އިނގިރޭސި ވިލާތުގެ އަންހެނަކު ވައްކަން ކުރުމަށްފަހު ފިލަން ވެގެން ދޮންނަ މެޝިނެއްގެ ތެރެއަށް އެރި އޮއްވާ ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ވައްކަމުގެ ތުހުމަތުގައި ހޯދަމުން ދަނިކޮށް އެގައުމުގެ ބާސްލެމް އިންނެވެ. އޭނާ ހޯދަންވެގެން ފުލުހުން އޭރު ވަނީ އޭނާގެ ފޮޓޯވެސް އާންމުކޮށްފައެވެ.

އުމުރުން 39 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރުމަށްފަހު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާއިރު އޭނާ ވައްކަން ކުރީ ކޮންތާކުން ކޯއްޗެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ދޮންނަ މެޝިނެއްގެ ތެރޭއަށް އެރި އޮއްވާ ކަން ފުލުހުން ކަށަވަރުކޮށްދެއެވެ.

ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ އޭނާ އެރި އޮތް މެޝިނު ކުޑަ ނަމަވެސް އޭގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާ އަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު