މިހާތަނަށް އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ ސިޓްކޮމްގެ ޝަރަފު ހޯދި "ފްރެންޑްސް"ގެ ތަރި ކޯޓްނީ ކޮކްސް (މޮނިކާ ގެލާ)އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މޮނިކާގެ އިތުރުން، ބައެއް އިތުރު މަޝްހޫރު ފަރާތްތަކާއެކު ނަގާފައިވާ ފޮޓޯއެއް ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކުރައްވާފައެވެ.

އެ ފޮޓޯއަކީ ފިލްމް ޕްރޮޑިއުސާ އެލެޒެންޑްރާ ޖެކްސަން ހިއްސާ ކުރި އެ ފޮޓޯއެކެވެ. އޭގެ އިތުރުން ކޯޓްނީވެސް ވަނީ އެ ފޮޓޯ އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ. މިއީ ސޯފީ އެންޑް ދާ ބޭރަން ނަމަކަށް ކިޔާ ފިލްމެއްގެ ހާއްސަ ސްކްރީނިންގގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އެލެޒެންޑްރާއަކީ މި ފިލްމްގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރުވެސް މެއެވެ. ކޯޓްނީއަކީވެސް މި ފިލްމްގެ ޕްރޮޑިއުސަރެވެ.

މި ފިލްމް ސްކްރީނިންގ ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ސީ ކޮންޓެއިނާ ލަންޑަންގައެވެ.

އެ ފޮޓޯއިން ފެންނަ އިތުރު ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ޖޯނީ އެމްސީޑެއިޑް އާއި ފިލްމް އުފެއްދުންތެރިޔާ ޖޮއާނާ ނަޓެސްގަރާ އާއި ވާހަކަ ލިޔުންތެރިޔާ ސޯފީ ކިޕްނާ ހިމެނެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ލަންޑަންގައެވެ. އެމަނިކުފާނު މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީތީ އާއި ދުނިޔެއަށް އެމަނިކުފާނު ކޮށްދެއްވާ ކަންތައްތަަކަށް އެލެޒެންޑްރާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

1994 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން ދިޔަ ހުރިހާ ރަހައެއްް އެކުލެވޭ ފްރެންޑްސް ޝޯ ނިންމާލައިފައިވަނީ 10 ސީޒަނަށް ފަހު 2004 ވަނަ އަހަރުއެވެ. ފްރެންޑްސް ވެފައި ވަނީ އެތައް ބައެއްގެ މެދުގައި މަގްބޫލު ސީރީޒަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހިޔާލު

    ތިޔޮތީ ގައުމަށް އަގުނުކުރެވޭހާ ބޮޑު ހިދުމަތްތެއް ކުރެވިފައި... މަރުހަބާ ރައީސް ނަޝީދު.

    30
    2
    • އެކޭ

      އެކްޓަރުންނާ ބާނި އެކްޓަރުންތާ!!! ނަޝީދަކީވެސް ލައްކަ މޮޅު އެކުޓަރެކޭ

      6
      1
  2. ޖިބުރާ

    ކޮން މަނިކާ އެއްތަ! މުޅި ދައުލަތް ދަރުވާލާ ދުވާލެއްގެ މައްޗައް އެތަކެއްހާސް ރުފިޔާ ހަރަދުކޮއްގެން ގެންގުޅެންޖެހިފައިވާ ބުއްޅަބެ ތާކުހުރި ކާފަރުންތަކަކާ ބައްދަލޮކުރިޔަސް ނުކުރިޔަސް އަހަރެމެންނަށްކީއް!

    32
    4
  3. އިޔާޒް

    ހާދަކާމިޔާބޭ.. ހަތަރު އަނބިން ކައިރިއަށްލާގެން ތިހުންނަވަނީ..

    22
    4
  4. Anonymous

    ކަލޯ ތިޔަ އޮތީ ކަމެއް ކުރެވިފަ ގައުމުގެ ދައުލަތް ބަނޑު އަޅައިގެން މިހާރު އުދުހެވިދާނެ.

    30
    2
  5. އުގުރި

    މިއީ މި ގައުމުގާ ހަމައެކަނި ހުރި ބަރުލަމާނީ ލީޑަރޯ....

    28
    1
  6. ހުސޭނުބޭ

    ތިއޮތީ ބުއްޅަބެޔަށް ހުދު ފޮށައެއް ލިބިފައި!

    28
    1
  7. އަހަންމާ

    ނިޝާން މޮނިކައްދީންގެ ޝަރަފު އަރުވަންވީނުން.............

    31
    1
  8. މޮނީ ކ

    ކަލޭމެނަށް ވަރަށް އަސަރު ކޮށްފި ދޯ؟

    2
    4
  9. ޖޭޑް

    ބުއްްްޅަބޭ ފިލުމު ކުޅެން ދޭ

    9
    1
  10. ރަން ރީނދޫ

    ލާރިގަނޑެއް ދިން ކޮންމެ މީހަކަށް ތިޔަ މީހުން ނާއެކު ފޮޓޯ ނޭގޭނެ.