ފްރެންޑްސް ސީރީޒުން ދިވެހިންގެ ހިތްތައް ދަމައިގަތް ޖެނިފާ އެއިންސްޓެން އާއި ބްރެޑް ޕިޓްގެ ކައިވެނި އަންނަ ޖޫން މަހު ކައިވެނި ކުރާ ކަމަށް މަޤްބޫލް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެއާއެކު އެ ދަތަރިން އެކުގައި ދުށުމަށް ކެތްމަދު ވެފައި ތިބި، " ބްރޭންޖެލީނާ"ގެ ފޭނުން އުފަލުން ފޮޅުނެވެ.

އެ ދެ ތަރިން ގުޅެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައި ވަނީ 2020ގެ ސާގާ އެވާޑްގައި ވަރަށް ގާތްކޮށް އުޅުނު މަންޒަރު މީޑިއާގައި އާއްމުވެފައި ވަނިކޮށެވެ.

މި ހަބަރުތަކާއެކު އަނެއްކާވެސް ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ ޖެނިފާ އާޢި ބްރެޑްގެ ކައިވެނީގެ އިންތިޒާރުގައި ތިބި ފޭނުންނަށް، ޖެނިފާގެ ކުރީގެ ލޯބިވެރިޔާ، މަޤްބޫލް ލަވަކިޔުންތެރިޔާ ޖޯން މޭޔާ އާއި ބައްދަލު ކުރިކަން އެންގުމުންނެވެ.

ޖެނިފާ އާއި ވަކިވުމަށް ފަހު އެކި ހަފްލާތަކުގައި ޖޯން ވަނީ ޖެނިފާ އަށް ވަށްބަހުން، އެތައް މަލާމާތެއް ކޮށްފައެވެ.

އެގޮތުން ޖެނިފާ އަކީ ވަރަށް ހިފަހައްޓައިގެން ލޯބިވެރިން ގެންގުޅޭ މީހެއް ގޮތަށް ސިފަކޮށް، ޖޯން ވަނީ ވާހަކަދައްކާފައެވެ.

2009ގައި ރުޅިވުމަށް ފަހު މިހާތަނަށް ވެސް އެ ދެ ތަރިން ދުވަހަކުވެސް އެކުގައި ފެނިފައެއް ނުވެއެވެ.

އޭގެ ދިހަ ވަރަކަށް އަހަރުފަހުން އިހަކަށް ދުވަހު، އެ ދެ ފަންނާނުން އެކުގައި ފެނުނީ ލޮސްއެންޖެނލެސްގެ ސަންސެޓް ޓަވާ ހޮޓެލްއިންނެވެ.

އެ ދެ ތަރިން ހޮޓަލުން ނުކުތީ ވަކިވަކިން ނަމަވެސް އެ ދެތަރިން އެކުގައި ތިބި މަންޒަރު ދުށް މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ މިފަހުން ޖޯނީ މޭޔާ އާއި އެކު ޖެނިފާ ބޭރަށް ދިޔަ ދެ ވަނަ ފަހަރެވެ.

މީގެ ކުރިން އެވާޑް ޝޯއަކަށް ފަހު ވެސް އެ ދެ ފަންނާނުން ވަނީ އެކުގައި ކާންގޮސްފައެވެ.

އެހެންކަމުން ބްރެޑް ޕިޓް އާއި ޖެނިފާ އާއި ކައިވެނިކުރާ ކަމަށް ބުނެ އަޑު ފެތުރޭ މި ދަނޑިވަޅުގައި ބްރެޑްގެ ބަހަކަށް އެންމެންވެސް ތިބީ އިންތިޒާރުކޮށްގެންނެވެ.

ބްރެޑް އާއި އެންޖެލީނާ ކައިވެނި ކުރީ 2000 ވަނަ އަހަރެވެ. އެ ކައިވެނި ރޫޅުނީ 2005 ވަނަ އަހަރު، ބްރެޑްގެ ކޯސްޓާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ގުޅެން ނިންމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    ކިހިނެއްވެގެން ތިއުޅެނީ އެއީ އޭނަގެ އަމިއްލަ ކަމެއް، މީސް މީހުންގެ ޒާތީ ކަންކަމަ ނެބެހި ތިބެބަލަ...

    10
    2
  2. ނިޔު

    ތީ މުޅިއްވެސް އޮއްވަޅުގޮނޑި ކުޅޭބައެއް.

    11
    2
  3. ޖެނިފާ

    އެއީ ކަލޭމެނާ ބެހޭކަމެއްނޫން...

    6
    1
  4. މަރީ

    ބްރެންޖޮލީނާ އަކީ ޖެނިފާ އާއި ބްރެޓްޕިޓްއަށް ކިޔާ ނަމެއް ނޫން. އެއީ ކުރީގެ އަންހެނުން އެންޖޮލީނާ އާ ބްރެޑް ގެ ނަން ގުޅުވައިން ކިޔާ ނަމެއް

    17