ނާސާގެ އިންޓާންޝިޕުގައި މަސައްކަތު ތަޖުރިބާ ހޯދުމަށް ދިޔަ 17 އަހަރުގެ ދަރިވަރަކު އައު ޕްލެނެޓެއް ހޯދައިފިއެވެ.

ނާސާގެ ޓްރާންސިޓިން އެކްޒޯ ޕްލެނެޓް ސާވޭ ސެޓެލައިޓް (ޓެސް) އަކީ ދުނިޔެ ހިމެނޭ ގުރަހަ ނޫން އެހެން ގުރަހަތައް ހޯދައި އެހެން ޕެލެޓުތައް ހޯދުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެ ސެޓެލައިޓުގެ ޕްލެނެޓުތަކުގެ ލިސްޓަށް އިތުރު ޕްލެނެޓެއް ވަނީ އިތުރުވެފައެވެ. އެ ޕްލެނެޓު ހޯދާފައިވަނީ ޔުނިވާސިޓީ ދަރިވަރެއް ކަމަށްވާ އުމުރުން 17 އަހަރުގެ ވޯލްފް ކުއިކާ އެވެ. އޭނާ އިންޓާންޝިޕް ފުރިހަމަ ކުރަމުން ދިޔައީ ނާސާގެ ގޮޑާޑް ސްޕޭސް ފްލައިޓު ސެންޓާގައެވެ.

އޭނާ އެ ޕްލެނެޓު ހޯދާފައިވަނީ ދުނިޔޭގެ 1300 ލައިޓްއިޔާސް ދުރުންނެވެ. "ކްރިސްޓެންޑް - TOI 1388 ނަމުން ނަން ދީފައިވާ އެ ޕްލެނެޓަކީ މި ދުނިޔެ އޮންނަ ސޯލާ ސިސްޓަމުގެ އިރަށްވުރެ 15 ޕަސެންޓު ބޮޑު ޕްލެނެޓެކެވެ.

"އަހަރެން އިންޓާންޝިޕް ފެށިތާ ތިން ވި ތަނާ މި ޕްލެނެޓު ފެނުނީ. ފުރަތަމަ އަހަރެން ހީކުރީ މިއީ އެހެން އެއް ގުރަހައިގެ ހިޔަނި އެހެން ގުރަހައަކަށް އެޅިގެން ހިފާފައި ހުރި ކޭތަ އެއް ކަމަށް. ފަހުން އެއީ ޕްލެނެޓެއްކަން ޔަގީންވި،" 17 އަހަރުގެ ވޯލްފް ބުނެފައިވެއެވެ.