ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ވަނަ އަހަރު ނެރުނު ހިޓް ފިލްމު "އާޝިޤީ"އަށް 30 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކޮމެޑިއަން ކަޕިލް ޝަރްމާ ގެނެސްދޭ "ދަ ކަޕިލް ޝަރްމާ ޝޯ" ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ބަލަމުންދާ ޝޯއެކެވެ. ކޮންމެ ހަފްތާ ބަންދެއްގައި ގެނެސްދޭ މި ޝޯއިން ބެލުންތެރިން ހެއްވާލާ މަންޒަރުތައް ދައްކައެވެ. ބޮލީވުޑަށް ނެެރޭ އައު ފިލްމުތައް ޕުރޮމޯޓު ކުރުމުގެ ގޮތުންނާއި ކުރީގެ ހަނދާންތައް އާ ކޮށްލުމަށް ބޮލީވުޑުގެ ފަންނާނުން މި ޝޯގައި ބައިވެރިވެއެވެ.

މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ "އާޝިޤީ" އަށް 30 އަހަރު ފުރުމުގެ ގޮތުން އެ ފިލްމުގެ ލީޑު ރޯލުން ފެނިފައިވާ ތަރިން ރާހުލް ރޯއިއާ އަނޫ އަގަރުވާލުގެ އިތުރުން ދީޕްކް ތިރޯޖީ މިހަފްތާގެ ކަޕިލް ޝަރްމާ ޝޯއިން ފެންނާނެ ދުވަހަކަށެވެ.

މި ފިލްމުގައި ފެނިގެންގޮސްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިއަކަށް ދިމާވާ ރީތި އަންހެން ކުއްޖަކު ދެކެ ލޯބިވޭ ވާހަކައެވެ. އަދި އެދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކެވެ.

މި ފިލްމުގެ ދެވަނަ ބައެއް ވަނީ 2013 ވަނަ އަހަރު ނެރެފައެވެ. އާޝިޤީ 2 އިން ލީޑު ރޯލު ކުޅެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލް އަދިތިޔާ ރޯއި ކަޕޫރާއި ޝުރައްދާ ކަޕޫރެވެ. މި ފިލްމަކީ 2013 ވަނަ އަހަރު ބޮކްސް އޮފީސްގައި ހިނގި އެއް ފިލްމުގެ ގޮތުގައެވެ. އާޝިޤީ 2 ގައި ފެނިފައިވަނީ މަޝްހޫރު ލަވަކިޔުންތެރިއަކަށް ބާއެއްގައިި ލަބަކިޔަން ހުންނަ އަންހެން ކުއްޖެއްދެކެ ލޯބިވެވި އެ އަންހެން ކުއްޖާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީކޭ ބުނާނީ

    މިވެސް ހަބަރެއްދޯ