އިރު ކޭތަ ނުވަތަ ހަނދު ކޭތައަކީ ގިނަ ބަޔަކު ބަލާލަން ޝައުގުވެރިވާ މަންޒަރެކެވެ. އެގޮތުން ރާއްޖޭގައި އެންމެ ފަހުން ކޭތަ ހިފި ވަގުތުގެ މަންޒަރު ވެސް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވެއެވެ.
އެންމެ ފަހުން ރާއްޖޭގައި ކޭތަ ހިފާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް އެންމެ ރީއްޗަށް އިރުކޭތަ ހިފި މަންޒަރު ރާއްޖެއަށް ފެނުނު ފަހަރެކެވެ. އެގޮތުން ކޭތަ ހިފި ވަގުތުގެ ފޮޓޯތަކުން، ހަނދުން އިރުގެ ދޯދިތައް ފޮރުވިގެން ދިޔަ ވަގުތު ހަނދުފަޅިއެއް ގޮތަށް އިރުން ބައެއް ފެންނާން ހުރުމުން އެ މަންޒަރަށް ދިވެހިންގެ ބޮޑު ޝަޢުގުވެރިކަމެއް ވަނީ ލިބިގެން ގޮސްފައެވެ.
ގިނަ ބަޔަކު ބުނާގޮތުގައި މި މަންޒަރު ފެންނަ މި ފޮޓޯ އިން ސިފަވެގެން ގޮސްފައިވަނީ ދިވެހި ޤައުމީ ދިދައެވެ. ހަނދުގެ ހިޔަނިން އިރުގެ ދޯދިތައް ފޮރުނުވު އެވަގުތު އުޑުމަތިން ކޮންމެވެސް ވަރަކަށް ވިލާތައް ފެތުރިފައި ވީނަމަވެސް، އެ މަންޒަރު ސާފުކޮށް ފެނިފައި ވެއެވެ. ބުރާސްފަތި ދުވަހުގެ އިރުކޭތަ ހިފަން ފަށާފައިވަނީ ހެނދުނު 7:30 ހާއިރު އެވެ. އަދި ކޭތަ ވީއްލާފައި ވަނީ މެންދުރުފަހު 1:00 ހާއިރުއެއެވެ. ރާއްޖެއަށް ކޭތައިގެ މި ހިތްގައިމު މަންޒަރު ފެނިފައިވަނީ ދެގަޑިއެއްހާ އިރު ވަންދެންނެވެ.
އިރު ކޭތަ ހިފަނީ ހަނދާއި ބިމާއި އިރު ސީދަލަށް އެތުރި އިރުގެ މައްޗަށް ހަނދު އަރާ ހަނދުގެ ހިޔަނި ދުނިޔޭއަށް އެޅުމުންނެވެ.
މިއަހަރުގެ އެންމެ ފަހު ކޭތަ، ބުރާސްފަތި ދުވަހު ހިފާފައިވާއިރު، އަންނަ އަހަރަކީވެސް ކޭތައިގެ އަހަރެކެވެ. މިގޮތުން ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ޖުމްލަ ހަ ކޭތަ ހިފާނެއެވެ. އޭގެތެރޭގައި ހިމެނެނީ ދެ އިރުކޭތަ އާއި ހަތަރު ހަނދުކޭތައެވެ.
އަންނަ އަހަރު ހިފާ ކޭތައިގެ ތެރެއިން ރާއްޖެއަށް ފެންނާނީ 10 ޖަނަވަރީ ގައި ހިފާ ހަނދުކޭތަ އާއި 5 ޖޫން ގައި ހިފާ ހަނދުކޭތަ އައި 21 ޖޫންގައި ހިފާ އިރުކޭތައެވެ. މޫސުން ރަނގަޅުނަމަ ރާއްޖެއަށްމި ތިން ކޭތަ ފެންނާނެ ކަމަށް ވެއެވެ.
ލޯ ޑޮކްޓަރަށް ދައްކާލަންވީ ނޫންތޯ؟
ކޮން ޤައުމެއްގެ ދިދަ
މަ ހީކުރީ ދިވެހި ދިދަކަމަށް ހާދަ ވައްތަރޭ އެކަމަކު.
ތިޔާ ފޮޓޯ ކުރީދުވަހު ވަގުތުގަ ޖެހީމާ މަގޭހިތަށް އެރިއޭ ދިވެހި ދިދަ ކުރަހާފައިވަނީ ހަމަ އިރުކޭތަ/ހަނދުކޭތަ ހިފިދުވަހެއްގެ މަންޒަރެއްގެ މައްޗަށް ބިނާކޮށްބާއޭ؟ލީދީނިއްޔަތާއި ހަރުކަށިކަން ޤައުމަށް ފެތުރިފަ އޮތް އިރު އެކަން ކޭތައިންވެސް ފެންނަން ހުރީތާއޭ...
ކޮންތާކަށް ފެނުނު ކޮން ކޭތައެއް؟އަހަރެން ނުދެކެން!!
ކަލޭ އަޅެ ލޯ ކަނީތަ
ކަލެޔަށް ތަރި ފެނޭ ތަ ??
މިފަހަރު ރާއްޖެއަށް ޚާއްސަ
ގައުމީ ދިދަޔާ ވައްތަރުގޮތެއް ހުރޭ
ހާދަ ރީއްަޗޭ ދޯ