ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އުމުރުން 17 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ މަރުވެފައި ވަނީ ރަހުމަތްތެރިންނާއެކު ޓިކްޓޮކް ވީޑިއޯއެއް ކުޅެން އުޅުމުގެ ތެރޭގައެވެ. އެގޮތުން އެ ކުއްޖާގެ މޫނުގައި ޕްލާސްޓިކް ކޮތަޅެއް އަޅުވާ ކަރަންޓް ވަޔަރުކޮށްގެން ބަނދެފައި ވަނީ، އެ ކުއްޖާ އެ ކަމުން ސަލާމަތްވާ މަންޒަރު ވީޑިއޯ ކުރުމަށެވެ.

އެހެން ނަމަވެސް އެ ކުއްޖާއަށް، އެ މަސައްކަތް ކާމިޔާބު ނުކުރެވި، ހާސްވެގެން ވަނީ މަރުވެފައެވެ. އެ މަންޒަރު ވީޑިއޯކުރަން ތިބި ކުދިން ވަަނީ ވަގުތުން ބިރުން އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އެ ކުދިިން ފިލާފައި ވަނީ ބިރުންނެވެ. އެ ކުދިންނާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެ މައުލޫމާތުތައް ހާމަކޮށްފައި ނުވަނީ އެއީ ކުޑަކުދިންނަށް ވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާ އެތަނަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީވެސް އަވައްޓެރިންނެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. ޑޮކްޓަރުން ބުނީ، އެކުއްޖާ މަރުވެފައި ވަނީ، ނޭވާ ސާވެގެންކަމަށެވެ.

މަރުވި އެ ކުއްޖާއަކީ ވަރަށް ބޮޑަށް ޓިކްޓޮކްއަށް ދެވިހިފާފައި ހުންނަ ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާއިން ވަނީ، އެ ކުއްޖާއާއެކު އެ ވީޑިއޯ ނެގުމުގައި ހަރަކާތްތެރިވާ ކުދިންނާއި ދެކޮޅަށް މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޓިކްޓޮކްގެ އަވާާގައި ޖެހިގެން މީގެ ކުރިންވެސް ހިތާމާވެރި ހާދިސާތައް ހިނގާފައި ވެއެވެ.