ވަގުން ވައްކަން ކުރުމައި އަބަދުވެސް ތަފާތު މޮޅެތި އުކުޅުތައް ބޭނުން ކުރެއެވެ. މިއަދު ދައްކާލަން މި އުޅެނީ ރާއްޖޭގައި ދިރިއުޅޭ 2 ބިދޭސީ އަކު ފިހާރަތަކަށް ގޮސް ސޭޓު މޮޔަ ކޮށްފައި ފައިސާ ހޯދާ މަންޒަރާއި އެކަން ކުރާ ގޮތުގެ ވާހަކައެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ރޭ މާފަންނުގައި ހުންނަ ފިހާރަ އަކަށް ދެ ބިދޭސީ އަކު ވަނުމަށް ފަހުގައި ވަނީ މައުތުވޮޝް ފުޅިއެއް ގަންގަން އުޅެފައެވެ. ފިހާރައިގެ ސޭޓު މައުތުވޮޝް ހުރިތަން ދެއްކުމުން އެތަނުން އެކަކު ވަނީ ވޮލެޓު ނަގާފައި 500ގެ ނޫޓެއް ސޭޓު އަތަށް ދީފައެވެ.
މައުތުވޮޝް ގަނެފައި ބާކިވި ފައިސާ އެ މީހާ އަތަށް ދިނުމުން ފައިސާ ގުނުމަށް ފަހުގައި އޭނާ ވަނީ ފައިސާ ހަމަ ނޫން ކަމަށާއި އަލުން ގުނުމަށް ސޭޓު ގާތު އެދިފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ މައުތުވޮޝް ދެން ގަންނަން ބޭނުން ނޫން ކަމަށާއި، 500 ރުފިޔާ އަނބުރައި ދިނުމަށް ސޭޓު ގާތު އެދިފައެވެ. މިކަމަށް ސޭޓު އެއްވެސް އިންކާރު ކުރުމެއް ނެތި އެއްބަސްވިއެވެ.
އަދި ސޭޓު 500 ރުފިޔާ ދިނުމުން ވަގުތުން އެ ލާރި ވަރަށް ސިއްރު ސިއްރުން އަދި އެހައިމެ ހަލުވި ކަމާއި އެކު އޭނާގެ ޖީބަށް ލައި، އަނެއްކާވެސް ސޭޓު ދިން ބާކީ ލާރި ގުނަން ފަށައެވެ. އަދި ގުނުމަށް ފަހު ފައިސާ ހުރީ ހަމައަށް ކަމަށް ބުނެ ސޭޓު ގާތުން މައާފަށް އެދި ހިނިތުންވުމާއި އެކު ވާހަކަ ދެއްކުމުން ސޭޓު އަށް އޭނާ 500 ރުފިޔާ ދެވުނުކަން ހަނދާން ނެތެއެވެ.
ދެ ބިދޭސީން ފިހާރަ އިން ނިކުންނަށް އުޅުން ވަގުތު ދެމީހުންނަށްވެސް ވަނީ ފިހާރާގައި ކެމެރާ އެއް ހުރި ކަމާއި އެމީހުންގެ މޫނުވެސް ކެމެރާ އަށް އެރިކަން ހާމަވެފައެވެ. އެ ހިސާބުން އެމީހުން ވަނީ ސޭޓު ދިން ބާކީ ފައިސާ އިން މައުތު ވޮޝް އަށް ފައިސާ ދެއްކުމަށް ފަހު އެތަނުން ގޮސްފައެވެ. އޭރުވެސް އެއްކަލަ 500 ރުފިޔާ އޮތީ އެމީހުންގެ ޖީބު ތެރޭގައެވެ.
ކަންތައް ވީ ގޮތް ސޭޓަށް ވިސްނުނީ އެމީހުން ފިހާރައިން ނިކުތްތާ 10 ވަރަކަށް ސިކުންތު ފަހުން ކަމަށް ސޭޓު ވަނީ ބުނެފައެވެ. ނަމަވެސް އޭރު ފިހާރަ ބޭރުން އެމީހުން ފެންނަންވެސް ނެތް ކަމަށާއި އެމީހުންގެ މޫނަށް ބަލާފައި އެފަދަ ކަމެއް ކޮށްފާނެހެން ހީވެސް ނުވާ ކަމަށް ސޭޓު މައުލޫމާތު ދިނެވެ
"އެމީހުންގެ ވާހަކަ އާއި އުޅުން ހުރި ގޮތަށް ބަލާފަ ހިއެއްވެސް ނުކުރަން އެކަހަލަ މަކަރެއް ހަދާފާނެ އެކޭ" ސޭޓު ބުނެފައިވެއެވެ.
މި މީހުން ހަމަ މި އުކުޅު ބޭނުން ކޮށްގެން މިދިޔަ މަސް ތެރޭ ގަލޮޅު ފިހާރަ އަކުންވެސް ޖަރީމާ އެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މި ދެ މީހުންގެ މޫނުތައް ވަރަށް ސާފު ކަމާއި އެކު ސީސީޓީވީ ކެމެރާ އަށް އަރާފައިވުމުން ފުލުހުން މި ދެމީހުންވެސް ހައްޔަރު ކުރާނެ ކަމަށް ބެލެވެއެވެ. މިއީ ހުރިހާ ސޭޓުންވެސް ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. ތިރީގައި އެވަނީ މި މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ލިންކެވެ.
https://www.facebook.com/banira.mv/videos/887506115037942/?t=14
އިންޑިޔާ2 ވަގުން
ތިގޮލާ ހުޅުމާލޭގަހުންނަ ސްޕައިސް ކެފޭއިންވެސް ތިގޮތަށް ތި ވައްކަންކުރި ،
ތި ދެމީހުން ހޯދާފަ ހަވަރަށް ދޭންވީ.
ޕޮލިހުން ތިމީހުން ހައްޔަރެއް ނުކުރާނެ އިންޑިޔާ މީހުންނަށް ކިނބޫ ހިމާއަތްދޭނެ.
ދެޓް ފޭސް ވެން ދޭ ސީ ކެމެރާ ހަހަހަ
ތިއީ އިންޑިއާ ލަންކާ ތަންތާ ވަރަށް އާންމުކޮށް ހަދާ އެއްޗެއް، މިހާރު އިންޑިއާގެ އަވަށަކަށް ބަދަލުވެގެން އެއުޅެނީ.
ތިމީހުން ހުޅުމާލެ ސްޕައިސް ކެފޭއިން ވެސް ތި މަކަރު ހަނދަން އުޅުން.
ޕާޓީތަކުން ވަގަށް މީހުންގެ ނަން ލިސްޓުގައި ޖަހައިގެން ބާއްވާ ޕުރައިމެރީތަކަށް ކިތަށް ޓޮލެރެންސު ބާ
ލާދީނީ ސަރުކާރު އިންޑިޔާ ވަގުން މިތަނަށް ގެނެސް މުޅި ޤައުމު ހަލާކު ކޮށްފި
ތީ އިންޑިއާ 2 ގޮލާ. ދެންމެ މަ ހުޅުމާލެ އިން އައި އިރު ތި ދެގޮލާ ދުށިން އެމްޑީޕީ ހަރުގެ ކުރިމަތީ ބަޔަކާ ވާހަކަ ދައްކަން ތިއްބާ. ޙިޔެއް ނުވޭ ޕޮލިހުން ތިމައްސަލަ ބަލާނެ ހެނެއް. ޥ އަޑި ނޭގޭ ކަމެއް ތީ
ތިކަމުގަ އަޅުގަނޑު 0 ޓޮލަރެންސް ރައްޔިތުންނަށް ދެން
އިންޑިއާގެ ތަމަޅައިން ރާއްޖޭގައި ގިނަވަމުންދަނީ އޮބިއޮންނަވަރަކަށްނޫން މިހާރު. ކިރިއާވެސް ފައިސާފޮއްޗެއް ގެންގުޅޭ ކުންފުންޏެއްވިއްޔާ ހުރިހާ ވަޒީފާއެއްގަ ތިމީހުންތިބެނީ، އެއިންތަނެއްގެ އޮފީހަށް ވަދެއްޖިއްޔާ ޑަބިޔާގަނޑެއް ތަޅުވާހެން ހީވާނީ.
މޮޔަކޮށްފައެއް ނޫން. މޮޔަހައްދާފަ
ތީ އިންޑިއާ ބައެއް ވިއްޔާ މާބޮޑު މައްސަލައަކަށް ނުވާނެ.. މިސަރުކާރަކީ އިންޑިއާގެ އެންމެ ގާތް މީހުން .. އެހެންވީމާ އިންޑިއާ މީހުން ހައްޔަރެއް ނުކުރާނެ.. ތިޔަ އިންޑިއާ މީހުން ރާއްޖެއައިސް އުޅެނީ ވަރށް ފޮނި އަރައިގެން.. މަ ވަރުގެ ބައެއް ނެތިގެން..ގެރި މޯދީ... މުސްލިމުންނަށް ހުރި ބޮޑު މުސީބާތެއް.
މިހާރު މީއިންޑިއާގެ އަވަށެއް އެމީހުން މިއަވަށައް އަރާ ހިންގާ ޖަރީމާތައް ބަލާނެބަޔަކު މިއަވަށުގަ ނުތިބޭނެކަން އެނގޭތީ އެމީހުން މޮއަވަށައް އަރާޖަރީމާތައް ހިންގާނެ މިއަދު 2 މީހުން މާދަމާ 6 މީހުން އަނެއްދުވަހު އަވަށުމީހުންނާ ތަޅާފޮޅުން އެހީސާބުން ފައުލަތުން އިންޑިއާމީހުން އުޅޭނެ ވަކިސަރަހައްދެއް މާލެއިންދޭނެ ދެންއެހިސާބުންއެނިމޫނީ އެހިސާބުން ދިވެހިންނައް ކަމެއްވިސްނޭނީ
ހަޖަމް ކުރުމުގައި މަައްސަލަ އުޅޭކުދިން ދެފުޅި ކޮކަޑި ބޯލަނިކޮއް ރަގަޅުވޭ ...........
އެހެން ފިހާރައަކުން ވެސް ޕޮލިހާ ހަވާލުކުރި ތިކަން ކޮށްގެން. ދޫކޮށްލީދޯ އެހާ އަވަހަށް
މޯޑީވްސް ގަ ގެރި ހިމާޔަތް ކުރާނެ.