އިންޑިއާގެ އަގްރާގައި އުމުރުން 60 އަހަރުގެ އަންހެނެއް ދެކެ ލޯބިވި 22 އަހަރުގެ ފިރިހެނެއްގެ މައްސަލައެއް ބޮޑުވެގެން ދެ އާއިލާ ތެރޭ ހޫނު ޒުވާބެއް ފަށައިފިއެވެ.

އެ މައްސަލަ ބޮޑަށް ފެންމަތިވެފައި ވަނީ އެ ފިރިހެން މީހާ އެ އަންހެން މީހާ އާ ދެ މީހުންގެ ލޯބީގެ ގުޅުން ކަނޑަން ބޭނުން ނުވެ، އެ އަންހެން މީހާގެ އާއިލާ މީހުން ދިރިއުޅޭ ސަރަހައްދުގެ ރައްކާތެރިކަން ނަގާލަން އުޅޭ ކަމަށް ބުނެ، މައްސަލައެއް ފުލުހަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އެ އަންހެން މީހާގެ ފިރިމީހާ އާއި ދަރިފުޅެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅަން ދިޔައިރު، އެ ފިރިހެެން މީހާވެސް ވަނީ އެ ވަގުތު ފުލުހަށް ގޮސްފައެވެ.

އަދި ފުލުހުންގެ ސްޓޭޝަން ތެރޭގައި ދެ އާއިލާ ދޭތެރޭ ހޫނު ޒުވާބެއް ދިޔައިރު، އެއުމުރުން ދުވަސްވީ އަންހެން މީހާ އާއި އެ ޒުވާނާވެސް ވަނީ އެ މީހުން ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ އަންހެން މީހާއަކީވެސް ހަތް ކުދިން ތިބޭ މީހެކެވެ. އަދި އޭނާއަށް މާމަ ކިޔާ ހަތް ކުއްޖަކުވެސް ތިބެއެވެ.

އެ އަންެހެން މީހާގެ އާއިލާއިންނާއި، ފިރިހެން މީހާގެ އާއިލާއިންވެސް ބޭނުންވަނީ އެ ދެ މީހުންގެ ގުޅުން މެދު ކަނޑާލާށެވެ. ނަމަވެސް އެ ދެ މީހުން ބޭނުން ވަނީ އެގުޅުން ކުރިއަށްގެންދާށެވެ.

އެ ދެ މީހުންގެ ގުޅުން ކަނޑާލަން ބޭނުން ނުވުމުން ،ފުލުހުން ވަނީ އެ ޒުވާނާގެ މައްޗަށް އެ ސަރަހައްދުގެ ރައްކާތެރިކަން ގެއްލުވާލި މައްސަލަ ބަލަން ނިންމާފައެވެ.