ހަންޑީން ނުވަތަ ޖިންނީންނަކީ ހަގީގަތުގައި ވެސް އުޅޭ އެއްޗެއް ކަމަށް ގިނަ މީހުން ޤަބޫލެއް ނުކުރެއެވެ.

ގިނަ ފަހަރަށް އޭގެ ކަމެއް ދިމާވެގެން މީހަކު އެވާހަކަ ދެއްކި ނަމަވެސް، އެކަން ވަނީ އެންމެން އެންމެންނަށް ބޮޑު ޖޯކަކަށެވެ. މިފަދައިން ކަންތައް ކުރުމުން ބައެއް ފަހަރު ހިތާމަވެރި ހާދިސާތަކާއިވެސް ކުރިމަތިލާން ޖެހެއެވެ.

މިދުވަސްކޮޅު ގިނަ ބަޔަކު ދައްކަމުން އަންނަ އެންމެ ބޮޑު އެއް ވާހަކައަކީ ސިނަމާލެ ބްރިޖު ހައިވޭ މަތިން “ޖިންނި ކުއްޖެއް” ފެންނަ ވާހަކައެވެ.

އެއްބަޔަކަށް އެވާހަކަތައް ޤަބޫލު ކުރަން ފަސޭހަވެ، ރައްކާތެރިވުމަށް ނަސޭހަތްތެރި ވަމުން އަންނައިރު، އަނެއް ބަޔަކު ދަނީ އެކަމާއި ބެހޭ ގޮތުން ޖޯކު ޖަހާ ފާޑުފާޑުގެ ފޮޓޯތައް ވެސް ހަދަމުންނެވެ.

އެފަދައިން ހެދި ފޮޓޯތަކާއި އެވާހަކަތަކާއި ބެހޭ ގޮތުން އަންހެން ކުއްޖަކު ރޭގައި ޖޯކު ޖެހުމުން، ރޫހާނީ ބާރަކުން ވަނީ އޭނާއަށް ގޯނާ ކޮށްފައެވެ.

“މިއަދުނޫހަށް” މައުލޫމާތު ދެމުން މިހާދިސާ ކުރިމަތިވި އަންހެންކުއްޖާގެ އާއިލާމީހަކު ބުނީ، މިކަން ދިމާވީ ރޭ ދަންވަރު 00:00 ޖަހާކަން ހާއިރު ހުޅުމާލޭ ބީޗުގައި ހުންނަ ކެފޭއެއްގައި އިންދާ ކަމަށެވެ. ނަން ހާމަ ނުކުރުމަށް އެދި އެމީހާ ކިޔައިދިން ގޮތުގައި އެކޮފީއަށް ގޮސް ތިބީ ދެ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

“ބްރިޖު ޖިންނި ވާހަކައިގެ ފޮޓޯތަކާއި އެއްޗެހި ބަލައިގެން އެންމެން އެވާހަކަ ފެށީ. އެންމެން އެތާ ތިބެފަ އެއަށް (ޖިންނީންނަށް) ޖޯކު ޖަހަޖަހާ މަލާމާތް ކޮށްކޮށް ތިއްބާ އެތަނުން އެކަކުގެ ބޮލުގެ އިސްތަށިގަނޑުގަ ފަހަތުން ހިފާފައި މޭޒުގައި ބޯ ޖެއްސީ. ދެ ފަހަރަކު އެހެން ޖެއްސިތަނުން އެތާތިބި އެހެން މީހުންނަށް ހިފެހެއްޓުނީ” އެމީހާ ކިޔައިދިނެވެ.

އޭނާ ހިފެހެއްޓުނު އިރު އަނގަމަތިވެސް ކޮންމެވެސް ވަރަކަށް ފަޅައިގެން ދިޔަ ކަމަށާއި އަވަހަށް ގޮވައިގެން ގެއަށް ގެންގޮސް ރުޤްޔާ ކުރާ މީހަކު ގެންގޮސް ފެން ކިޔެވި ކަމަށް ވެސް އެމީހާ ބުންޏެވެ.

އަންހެން ކުއްޖާގެ ހާލަތު މިއަދު އަދި ރަނގަޅު ކަމަށް ވެސް އެމީހާ ބުންޏެވެ.

ރޫހާނީ އެއްޗެއްސަކީ ހަގީގަތުގައި ވެސް އުޅޭ މަޚްލޫގުންތަކެއްކަން ޤަބޫލު ކުރަން ޖެހެއެވެ. އަދި އަބަދުވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅައިގެން ހުރުން ބުއްދިވެރިއެވެ. ރައްކާތެރި ވުމުގެ ގޮތުން ތަވީދެއް އަޅާށެކޭ ނޫނެވެ. ނަމަވެސް ގަވާއިދުން ނަމާދުކޮށް، ޖިންނި ޝައިޠާނުން ދުރުގައި ހުންނާނެފަދަ (ރައްކާތެރިވުމުގެ ގޮތުން ކިޔާ) ޛިކްރުތައް ނުވަތަ ދުޢާތައް ކިޔުން މުހިންމެވެ.

މަސްދަރު: މިއަދު

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޙަސަން

    ޜީތި ވާހަކަ އެއް

    42
    3
  2. ހަސަން

    ތިޔައީ ގުރްއާން ކަރީމް އަށް އީމާންވާ ބަޔެކޭ މަށަށް ނުބުނެވޭނެ. އެ މާތްފޮތުގެ 51:56 ގެ މާނައިގަ ވަނީ ﷲ އިންސާނުންނާއި ޖިންނީން ހެއްދެވީ އެކަލާން ގެ އަށް އަޅުކަން ކުރުމަށް. މި ނޫނަސް އިންސީން ނާއި ޖިންނީން ގެ ވަރަށް ގިނަ ވާހަކަ ހިމެނިގެންވޭ. މިކަން ކަމަށް އީމާން ނުވާނަމަ ބުނާނެ އެއްޗެއް ނެތް.

    202
    3
  3. ޕޮގުބާ

    އަހަރު ބޮޑުދޮ ގު ރޫހާނީ އެއްޗެހި އުޅުނަސް އަނިޔާކުރާނީ އަނިޔާކުރެވުނީމަ ތިވާނީ މަސްތުވެގެން އަމިއްލަޔަށް ބޯމޭޒުމަތީ ގަ ޖެހީމަ މައްސަލަ އޮއްބަންވެގެން ޖަހާލި މަޅިއަކަށް

    102
    32
    • ފެކްޓް

      އަނިޔާ ނުކުރިޔަސް ﷲ ލައްވާފަވާ މަޚްލޫގެއް އެއީ ނުވާ އެއްޗެއް ކަމަށް ދެކި ޖޯކް ޖެހުމުން ޖިންނި އަކު މެދުވެރި ކޮށް އެމީހުންނަށް އިބްރަތަކަށް ތިގޮތް މެދުވެރި ކުރެއްވުމަކީ ވެދާނެ ކަމެއް.

      115
      7
  4. ހުސޭނުބޭ

    މިހާރު ހުންނާނީ ރަގަޅަށް ރާކަނިމަސް ކެވިފައި!

    112
    3
  5. ބޮޑުބޭބެ

    ބޭބެ ބުނީމެއް ނުން، ޖޯކު ޖަހަނިކޮށް ލަޑާލަފާނޭ

    72
    4
  6. ޢަޒޫ

    ކޮބާ، ދެންފަހަރަކުން ވިސްނާނެއްނު !

    65
    4
  7. ޖަމް

    ތީ މާކުރީގެ ހާދިސާއެއް. ތިއިން އިގޭކަމަކީ ތީ މުޅިން ދޮގުވާހަކައެއް ކަން. ތިފަދަ ކަމެއް ނުވާނެއެއކޭ ނޫން މިބުނީ

    23
    5
  8. ދަންސޫރަ

    ކީރިތި ގުރުއާްން ގެ. ކޮން ސޫރަތެއް ގެ. 56 51 ވަނަ އާޔަތެއް ގެ. ވާހަކައެއް ތިބުނަނީ

    13
    2
    • ފެކްޓް

      51 ވަނަ ސޫރަތުގެ 56 ވަނަ އާޔަތޭ އެ ކިޔަނީ އެއީ އައް-ޒާރިޔާތް ސޫރަތް.

      27
      3
    • އެވަރުން ވެސް ނޭނގޭތަ؟

      "ޙަސަން" ބުނެފައި އެވަނީ ތެދު ޙަޤީޤަތެކެވެ. އެއީ ކީރިތި ޤުރްއާންގެ 51 ވަނަ ސޫރަތް (އައްޛާރިޔާތު) ގެ 56 ވަނަ އާޔަތުގެ މާނައެވެ. ދީނީ ގޮތުން މީހަކު އެއްޗެއް އޮޅުން ފިލުވައި ދިނީމާ ވެސް، ފަހުމް ކުރަން ނޭނގުމަކީ ހިތާމަހުރި ކަމެކެވެ.

      62
      2
    • ޟަފް

      ކީރިތި ޤުރުއާން ކިޔަވާނަމަ ތިސުވާލް ކުރާކައް ނުޖެހުނިސް....

  9. ށަނޫން

    ޢޮފީސް ބަންދު ދުވަގަހެެއް ގައި ކިޔާލަން ވ ރީތި ވާހަކަ އެއް.

    13
    6
  10. އަސްވަދު

    ރޫހާނީ އެއްޗަކަށް ގޯނާ ނުކުރިޔަސް ރޫހާނީ ކަމެއް އިންސާނަކަށް ދިމާވެދާނެ ހާލަތް ތަކެއް ހުންނަކަމަށްވޭ! އެގޮތުން އާދަޔާ ޙިލާފަށް ރުޅި އަންނަހިނދު. ބޮޑުފާފައެއް ކުރަމުންދާވަގުތު. ނުވަތަ ވަރަށް ބޮޑަށް ބިރުގަނެފައި ހުންނަ ވަގުތު އެފަދަ ހާލަތް ތަކުގައި އެފަދަ ކަމެއް ވެދާނެކަމަށްވޭ! މިފަދަ ވާހަކައެއް ދައްކަމުންދާއިރު ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއް ވޭ. އެއީ ﷲ ވަހީބަސްފުގައި ވޭ ތިމަން އިލާހު މަތިން ހަނދުމަ ނައްތާލައިިފި މީހެއްގެ މައްޗަށް ހަމަ ކަށަވަރުން ޝައިތާނެއް ފާކުރައްވާ ހުށީމެވެ. ވީމާ އަމާންކަމާއި ސަލާމަތްކަން ލިބެންއޮތް ހަމަ އެކަނި ގޮތަކީ ކޮބައިކަން އެނގޭނީ، ޖިންނީންނަށް ވުރެން އިންސާނުންގެ މާތްކުރެއްވި މައިގަނޑު ސަބަބެއްކަމަށް ވާ ބުއްދި ބޭނުންކުރާ މީހުންނަށް ކަން ކަށަވަރު.

    45
    2
  11. ޖިންނި

    ބުނަން ރަގަޅު ވާހަކައެއް، ފާޑު ފާޑައް ޖޯކު ނުޖަހާތި، ކުޅިވަރު ދައްކާލާނަން،

    17
    4
  12. މީމަ

    ލިޔެލަން އެޗެއް ދޯތީވެސް ދެން އޯކޭ ލޮލް

    6
    22
  13. ކުޑަކަޅޭ

    ﷲވަނީ އެކަލާންގެ އަހަރެމެންފަދައިން ޖިންނިސަޔްތޯނުންވެސް އުފައްދަވާފަ އެކަންއެއޮތީ ކީރިތި ޤުރުއާނުންވެސްއަންގަވާފަ އެކަމަކާއެއްވެސް އިންސާނަކައް އިންކާރެއްނުކުރެވޭނެ ދެންއޮތީ އެމީހުން އަހަރެމެންނާ ޙަމަލަދެނީ(ނުވަތަ އަޅައިގަންނަނީ)ކިހެނެއްހޭ މިސުވާލު ޖަވާބަކީ އަހަރެމެންވެސް އެމީހުންނާ ޙަމަލަދޭތީއޭ އެބައެނގޭ އުޅޭބައެއްކަން އަހަރެމެން ސަލާމަތްވާން އެބަޖެހޭ އަޢޫޒު ބިސްމިކިޔަން ވަކީލުކުރަން ޒިކުރުކިޔަން ނުކިޔާކުޅުޖެހުން ނުކިޔާ ފެންއުކުން ކިޔާނެކަމެއްނެތް އަހަރެމެންނައްފުސަތުމިދެވެނީ ޚާއްސަކޮއް ގައިންތޯހިރުނުވަންޏާ ހަމަލަދިނުމައްފަސޭހަވާނެ މީ އަޅައިގަންނަގޮތަކީ

    14
    2
  14. ާައަސްލަމް

    ޖިންނިއެއް އެއް ގެ ވާހަކަ ދައްކައި ގެންނެއް މީހަކު ގައި ގަ ނުޖަހާނެ ގަމާރުތަކާ ޖިންނިއެއް

    5
    27
    • ކާކު ކަލޭގާތު އެހެން ބުނީ؟

      ކާކު ކަލޭގާތު އެހެން ބުނީ؟

      8
      2
    • ޖިންނި

      އެ އޮތީޖަހާ، އަދިވެސް އެހެން އަގަތަޅުވަންޏާ ޖަހާނަން، ހަހަހާ، ކަހުރަބު ޖިންނި އިސް ނިއާ ޔޫ،،،،،،،،

      7
      1
  15. ދޮންހަސަނު

    ތިޔަ ޖިންނި ފުރައްސާރަކޮށް އެގޯނާކުރީ އަންހެން ކުއްޖަކާ އެހެންވީމާ ތިމައްސަލަ ތަޙުޤީޤުކޮށް އެ ޖިންނިގެ މައްޗަށް ދައުވާކުރަންޖެހޭނެ ޖިންނިއެއްކަމަކު އަންހެން ކުއްޖަކަށް ގޯނާއެއް ފުރައްސާރައެއް ޖިންސީ ގޯނާއެއް ނުކުރެވޭނެ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބުދީ އަވަހަށް

    3
    10
  16. ސެންޓި

    ޖިންނި ޝައިތޯނުން އުޅޭ ކަމަށް ޤަބޫލު ނުކުރާމީހާ އެވަނީ ކީރިތި ޤުރުއާން ދޮ ގު ކޮށްފައެވެ. އެފަދަ މީހަކީ މުސްލިމެއްނޫނެވެ.

    31
    1
  17. ވިސްނޭ

    ޖިންނިއަކީ އަހަރެމެން އިންސާނުންތެރޭން ވާ ބައެއް..ޝައިތާނުންވެސް ހަމަ ހިމެނެނީ ޖިންނީންގެ ތެރޭގައި..ހެޔޮލަފާ ޖިންނީންނާއި ނުބައިނުލަފާ ޖިންނީންވެސްއުޅޭ..ﷲއަކްބަރ.

    25
    1
  18. ލޯލި

    ޖިންނި ޝައިތާނުންނަކީ އުޅޭ ބައެއް ނޫންކަމަށްގަބޫލުކުރަންޏާ އިސްލާމް ދީނަށް ނޫނެކޭ އެބުންވެނީ !!!

    9
    1
  19. ޒުވާނާ

    ސަޅި

  20. މީހާދައްތަ

    ރާއްޖޭގަ ކުރީގަ އުޅުނު ރަންނަމާރިއެއް އެވެސް ދިވެހިން ގަބޫލުކުރި
    ޖިންނި ޝައިޠާނުންވެސް އުޅޭނެ
    އެކަމު ބައެއް ކަންކަނުން ރެކެން ޖިންނީންނާ މަތިކުރޭ