މާދަމާ އަކީ 2019ވަނަ އަހަރުގެ އެންމެ ފަހު ދުވަހެވެ. މި އަހަރުވެސް އަހަރެމެންނާއި އަލްވަދާއު ކިޔާ އިރުގައި ދިވެހި ޒުވާނުންނަށް ކޮށްލަން ބޭނުންވާ ވަރަށް މުހިއްްމު ސުވާލެއް އެބައޮތެވެ. އެއީ މި އަހަރު ކިތައް ފަހަރަށް ހަގީގީ ލޯބި ވެވުނު ތޯއެވެ.

މިއީ ދިވެހި ޒުވާނުންނަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ދިމާވާ ކޮންމެ މީހަކު ދެކެ ވެވެެނީ ހަގީގީ ލޯބި ކަމަށް ހިތައި، ލޯބީގެ ގުޅުން ކުރިއަށް ގެންގޮސް، ދުވަސްކޮޅަކުން ދެމީހުން ރުޅިވާ މަންޒަރު ފެންނާތީއެވެ. މީހަކު ދެކެ ހަގީގީ ލޯބި ވެވޭނަމަ މިފަދައިން އަވަހަށް ރުޅިވާކަށް ނުޖެހޭނެއެވެ.

ބައެއް ޒުވާނުންނަށް މި އަހަރު ނިމޭ އިރު 8 ވަރަކަށް ފަހަރު ހަގީގީ ލޯބި ވެވިފައިވެސް އެބަހުއްޓެވެ. މިއީ ގިނަ މީހުންނަށް ގަބޫލު ކުރަންވެސް ދަތި ކަމެކެވެ. އެއީ ގިނަ މީހުން އުމުރު ދުވަހުގައިވެސް 8 މީހުންދެކެ ލޯބި ނުވެވޭތީއެވެ. ދެން އަހަރެއް ތެރޭ އެހައި ގިނަ މީހުން ދެކެ ހަގީގީ ލޯބި ވެވޭނީ ކިހިނެތްތޯވެސް އެމީހުން ސުވާލު ކުރެއެވެ.

ތިއީ މިފަދައިން ފެންނަ ކޮންމެ މީހަކު ދެކެ ހަގީގީ ލޯބި ވާ މީހެއްނަމަ މިކަމާއި ދޭތެރޭ ފުންކޮށް ވިސްނާލާށެވެ. އަދި މި ފެށޭ އަހަރުގައި ދިމާވާ މީހުންނާއި އެކު އަވަސް އަރުވާލައިގެން ގުޅެން ނޫޅެ، ހަމަޖެހިލައިގެން ކުރިއަށް ގެންދާށެވެ. އޭރުން އެތައް ވަގުތުތަކެއް ސަލާމަތްވެ، އެންމެނަށްވެސް އޭގެ ފައިދާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާރު

    ކިތައްފަހަރުތަ ވާންޖެހެނީ؟

    10
  2. އަސްލޭ

    އަހުން ހަގީގީ ލޯބިވޭ ތާކުން ރީތި ކުއްޖެއް ހަމަފެންނަ އިރަށް. އެހެޔޮ ހާހުން ރީތި ކުދިން ފެނުނަސް.، އަހުންގެ ހިތް ހަމަ ނާޒުކީ...

    5
    3
    • ނޫރާ

      ތީމައްސަލައަކީ ރީތިކަމަށް ލޯބި ކުރާނަމަ ތީހިދުކޮޅެއްގެ ލޯއްބެއް ތީހަގީގި ލޯއްބެއް ނޫން، ތި ލޯއްބައް ނިމުމެއްއައްނާނެ އެއަށް ވުރެއް ރީތި އަންހެން ކުއްޖަކު ފެއްނައިރަށް ، ލޯބިވާންވީ ރީތިކަމަކައް ނޫން ރީތި ސިފަތަކަށް.