އެމެރިކާގެ ރިއަލިޓީ ޓީވީ ޝޯއެއްގެ ތަރިއެއްގެ ގޮތުގައި އާންމުންގެ ބޮޑު މަޤުބޫލްކަމެއް ހޯދައިފައިވާ ކިމް ކާޑޭޝިއަންއާއި މަޝްހޫރު އެމެރިކަން ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް އެންމެ ފަހުން ލިބިގެންދިޔަ ދަރިފުޅުގެ ވީޑިއޯއެއް އާންމުކޮށްފިއެވެ.

މިއަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އުފަންވި އެދެމަފިރިންގެ ތިންވަނަ ދަރިފުޅަށް ކިޔަފައިވަނީ "ޗިކާގޯ" އެވެ.

ކިމް އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކިމްގެ ދަރިފުޅު އޮތީ ހުދު ބްލޭންކެޓެއްގެ މަތީގައި ބާއްވާފައެވެ. އަދި ކިމް ވާހަކަ ދައްކަމުންދާ ވަރަކަށް ޗިކާގޯ ދަނީ އުފަލުން ހެމުންނެވެ.

'Hi cutie!' Kim Kardashian delighted fans on Saturday as she shared a video of her three-month-old 'cutie'
ވީޑިއޯގެ ސްކްރީންޝޮޓެއް

މި ލޯބިލޯބި މަންޒަރު ދައްކުވައިދޭ ވީޑިއޯ ކިމް މީސްމީޑިއާއާއި ހިއްސާކުރުމުން، އޭނާގެ ފޭނުންގެ ހުސްވުމެއް ނެތް ތައުރީފް ދަނީ ލިބެމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗިކާގޯ އިތުރުން ކިމްއާއި ވެސްޓަށް މީގެ ކުރިން، ހަތަރު އަހަރުގެ ނޯތް ނަމަކަށް ކިޔާ އަންހެން ކުއްޖަކާއި ސެއިންޓް ނަމަކަށްކިޔާ ދެ އަހަރުގެ ފިރިހެން ލިބިފައިވެއެވެ.

ދާދިފަހުން ކިމްގެ ދައްތަ ކޮލޯއީ އަށްވެސް ދަރިއަކު ލިބުމާއި ގުޅިގެން މުޅި އާއިލާ ދަނީ އެކަން ކުލަ ގަދަކޮށް ފާހަގަ ކުރަމުންނެވެ. އަދި ޗިކާގޯގެ ވީޑިއޯގެ އިތުރުންވެސް ކިމްވަނީ އެ އާއިލާގެ އުފާވެރި މުނާސަބަތުތަކުގެ އެކިއެކި ފޮޓީތައް މީސްމީޑިއާގައި ހިއްސާކޮށްފައެ