ކަމަށެވެ. އެ ވީޑިއޯ މިހާރު ބައި ލައްކައަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބަލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ އެ ވީޑިއޯ ޝެއާވެސް ކޮށްފައެވެ.

މިއީ ތުއްތު ކުއްޖަކު މިގޮތަށް "އަގްލީ" މި ބަސް ބޭނުން ކޮށްގެން މީސްމީޑިއާގައި މީހުންގެ ސަމާލުކަން ލިބިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ޖުލައި މަހުގައިވެސް އެމެރިކާގެ ކެލިފޯނިއާގައި ހަމަ 2 މަހުގެ ކުއްޖަކު، އެ ކުއްޖާގެ މަންމަ ނަގައިގެން އޮއްވާ ވަނީ އެ ބަސް ބޭނުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ތިއީ އަޖައިބެއްނޫން އަޅުގަނޑުގެ ދަރިވެސް ދޮޅު މަހުގައި ވާހަކަ ދެއްކި ފުރަތަމަ. ދެން ވަަާހަކަދެއްކީ 3 މަހުގައި އޭގެ ދުވަސްކޮޅެއްފަހުން 5 މަހުން ފެށިގެން ކުދިކުދި ވާހަކަ ދެއްކި ﷲގެ ދަރުމަ ވަންތަވެރިކަން ދޮޅުމަހުގައި ގޮވާލީ 'މާ' އޭ ކިޔާފަ ބައްޕަވެސް ކި ''މާ'އަށް ނުގޮވާ ﷲ އަށް ގޮވާށޭ އޭރުން ހެލްޕް ލިބޭނީ ބުނީމަ ﷲގެ އިސްމު ފުޅު ވެސް ކީ ﷲ ގެ ކުޅަދުންވަންތަކަން

    31
    1